27 އޮގަސްޓު 2024 - 16:21 0
ލީވާން އަލީ ނާސިރު
27 އޮގަސްޓު 2024 - 16:21 0
މީޑިއާނެޓުގެ ކަސްޓަމަރުންނަށް މެދުކެނޑުމެއް ނެތި މުނިފޫހިފިލުވުން ޔަގީންކުރުމުގެ މަގްސަދުގައި 2022 ގައި ތަޢާރަފްކުރި "އޮޓޯ ރިނިއުވަލް" އެކްޓިވޭޓްކޮށްގެން މެދުކެނޑުމެއްނެތި މުނިފޫހިފިލުވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
މީޑިއާނެޓުގެ ސަބްސްކްރިޕްޝަނެއް ނަގައިގެން 30 ދުވަހުގެ މުއްދަތަކަށް ޗެނަލްތަކާއި އޭގައި ދައްކާ ޕްރޮގްރާމްތައް ޓީވީ އަދި އެމް އެސް ޑިޖިޓަލް މެދުވެރިކޮށް ފޯނުންވެސް ބަލާލެވެ އެވެ.
އެހެން ހިދުމަތްތަކެކޭ އެއްފަދައިން އާންމު ދިރިއުޅުމުގެ ހަލަބޮލިކަމުގެ ތެރޭގައި ޚިދުމަތް މެދުކެނޑުމުގެ ކުރިން ކުރިއަށް އޮތް މަހަށް ފައިސާ ދައްކަން ހަނދާންނެތޭ ތަން އަންނަނީ މަދުފަހަރަކު ނޫނެވެ.
ނަތީޖާއަކަށްވަނީ ފުޓުބޯޅަ މެޗެއްގެ ފޯރިގަދަ ވަގުތު ނުވަތަ ޑްރާމާ/ފިލްމެއްގެ އެންމެ ޝައުގުވެރި ވަގުތު ޚިދުމަތް މެދުކެނޑުމެވެ. އޮޓޯ ރިނިއުވަލް ޚިދުމަތަކީ މިކަމަށް ލިބިގެންދާ ވަރަށް ފުރިހަމަ ހައްލެކެވެ.
މީޑިއާނެޓުން މިހާރު ކުރިއަށް ގެންދާ އޮޓޯ ރިނިއުވަލް ހިދުމަތަށް ހާއްސަކޮށްގެން ސެޕްޓެމްބަރު، 30 ގެ ނިޔަލަށް ހިންގާ ޕްރޮމޯޝަންގެ ދަށުން ހިދުމަތަށް ރަޖިސްޓާ ކޮށްލައިގެން ގުރުއަތުން ހޮވޭ ތިން ފަރާތަކަށް ހާއްސަ އިނާމުތަކެއް ދިނުމަށްވަނީ ހަމަޖެހިފަ އެވެ.
• ފުރަތަމަ އިނާމް: އެއް އަހަރުގެ ހިލޭ މީޑިއާނެޓު ސަބްސްކްރިޕްޝަނެއް (ވޯންޓް އިޓް އޯލް ޕެކޭޖު)
• ދެވަނަ އިނާމް: ހަ މަސްދުވަހުގެ ހިލޭ މީޑިއާނެޓު ސަބްސްކްރިޕްޝަނެއް (ވޯންޓް އިޓް އޯލް ޕެކޭޖު)
• ތިންވަނަ އިނާމް: ތިން މަސްދުވަހުގެ ހިލޭ މީޑިއާނެޓު ސަބްސްކްރިޕްޝަނެއް (ވޯންޓް އިޓް އޯލް ޕެކޭޖު)
• މީޑިއާނެޓުގެ ކުއިކްޕޭ ޕޯޓަލް އަށް ޒިޔާރަތްކޮށް އެފަރާތެއްގެ މީޑިއާނެޓު އެކައުންޓާއި ބެހޭ މައުލޫމާތު ޖެހުން.
• މިވަގުތު ސަބްސްކްރައިބް ކޮށްފައިވާ ޕެކޭޖާއެކު ކުރިއަށް ދިއުމަށް ނުވަތަ އައު ޕެކޭޖަކާއެކު ކުރިއަށް ދިއުމަށް އިހްތިޔާރުކުރުން.
• އީ މެއިލް އެޑްރެސް ޖެހުމަށްފަހު އީމެއިލްގެ ޒަރިއްޔާއިން ލިބިލައްވާ އޯޓީޕީ ޖެހުން.
• ބޭންކް އޮފް މޯލްޑިވްސްގެ ޕޭމަންޓް ގޭޓްވޭ އިން ފައިސާ ދެއްކުނ.
މިހާ ހިސާބުން ދެން ހާސްވާކަށް ނުޖެހެ އެވެ. 30 ދުވަހުގެ ސަބްސްކްރިޕްޝަން ހަމަވުމާއެކު އޮޓޯއިން ސަބްސްކްރިޕްޝަން ޖެހިގެން އަންނަ 30 ދުވަހަށް އައު ވެގެންދާނެ އެވެ.
މީޑިއާނެޓުން އަންނަނީ އަބަދުވެސް އެ ހިދުމަތް ބޭނުންކުރާ ކަސްޓަމަރުންނަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމަށް މަސައްކަތްކުރަމުންނެވެ. މި ޕްރޮމޯޝަންގެ އިތުރުން ރޯދަ މަހާއި ދިމާކޮށް އިތުރު ޕްރޮމޯޝަންތަކެއް ފެށުމަށް ހަމަޖެހިފައިވާކަމަށް މީޑިއާނެޓުން މައުލޫމާތުދެ އެވެ.
Comment