Advertisement

ބަލިވެގެން ފަރުވާދެނިކޮށް އިތުރު ހައްޖުވެރިއަކު ނިޔާވެއްޖެ

1 ޖުލައި 2023 - 10:31 1

ހަސަން މުހައްމަދު

ހަސަން މުހައްމަދު

ދިވެހި ހައްޖުވެރިއަކު އެއާޕޯޓުގައި: ހައްޖަށް ދިޔަ 1.8 މިލިއަން މީހުންގެ ތެރެއިން 230 އަށް ވުރެ ގިނަ މީހުން ވަނީ ނިޔާވެފައި -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު


ބަލިވެގެން ފަރުވާދެނިކޮށް އިތުރު ހައްޖުވެރިއަކު ނިޔާވެއްޖެ

1 ޖުލައި 2023 - 10:31 1

މި އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރަމުން ދަނިކޮށް ބަލިވެގެން ފަރުވާދެމުން އައި ދިވެހި ހައްޖުވެރިއަކު އިއްޔެ އަނެއްކާ ވެސް ނިޔާވެއްޖެ އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ އިއްޔެ މާލޭ ގަޑިން 6:17 ގައި ނިޔާވީ ދ. މާއެނބޫދޫ، ފިޔާތޮށިގޭ، އަލީ ހަސަން، 72، ކަމަށެވެ. އޭނާ ނިޔާވީ ސައުދީ ޖަރުމަނު ހޮސްޕިޓަލުގައި ފަރުވާދެނިކޮށް ކަމަށް ސަރުކާރުން ބުންޏެވެ.

ދިވެހި ހައްޖުވެރިއަކު ބުރާސްފަތި ދުވަހު ނޫރު ފަރުބަދަ ކައިރި ނިޔާވެފައި އޮއްވާ ވެސް ފެނުނެވެ. އެއީ ރ. މާކުރަތު، މަލަ، މުހައްމަދު ނަސީމް އަލީ، 72، އެވެ.

ފަރުބަދަ ކައިރީ ނިޔާވެފައި އޮއްވާ ނަސީމް ފެނުނީ އޭނާ ހޯދަމުންދާތާ ހަތަރު ދުވަސް ފަހުންނެވެ. އޭނާ ގެއްލުނީ މިނާގައި ޖަހާފައި ހުރި ދިވެހި ހައްޖުވެރިންގެ ޓެންޓުން ނިކުތް ފަހުން މިދިޔަ ހޯމަ ދުވަހެވެ.

މިއަހަރުގެ ހައްޖުގެ އަޅުކަން އަދާކުރަން 1.8 މިލިއަން މުސްލިމުން ސައުދީ އަރަބިއްޔާއަށް ދިޔައިރު އޭގެ ތެރެއިން 230 އަށްވުރެ ގިނަ މީހުން މިހާތަނަށް ވަނީ ނިޔާވެފަ އެވެ.

މިފަހަރުގެ ހައްޖުގެ އަޅުކަމާ ދިމާކޮށް އާދަޔާ ހިލާފަށް ސައުދީ އަރަބިއްޔާގައި ވަނީ ހޫނުގަދަވެފަ އެވެ. ހޫނުމިން ގަދަވެގެން 50 ޑިގްރީ އަށް ވެސް އަރާއިރު އޭގެ ސަބަބުން އެންމެ ބޮޑަށް ބަލިކޮށްލަނީ އުމުރުން ދުވަސްވީ މީހުންނެވެ.