Advertisement

މާފަރުން ފެނުނު ޖަނަވާރު ހިފަން ސިފައިންގެ އިތުރު ފައުޖެއް ދަނީ

27 ޖޫން 2023 - 07:14 1

ނަޖާހު މަސްއޫދު

ނަޖާހު މަސްއޫދު

މާފަރު އެއާޕޯޓުން ފެނުނު ގޮތް ނޭނގޭ ޖަނަވާރުގެ ވީޑީއޯގެ ސްކްރީންޝޮޓެއް


މާފަރުން ފެނުނު ޖަނަވާރު ހިފަން ސިފައިންގެ އިތުރު ފައުޖެއް ދަނީ

27 ޖޫން 2023 - 07:14 1

މާފަރުން ފެނުނު ގޮތް ނޭނގޭ ޖަނަވާރު ހޯދަން މިއަދު އެ ރަށަށް ސިފައިންގެ އިތުރު ފައުޖެއް ފޮނުވަން ނިންމާފައިވާ ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް އިން ބުނެފި އެވެެ.

ބުޅަލަކަށް ވުރެ މާ ބޮޑުކޮށް ފެންނަ ހަތަރު ފައި ހުރި ޖަނަވާރެއް މާފަރު އެއާޕޯޓުގެ ރަންވޭ ކައިރިން ހިނގާފައިދާ ތަން ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު އެ ޖަނަވާރު ހޯދަން ސިފައިން ދަނީ މަސައްކަތް ކުރަމުންނެވެ. އެ ޖަނަވާރު ފެނިފައި ވަނީ އެއާޕޯޓުގެ އިމާރާތްތައް ނުހުންނަ، ރަންވޭގެ އިރު ދެކުނު ފަރާތުންނެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލަކު ރޭ "އަދަދު" އާ ވާހަކަ ދައްކަވަމުން ވިދާޅުވީ، މާފަރުން ފެނުނު ގޮތް ނޭނގޭ ޖަނަވާރު އަދިވެސް ނުހޯދޭތީ، އޭތި ހޯދުމުގެ އޮޕަރޭޝަން އިތުރަށް ފުޅާކުރަން ނިންމާފައިވާ ކަމަށެވެ.

އެގޮތުން، މިއަދު ހެނދުނު އެ މަސައްކަތަށް އިތުރު ސިފައިން މާފަރަށް ދިޔުމަށް ހަމަޖެހިފައިވާ ކަމަށް އޮފިޝަލު ވިދާޅުވި އެވެ.

އެއީ "މިނިކާ ވަގެއް" ނުވަތަ ނުރައްކާތެރި ޖަނަވާރެއް ކަމަށް ބުނެ ބައެއް މީހުން ސޯޝަލް މީޑިއާގައި ހިޔާލުފާޅުރަމުންދާއިރު، އެ ޖަނަވާރު ރަށު ތެރެއަށް އަރައި ބަޔަކަށް ގެއްލުމެއް ދީފާނެ ކަމުގެ ބިރު އާންމުވަމުންދާ ވީޑިއޯއާ ހެދި ވަނީ ފެތުރިފަ އެވެ.

އޮފިޝަލް ވިދާޅުވި ގޮތުގައި، އެ ޖަނަވާރު ފެނުނު ސަރަހައްދު އޮންނަނީ ފެންސު ޖަހައި ވަކިކޮށްފަ އެވެ. އެހެންވެ، އެތަނުން އެ ސޮރަށް ނުކުމެވެގެން ދެވޭނީ މޫދުން ކަމަށް އޭނާ ވިދާޅުވި އެވެ.

އެއާޕޯޓުގެ ރަންވޭ ކައިރިން އުސް ބިމެއްގެ އޭތި ހިނގާފައިދާ މަންޒަރު ރެކޯޑު ކުރީ މާފަރު އެއާޕޯޓުގައި މަސައްކަތް ކުރާ ބޭރު މުވައްޒަފުންތަކެކެވެ. އެކަން އެމްއެންޑީއެފްއަށް ރިޕޯޓު ކުރީ އިއްޔެ އެވެ.

ރާއްޖޭގައި ދިރިނޫޅޭ ބާވަތްތަކުގެ ޖަނަވާރުތައް މީގެ ކުރިން ވެސް ބައެއް ރަށްރަށަށް ލައްގާފައި އެބަ ހުއްޓެވެ. އެކަމަކު، ކުރިން ލައްގާފައި ހުރީ މުޅިން ވެސް މޫދުގައި އުޅެވޭ، ކިނބޫ އަދި ސީލް ފަދަ ޖަނަވާރުތަކެވެ. އެގޮތަށް ލައްގާ ޖަނަވާރުތައް ގެންދަނީ ސިފައިންގެ ބެލުމުގެ ދަށަށެވެ.