Advertisement

ރަހީނުކުރި މައްސަލާގައި ހައްޔަރުކުރި މީހާގެ ބަންދަށް 15 ދުވަސް

18 ޖޫން 2023 - 13:21 1

ނިމާ ހަސަން

ނިމާ ހަސަން

ފުލުހުންގެ ހެޑްކުއާޓާސް ޝަހީދު ހުސެއިން އާދަމް ބިލްޑިން; ރަހީނުކުރި މައްސަލާގައި ހައްޔަރުކުރި މީހާގެ ބަންދަށް ވަނީ 15 ދުވަސް ޖަހާފައި - ފައިލް ގޮޓޯ: އަދަދު


ރަހީނުކުރި މައްސަލާގައި ހައްޔަރުކުރި މީހާގެ ބަންދަށް 15 ދުވަސް

18 ޖޫން 2023 - 13:21 1

ދިވެހިންތަކެއް ރަހީނުކުރި މައްސަލަގައި ހައްޔަރުކުރި ދެމީހުންގެ ތެރެއިން އެކަކުގެ ބަންދަށް 15 ދުވަސް ޖަހައިފި އެވެ.

އަބަދަށް އުފާ މަގުގައި ހުރި ގެއެއްގައި ދޮރުވައްޓާލައިގެން އެ ގެއަށް ގަދަކަމުން ވަދެގަނެގެން ރަހީނުކޮށްފައި ތިބި ތިން ދިވެހި ފިރިހެނުން ސަލާމަތް ކުރީ އިއްޔެ އެވެ. އެމީހުން ސަލާމަތްކުރި އިރު އެކި ވަރުގެ އަނިޔާ ދީފައި ހުރި ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލާގައި އިއްޔެ ވަނީ ދެ މީހަކު ހައްޔަރުކޮށްފަ އެވެ. އޭގެ ތެރެއިން އެކަކުގެ ބަންދަށް މިއަދު 15 ދުވަސް ޖަހާފައިވާއިރު, ދެން ހުރީ އުމުރުން 18 އަހަރު ނުވާ ކުޑަކުއްޖެކެވެ. އެ ކުއްޖާ މިހާރު ވަނީ އާއިލާއާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

ރަހީނުކޮށްފައި ތިއްބާ ސަލާމަތް ކުރި މީހުންނަށް އިއްޔެ އައިޖީއެމްއެޗުގައި ފަރުވާ ދިނުމަށްފަހު ވަނީ ދޫކޮށްލާފަ އެވެ.

ފުލުހުން ބުނީ އެ މައްސަަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ. އެހެން ނަމަވެސް އެކަމާ ބެހޭ މާބޮޑު ތަފްސީލެއް އަދި ނުދެ އެވެ. މީހުން ރަހީނުކުރުމުގެ ޖަރީމާ ހިންގި މީހުން އެއްވެސް ޑިމާންޑެއް ކުރިކަން ނުވަތަ ނޫންކަމެއް ވެސް އަދި ނޭނގެ އެވެ.