20 ޖޫން 2023 - 07:37 2
މުހައްމަދު ނަސީމް
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މީގެ ކުރިން މައިނޯރިޓީ ލީޑަރާ ބައްދަލުކުރައްވަނީ. ފޮޓޯ:މުހައްމަދު ޝަހުޒާން/އަދަދު
20 ޖޫން 2023 - 07:37 2
ރައްޔިތުންގެ މަޖިލިސް ހުއްޓިަފއި އޮތް އޮތުން ނިމުމަކަށް ގެންނަން މަސައްކަތް ކުރަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހިތްވަރު ދެއްވަމުން ގެންދަވާ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީން މިއަދު ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި އޭދަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމާއި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމާއި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު މަޖިލީހުގެ ގޯތިތެރޭގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ މިއަދު ބައްދަލުކުރެއްވި އެވެ.
އެ ބައްދަލުވުމަށް ފަހު ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ސަލީމް ވިދާޅުވީ މަޖިލިސް ކުރިއަށް ގެންދެވޭނެ ގޮތްތައް ހޯއްދަވަން ނަޝީދު އެދިވަޑައިގަންނަވާ ކަމަށާއި އެކަމަށް މަސައްކަތް ކުރަން އެމަނިކުފާނު ހިތްވަރު ދެއްވާ ކަމަށެވެ. މަޖިލިސް ހުއްޓިފައި އޮންނާތީ އެމަނިކުފާނު ހުންނެވީ އެކަމުގެ ހިތާމައިގައި ކަމަށް ވެސް ސަލީމް ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް ވަރަށް ހިތްވަރު ދެއްވާ ހަމަ މަޖިލިސް ހުޅުވުމަށް މަސައްކަތް ކޮށްދެއްވާށޭ، ތިމަންނާ ބޭނުންވަނީ މަޖިލިސް ކުރިއަށް ގެންދާށޭ [ވިދާޅުވެ]. އެހެންވީމާ ހަމަ ވަރަށް ނޯމަލްކޮށް އިނގޭތޯ. އެމަނިކުފާނަށް ވަރަށް އަސަރުކޮށްފައި ހުރީ މަޖިލިސް ނުހިނގައިގެން،" ސަލީމް ވިދާޅުވި އެވެ.
ނޫސްވެރިންނާ ބައްދަލުކުރައްވައި ސަލީމް ފުރަތަމަ ދެއްކެވި އެއް ވާހަަކައަކީ ނަޝީދުގެ އިތުބާރު ނެތް ކަމަށް މައްސަލަ ހުށަހަޅަން ސޮއި ހަމަކުރީ މެމްބަރުންނަށް ސަރުކާރުން ނުފޫޒު ފޯރުވައިގެން ކަމަށް ކުރައްވާ ތުހުމަތެއްގެ ވާހަކަ އެެވެ.
އެއީ ރައްޔިތުންގެ މަޖިލީހުގައި އިއްޔެ ބޭއްވި މީޑިއާ ބްރީފިންގައި ރައީސް ނަޝީދު ވެސް ކުރެއްވި ތުހުމަތެކެވެ. އެެހެން ނަމަވެސް, ސަލީމް ވިދާޅުވި ގޮތުގައި އޭނާއަށް އެކަން އެނގިވަޑައިގެންނެވީ މިދިޔަ ދުވަސްތަކުގައި ބަލައިލި ބަލައިމަކުންނެވެ.
"އެހެންވީމާ މަޖިލިސް މެމްބަރުންނަށް ވެސް އެބަ އެނގޭ މި ހެދެނީ ގޯހެއްކަން. އެހެން ނަމަވެސް ސަރުކާރުގެ ނުފޫޒާއި އާރާއި ބާރުގެ ބޭނުންކޮށްގެން ވަރަށް ގިނަ މީހުން ލައްވާ އެބަހުރި ސޮއިކުރުވާފައި،" ސަލީމް ތުހުމަތުކުރެއްވި އެވެ.
އިދިކޮޅު މެމްބަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެންމެ ބޭފުޅުން ވެސް ތުހުމަތުކުރެއްވީ މަޖިލީހުގައި މަރުތަޅު އެޅިގެން އުޅެނީ މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެއްފަހަރާ ވެއްދުމުގެ ސަބަބުން ކަމަށެވެ. އެއީ އެކަމުގައި މަޖިލީހުގެ ރައީސް ނަޝީދު ވެސް ދެކެވަޑަައިގަންނަވާ ގޮތެވެ.
އެހެންވީމާ މަޖިލީހަށް އޮތް ހަލެއް ކަމަށްވެސް އިދިކޮޅުން ދެކެނީ ނަޝީދުވެސް ވިދާޅުވާ ހައްލެވެ. އެއީ ކޮންމެވެސް އެއް ބޭފުޅެއްގެ މައްސަލަ އަނބުރާ ގެންދިއުމެެވެ.
އެހެން ނަމަވެސް ސަލީމް ވިދާޅުވި ގޮތުގައި މަޖލީހުގެ ކުޑަދަށުން ނަޝީދާ މިއަދު ބައްދަލުވެވަަޑައިގެންނެވީ އިއްތިފާގުން ކަމަށެވެ.
"އަަޅުގަނޑުމެން ހަމަ އިއްޔެއިން ފެށިގެން [ނިންމާފައި] އޮތީ މިއަދު މިތަނަށް އަންނަ ގޮތަށް. އިއްތިފާގުން ދެން ރައީސް ވަޑައިގެންނެވީ. ދެން ރައީސަށް އަޅުގަނޑުމެން ފެނުނީމާ ރައީސް އެތާ މަޑުކޮށްލެއްވީ،" ސަލީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރައީސް ނަޝީދު ހުންނެވީ "ވަރަށް ދެރަފުޅުވެފައި" ކަމަށެވެ.
0.00%
0.00%
100.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
ވ
over 1 year ago
އިދިކޮޅު މިހާރުވެއްޖެ ނަސީދުޖަހާހަބެރަށް. ނަށާބަޔަކަން ނަސީދު ކުރަންބޭނުންވާކަންތަށް ދެންކުރުވާނީ އިދިކޮޅުންލައްވާ ވ ވ ގޯސްކަމެއް
ކޮއްޔާ
over 1 year ago
ސަލީމުގެ މަގާމު ގެއްލޭތީ ތިޔަހުންނެވީ ހަމަ ދެރަވެފަ ނޫންތޯ؟ ޑިމޮކްރެޓް ރަޖިސްޓްރީ ވާއިރަށް މަޖިލިސްގެ މައިނޮރިޓީ އަކީ އެޕާޓީ ކަމުގައި ވެގެންދާނެ. އަދި އެ އުފަލުގައި ނަޝީދު ޖަލްސާވެސް ބާއްވާނެ. މިކަންއަޅެ ބަލަންތިބެބަލަ. އެދުވަހު އީވާ އާއި ދެމީހުން ހުރިހާ ދަތެއް ދައްކާނެ ބިނދިބިނދިފަ. އެއީ މައްސަލައެއް ނޫން. އެކަމަކު ބަހާ އަމަލާ ދިމާނުވާތީ އެވާހަކަ މިދެއްކެނީ. ޑިމޮކްރެސީގެ ނަމޫނާއަކީ ގިނަ ބަޔަކު އިތުބާރު ނެތޭ ބުނެ ސޮއި އެޅީމަ އިސްތިއުފާ ދިނުން.
Comment