Advertisement

ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭންކަށް ނުގޮސް އެކައުންޓް ހުޅުވޭ ގޮތް އެމްއައިބީން ހަދައިފި

23 ޖޫން 2023 - 22:22 1

އަހުމަދު އާއިދު

އަހުމަދު އާއިދު

މޯލްޑިވްސް އިސްލާމިކް ބޭންކު :ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭންކަށް ނުގޮސް އެކައުންޓް ހުޅުވޭ ގޮތް އެމްއައިބީން ހަދައިފި - ފޮޓޯ: އަދަދު


ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭންކަށް ނުގޮސް އެކައުންޓް ހުޅުވޭ ގޮތް އެމްއައިބީން ހަދައިފި

23 ޖޫން 2023 - 22:22 1

ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭންކަށް ނުގޮސް އޮންލައިންކޮށް އެކައުންޓު ހުޅުވޭގޮތް މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ) އިން ހަދައިފި އެވެ.

އެ ބޭންކުން މިރޭ ބޭއްވި ހާއްސަ ޕްރެސް ބްރީފިންއެއްގައި އިފުތިތާހުކުރި އެ ހިދުމަތް ލިބޭނީ ސަރުކާރުގެ އެކި ހިދުމަތްތަކަށް އެދެން ބޭނުންކުރާ އީފާސް ޕޯޓަލް މެދުވެރިކޮށެވެ. އެގޮތުން އީފާސް މެދުވެރިކޮށް އެމްއައިބީ އެޕްލައިނައު ޕޯޓަލްއިން މިހާރު އެކައުންޓު ހުޅުވަން އެދެވޭނެ އެވެ.

މިއީ ރާއްޖޭގައި އާ ހިދުމަތަކަށް ވާއިރު ރަށްރަށުގައި ދިރިއުޅޭ ފަރާތްތަކުން ބޭންކު އެކައުންޓު ހެދުމަށް މާލެއަށް އައުމަކީ ޒަމާނުއްސުރެ އާންމު ކުރަމުން އަންނަ ޝަކުވާއެކެވެ. އެހެންކަމުން އެމްއައިބީގެ މި ހިދުމަތަކީ ރާއްޖޭގައި ބޭންކިން ހިދުމަތްތައް އާ ހަރުފަތަކަށް ގެންގޮސްދޭނެ ހިދުމަތަކެވެ.

މީގެއިތުރުން އެމްއައިބީގެ އެވްރީޑޭ ވިސާ ކާޑު އަދި އެމްއައިބީ ވިސާ ޕްލެޓިނަމް ކާޑު ހައްދަން ވެސް މިހާރު އޮންލައިންކޮށް އެޕްލައި ކުރެވޭނެ އެވެ.

އެމްއައިބީން ބުނި ގޮތުގައި މި ހިދުމަތް ދިނުމަށްޓަކައި ކޮމިއުނިކޭޝަން އެންޑް ޓެކްނޮލަޖީ މިނިސްޓްރީގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބުނެވެ. މިރޭގެ ބްރީފިންގައި އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ޝަރީފު ބައިވެރިވެވަޑައިގެންނެވި އެވެ.

ޝަރީފު ވިދާޅުވި ގޮތުގައި އެ މިނިސްޓްރީން އެމްއައިބީ އާއެކު ކުރާ މި މަސައްކަތުގެ މައިގަނޑު މަގުސަދަކީ ވެރިރަށް މާލެއިން ރައްޔިތުންނަށް ލިބޭ ހިދުމަތްތައް ތަފާތެއް ނެތި ރާއްޖޭގެ ހުރިހާ ހިސާބަކަށް، ޓެކްނޮލަޖީގެ ޒަރިއްޔާއިން ފޯރުކޮށްދިނުން ކަމަށެވެ.