Advertisement

ވޯލްޑް ކަޕެއްގައި ދެން ފެނުމުގެ ފުރުސަތު ކުޑަ: މެސީ

14 ޖޫން 2023 - 12:05 0


ވޯލްޑް ކަޕެއްގައި ދެން ފެނުމުގެ ފުރުސަތު ކުޑަ: މެސީ

14 ޖޫން 2023 - 12:05 0

ބެއިޖިން (ޖޫން 14) - ވޯލްޑް ކަޕެއްގައި ދެން ފެނުމުގެ ފުރުސަތު ވަރަށް ކުޑަ ކަމަށާއި 2022 ގެ ވޯލްޑް ކަޕަކީ އެ މުބާރާތުގައި ކުޅުނު ފަހު ފަހަރަށް ވުމަކީ ވަރަށް ގާތްކަމެއް އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ ބުނެފި އެވެ.

"އަހަރެން ކުރިން ވެސް ވަރަށް ގިނަ ފަހަރު ބުނިން (2022ގެ) ވޯލްޑް ކަޕަކީ އަހަރެންގެ ފަހު ވޯލްޑް ކަޕަށް ވުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް،" 2026 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ކުޅުމާމެދު ޗައިނާގެ މީޑިއާއަކުން ސުވާލުކުރުމުން މެސީ ބުންޏެވެ.

"ދެން ކަންތައްތައްވާނެ ގޮތެއް ބަލަމާ. އެކަމަކު ވިސްނާލައިރު، ހިޔެއްނުވޭ ދެން އަންނަ ވޯލްޑް ކަޕްގައި އަހަރެން ފެނިދާނެހެނެއް."

ހަތް ފަހަރު ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ މެސީ މި ވަގުތު ޗައިނާގައި ހުރީ އޮސްޓްރޭލިއާއާ ދެކޮޅަށް އާޖެންޓީނާ ކުޅޭ އެކުވެރިކަމުގެ މެޗުގައި ކުޅުމަށެވެ.

މެސީ, 35، ގެ ކެޕްޓަންކަމުގެ ދަށުން އާޖެންޓީނާ އިން ވަނީ 2022 ވަނަ އަހަރު ގަތަރުގައި އޮތް ވޯލްޑް ކަޕްގެ ތަށި އުފުލާލައިފަ އެވެ.

މެކްސިކޯ، އެމެރިކާ އަދި ކެނަޑާ ގުޅިގެން 2026 ވަނަ އަހަރު ބާއްވާ ވޯލްޑް ކަޕް އިން ފެނުމުގެ ފުރުސަތު ވަރަށް ކުޑަ ކަމަށް އާޖެންޓީނާގެ މީޑިއާއަކާ ވާހަކަދައްކަމުން މި އަހަރުގެ ކުރީކޮޅު ވެސް މެސީ ވަނީ ބުނެފަ އެވެ.

ފާއިތުވި ދެ ސީޒަންގައި ޕީއެސްޖީ އަށް ކުޅުމަށް ފަހު، މެސީ ވަނީ އެމެރިކާގެ އިންޓަ މިއާމީ އަށް މިހާރު ބަދަލުވެފަ އެވެ.