18 ޖޫން 2023 - 10:56 0
ފާތިމަތު ސާޔާ އަހުމަދު
ސައުދީ ފޮރިން މިނިސްޓަރު އަމީރު ފައިސަލް ބިން ފަރްހާން. -- ފޮޓޯ: ބްރިކޯޑާ
18 ޖޫން 2023 - 10:56 0
ތެހްރާން، އިރާން (ޖޫން 17) - ހަތް އަހަރުގެ މެދުކެނޑުމަކަށް ފަހު ސައުދީ އަރަބިއްޔާ އާއި އިރާނުން ގުޅުން ގާއިމްކުރިތާ ދެ މަސް ފަހު ސައުދީ ފޮރިން މިނިސްޓަރު އަމީރު ފައިސަލް ބިން ފަރްހާން އިރާނަށް ވަޑައިގެންފި އެވެ.
ހޮނިހިރު ދުވަހު އިރާނަށް ވަޑައިގެންނެވި އިރު، މި ދަތުރުގެ ތެރެއިން އިރާނުގެ ފޮރިން މިނިސްޓަރު ހޮސެއިން އާމިރް އަބްދުއްލާހިއާންއާ ބައްދަލުކުރައްވާނެ އެވެ.
ސައުދީގެ ނޫސްތަކުން ރިޕޯޓުކުރާ ގޮތުގަައި އިރާނުގެ ރައީސް އިބްރާހިމް ރައިސީއާ ވެސް ބައްދަލުކުރަައްވާނެ ކަމަށް ބެލެވެ އެވެ.
އިރާން ސަރުކާރުން ބުނީ ތެހްރާންގައި ސައުދީގެ އެމްބަސީ އަލުން ހުޅުވުމާ ގުޅޭ މަސަައްކަތްތަަކެއް މި ދަތުރުގެ ތެރެއިން ސައުދީ ފޮރިން މިނިސްޓަރު ކުރައްވާނެ ކަމަށެވެ. ސައުދީ އަރަބިއްޔާގައި އިރާނުގެ އެމްބަސީ އާއި ކޮންސިއުލޭޓް އަލުން ހުޅުވީ ޖޫން 6 ވަނަ ދުވަހު އެވެ.
އެ ދެ ގައުމުގެ އެމްބަސީ ބަންދުކޮށް ގުޅުން ކަނޑާލީ 2016 ވަނަ އަހަރު ސައުދީގައި ޝިއައީ އިލްމުވެރިއަކު ދަން ޖެއްސުމުން، އިރާނުގެ ބަޔަކު ތެހްރާންގައި ހުންނަ ސައުދީ އެމްބަސީއަށް ހަމަލާ ދިނުމުންނެވެ.
އަހަރުތަކަކަށް ފަހު މިދިޔަ މާޗް މަހު އަލުން ގުޅުން ގާއިމްކުރެވުނީ ޗައިނާ މެދުވެރިވެގެން ބޭއްވި މަޝްވަރާތަކަށް ފަހު އެވެ.
Comment