Advertisement

އީޔޫ ގައުމުތަކުން ޔޫކްރެއިންގެ 30،000 ސިފައިން ތަމްރީން ކުރަނީ

ޔޫކްރެއިންގެ ސިފައިން.


އީޔޫ ގައުމުތަކުން ޔޫކްރެއިންގެ 30،000 ސިފައިން ތަމްރީން ކުރަނީ

ކިޔެވް، ޔޫކްރެއިން (ޖޫން 20) - ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ ގައުމުތަކުން މި އަހަރުގެ ތެރޭގައި ޔޫކްރެއިން 30،000 ސިފައިން ތަމްރީން ކުރާނެ ކަމަށް ބުނެފި އެވެ.

އީޔޫއިން ރާވާފައި ވަނީ 30،000 ސިފައިން ތަމްރީން ކުރަން ކަމަށާއި މިއީ ކުރިން ކަނޑައެޅި އަދަދަށް ވުރެ އިތުރު ކަމަށް ޔޫކްރެއިންގެ ޑިފެންސް މިނިސްޓްރީން ބުންޏެވެ.

މިދިޔަ ފެބްރުއަރީ މަހު އީޔޫގެ އޮފިޝަލުން ބުނީ މި އަހަރުގެ ތެރޭގައި ތަމްރީން ކުރާނީ ޔޫކްރެއިންގެ 15،000 ސިފައިން ކަމަށެވެ.

"އީޔޫ މިލިޓަރީ އެސިސްޓަންސް މިޝަން ފޯ ޔޫކްރެއިނުން ރާވާފައި ވަނީ މި އަހަރުގެ ތެރޭގައި ޔޫކްރެއިންގެ ސިފައިންގެ 30،000 މީހުން ތަމްރީން ކުރަން،" ޔޫކްރެއިންގެ ޑިފެންސް މިނިސްޓްރީން ބުންޏެވެ.

އީޔޫއިން ވަނީ އެ ނޫން ގޮތް ގޮތުން ވެސް ޔޫކްރެއިނަށް އަސްކަރީ އެހީ ފޯރުކޮށްދީފަ އެވެ. އެގޮތުން ހަތިޔާރާއު އުޅަނދު ފޯރުކޮށްދީފައިވެ އެވެ.

އޭގެ އިތުރުން ކުރިއަށް އޮތް ހަތަރު އަހަރު ޔޫކްރެއިނަށް އެހީވުމަށް 55 ބިލިއަން ޑޮލަރުގެ ޕެކޭޖެއް ފާސްކުރަން އީޔޫއިން ވެސް މެމްބަރު ގައުމުތަކަށް ހުށަހަޅައިފަ އެވެ.