Advertisement

އިމްތިޔާޒް ވިދާޅުވަނީ ސަރުކާރު ފެށި އިރު ވެސް ނަޝީދުގެ އަޑު ނާހާ ކަމަށް!

10 ޖޫން 2023 - 11:06 3

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ދަ ޑިމޮކްރެޓްސް ހަރަކާތުން ރޭ ބޭއްވި ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުދު ދާްއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވާހަކަދައްކަވަނީ. ފޮޓޯ:ސޯޝަލް މީޑިއާ


އިމްތިޔާޒް ވިދާޅުވަނީ ސަރުކާރު ފެށި އިރު ވެސް ނަޝީދުގެ އަޑު ނާހާ ކަމަށް!

10 ޖޫން 2023 - 11:06 3

އެމްޑީޕީގެ ދެ ވަނަ ސަރުކާރު ފެށުނު އިރު ވެސް އެޕާޓީގެ ރައީސް މުހައްމަދު ނަޝީދުގެ އަޑު ސަރުކާރުން ނާހާ ކަމަށާއި ސަރުކާރުން ބޭނުންވީ އެމަނިކުފާނު ރާއްޖެއަށް ވަޑައިނުގަންނަވަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ރޭ ތުހުމަތުކުރައްވައިފި އެވެ.

ނަޝީދުގެ އަރިސް ބޭފުޅުން އުފައްދަވަން މަސައްކަތް ފަށާފައިވާ "ދަ ޑިމޮކްރެޓްސް" ގެ ހަރުގޭގައި ރޭ ބޭއްވި ޖަލްސާއެއްގައި އިމްތިޔާޒް ވިދާޅުވީ މިސަރުކާރު އުފެދުމާ އެކު ހުރިހާ ސިޔާސީ ލީޑަރުން މިނިވަން ކުރަން މަސައްކަތް ކުރި އިރު ނަޝީދު މިނިވަންކުރަން ނޫޅޭ ކަމަށެވެ. އެކަމާ އެމަނިކުފާނު ތަކުރާރުކޮށް ސުވާލުކުރި ނަމަވެސް އިވޭ ކަމަށް ވެސް ހަދައިނުލި ކަމަށް ވެސް އޭނާ ތުހުމަތު ކުރެއްވި އެވެ.

"ވެރިކަން ބަދަލުވުމާ އެކުގައި ހުރިހާ ލީޑަރުން މިނިވަން ކުރުމުގައި އަވަސްވެވަަޑައިގެންނެވި ސަރުކާރުން. ވަރަށް ބޮޑު ދައުރެއް އަދާކުރެއްވި. އަޅުގަނޑުމެން ތިބި އަޑުއަހަން، ރައީސް މުހައްމަދު ނަޝީދު މިވާހަކަފުޅު ދެއްކެވި، ތިމަން މަނިކުފާނުގެ ކަންތަކާ އުޅުއްވަނީ ކޮން އިރަކުންތޯ [ސުވާލުކުރެއްވި]. އޭރު ރާއްޖޭން ބޭރުގައި ވަޑައިނުގަނެވިފައި ހުންނެވީ، ކޮންއިރަކުންތޯ މިކަމާ އުޅުއްވަނީ [އެއްސެވި]. ހަމަ ހިލާ އަޑުވެސް އަހައިނުލި ސަރުކާރުން،" އިމްތިޔާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި "ވީހާލެއްގައި ވާން ވަޑައިގަންނަވަނީ" ކަމަށް ނަޝީދު ވިދާޅުވީ އެހެންވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުން ނަޝީދު ވަކިކުރަން އެމްޑީޕީން ހުށަހަޅާފައި ވާތީ އެކަމަށް ވެސް އިމްތިޔާޒް ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ. މަޖިލީހުގެ ރައީސްގެ މަގާމުގެ އިތުރުން މަޖިލީހުގެ މެމްބަރުކަމުން ބޭރުކުރިޔަސް ނަޝީދަށް ވާނީ "ކޮންކަމެއްތޯ" އޭނާ ސުވާލުކުރެއްވި އެވެ.

"މަޖިލީހުގެ ގޮނޑިން ވެސް ބޭރުކުރައްވާ، އެއީ ކޮންކަމެއް ވާނެ ކަމެއްތޯ އެމަނިކުފާނަށް އިރާދަކުރެއްވިއްޔާ،" އިމްތިޔާޒް ވިދާޅުވި އެވެ.

އޭނާ ސިފަކުރެއްވި ގޮތުގައި ނަޝީދަކީ ވެރިކަމާ ހެދި އުޅުއްްވާ ބޭފުޅެއް ނޫނެވެ. އޭގެ ބަދަލުގައި އެމަނިކުފާނު މަސައްކަތް ކުރައްވަނީ ރާއްޖެއަށް އިންގިލާބީ ބަދަލުތައް ގެންނަވަން ކަމަށާއި މަޖިލީހުގެ ރައީސްކަމުން ދުރުކުރިޔަސް އެ މަސައްކަތް ކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނަޝީދު ރާއްޖެއަށް ވަޑައިގެންނެވި އިރު އެމްޑީޕީގެ ސަރުކާރު ނޫފެދޭ

އިމްތިޔާޒް މިމޭރުމުން ވާހަކަ ދެއްކެވި އިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ޖަލުހުކުމެއް ތަންފީޒުކުރައްވަމުން ގެންދެވުމަށް ފަހު ރާއްޖޭން ބޭރަށް ވަޑައިގެން އުޅުއްވުމަށް ފަހު ނަޝީދު އެނބުރި ވަޑައިގެންނެވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރައީސްކަމުގެ ހުވައިކުރެއްވުމުގެ ކުރިން ނޮވެމްބަރު 1، 2018 ގަ އެވެ. ބައެއް ސިޔާސީ ލީޑަރުންނަށް ކޮށްފައިވާ ހުކުމްތައް ސުޕްރީމްކޯޓުން ރިވިއު ކުރި އިރު ރައީސްކަމުގައި ހުންނެވީ ރައީސް ޔާމީނެވެ.

ނަޝީދު އޭރު އެނބުރި ރާއްޖެއަށް ވަޑައިގެންނެވީ ރައީސް ސޯލިހާއެކު އެވެ. ރައީސް ސޯލިހު ސްރީ ލަންކާއަށް ވަޑައިގެންނެވީ ނަޝީދު ބަލާ ކަމަށް އެއިރު ވިދާޅުވެފައިވެ އެވެ. ދެ ބޭފުޅުން ވަޑައިގެންނެވީ އެކީގަ އެވެ.