Advertisement

ބާރުވެރިިކަމުގައި މަޖިލިސް ތަޅު އަޅުވައިގެން އުޅުނަސް އިތުބާރު އޮތް ކަމަކަށް ނުވާނެ: އަސްލަމް

19 ޖޫން 2023 - 14:10 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

އެމްޑީޕީގެ ޕީޖީ ލީޑަރު އަސްލަމް. މަޖިލިސްގެ ރައީސް އާއި ނައިބު ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަތައް ވަނީ ވައްދާފައި --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


ބާރުވެރިިކަމުގައި މަޖިލިސް ތަޅު އަޅުވައިގެން އުޅުނަސް އިތުބާރު އޮތް ކަމަކަށް ނުވާނެ: އަސްލަމް

19 ޖޫން 2023 - 14:10 0

ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުން ލިބޭ ބާރުގެ ބޭނުން ކުރައްވައިގެން "މަޖިލިސް ތަޅު އަޅުވައިގެން އުޅުނަސް އިތުބާރު އޮތް ކަމަކަށް ނުވާނެ" ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އާއި ނައިބު ރައީސަށް ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ހޫނު ރައްދެއް ދެއްވައިފި އެވެ.

އިންތިހާބާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަށް ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޕީޖީ ލީޑަރުކަން ވެސް ކުރައްވާ އަސްލަމް ވަނީ މަޖިލީހުގެ މަސައްކަތްތައް ހުއްޓިފައި އޮތް ނަމަވެސް މިއަދު އެ ބިލުގެ މަސައްކަތްތައް ނިންމަން މަސައްކަތް ކުރަމުންދަނީ އެ ޕާޓީން ދަމަހައްޓަމުން އައި ހަމަތައް ދޫކޮށްލުމަށް ފަހު ނޫން ކަމަށެވެ.

އޭނާ އެ އިޝާރާތް ކުރެއްވީ މަޖިލިސްގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތް ކަމަށް ހުށަޙަޅާފައިވާ މައްސަލަތަކަށެވެ. ރިޔާސަތުން އެ ދެ މައްސަލަ އެޖެންޑާ ކުރަން ދެކޮޅު ހަދައި މިވަގުތު މަޖިލިސް އޮތީ މަރުތަޅު އެޅުވިފަ އެވެ. އެ މައްސަލަތައް މަޖިލިސް ގަވާއިދުގެ ދަށުން ކުރިއަށްގެންދެވޭނެ ކަމަށް އަނެއްކާ ވެސް އަސްލަމް ވިދާޅުވި އެވެ.

ބާރުވެރިކަމުގައި ތަޅު އަޅުވައިގެން ބާއްވައިގެން އެއީ އިތުބާރު އޮތް ކަމަކަށް ނުވާނެ. އިތުބާރު ނެތް މީހުންގެ އިތުބާރެއް ނެތް. އެއީ ސާފު މައްސަލައެއް. އިތުބާރު އޮތް ކަމަކަށް ނުވާނެ,

އޭގެ އިތުރުން, މަޖިލީހުގެ ކޮމިޓީތައް އެކުލަވާލުމުގެ މައްސަލަ ވެސް ހުއްޓުވާފައި އޮންނާތީ އެކަމަށް އިޝާރާތް ކުރައްވާ އަސްލަމް ވަނީ ގަވާއިދުގެ ތެރެއިން ދާއިމީ ކޮމިޓީތައް ދެމިއޮންނާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވިދާޅުވެފަ އެވެ.

"ތަކުރާރުކޮށް މި ބޭފުޅުން މި ދައްކަވާ ސިޓީގެ މައްސަލަ, ރައީސުލްޖުމްހޫރިއްޔާ ފޮނުވި ސިޓީ ވެސް ކޮމިޓީއަށް ގެންނާށޭ ތިބީ. ކޮމިޓީ ބޭއްވޭނެ ގޮތް ހައްދަވައި ދެއްވާށޭ. އެހެން ކޮމިޓީތައް ވެސް ބޭއްވޭނެ ގޮތް ހައްދަވައި ދެއްވާށޭ," ގާނޫނު އަސާސީގެ 241 ވަނަ މާއްދާގެ ދަށުން އެކުލަވާލާފައިވާ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީގެ ބައްދަލުވުންތައް ބޭއްވުމަށް ފުރުސަތު ދިނުމަށް އެދިވަޑައިގެން އަސްލަމް ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވި ގޮތުގައި ޕާޓީތަކުގެ މަޝްވަރާއިން މިހާތަނަށް ކޮމިޓީތައް އެކުލަވާލުމުގައި ހައްލެއް ހޯދިފައި ނުވެ އެވެ. އެހެންކަމުން, އެކަން ދެން ކުރަން ޖެހޭނީ މަޖިލިސް ތަޅުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

"އެޖެންޑާގައި އެ އައިޓަމް ނުވެސް ނެތް. މިއީތޯ މަޖިލީހެއް ފުރިހަމަ ގޮތެއްގައި ހިންގުމަކީ. އަޅުގަނޑުމެން ހަގީގަތުގައި ވެސް މަޖިލީހުގެ ރިޔާސަތާ ދޭތެރޭ އިތުބާރު ނެތީ ތަކުރާރުކޮށް މިފަދައިން އަމަލުކުރާތީ. މަޖިލިސް ގަވާއިދަށް ބެއްލެވުމެއް ނެތް. ގާނޫނު އަސާސީއަށް ބައްލަވާލެއްވުމެއް ނެތް. ގާނޫނަކަށް ބެއްލެވުމެއް ނެތް," ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ އަސްލަމް މިއަދުގެ ޖަލްސާގައި ވިދާޅުވި އެވެ.

އީވާގެ މައްސަލަ 50 މެމްބަރުންނާ އެކު ހުށަހެޅިއިރު ނަޝީދާ ދެކޮޅަށް ހުށަހެޅީ 54 މެމްބަރުންގެ ސޮޔާ އެކު އެވެ. އީވާ މައްސަލައިގެ ނޯޓިސް ހަމަވެ މަޖިލިސް ތަޅުމުގައި އެ މައްސަލަ ހިނގަން ޖެހޭއިރު ނަޝީދު ވަނީ އެމަނިކުފާނާ ދެކޮޅަށް ހުށަހަޅާފައިވާ އިތުބާރު ނެތް ކަމުގެ މައްސަލާގައި ރިޔާސަތުގައި އިންނަވަން އުޒުރުވެރިވެވަޑައިގަންނަވާކަން އަންގަވާފަ އެވެ.