Advertisement

ޕެޓްރޯލާއި ޑީސަލްގެ އަގު ހެޔޮކޮށްފި

9 ޖޫން 2023 - 04:47 0

ފިއުލް ސަޕްލައި މޯލްޑިވްސްގެ ތެޔޮ ޝެޑު. -- ފޮޓޯ: އަދަދު


ޕެޓްރޯލާއި ޑީސަލްގެ އަގު ހެޔޮކޮށްފި

9 ޖޫން 2023 - 04:47 0

ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) އިން ވިއްކާ ތެޔޮ އަގު ހެޔޮކޮށްފި އެވެ.

ރާއްޖެއަށް އެންމެ ގިނައިން ތެޔޮ އެތެރެކޮށް ވިއްކާ ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮތް، އެސްޓީއޯއިން ބުނެފައި ވަނީ އެ ކުންފުނީގެ ސަބްސިޑިއާރީ ކުންފުނި، ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ ޝެޑްތަކުން މިއަދުން (ޖޫން 9) އިން ފެށިގެން ވިއްކާ ޕެޓްރޯލުގެ ލީޓަރަކުން 41 ލާރި، އަދި ޑީސަލް ލީޓަރަކުން 63 ލާރި ހެޔޮކޮށްފައިވާ ކަމަށެވެ.

މި ބަދަލާއެކު މިހާރު ޑީސަލް ލީޑަރެއް 14.73ރ. އަށް އަދި ޑީސަލް ލީޓަރެއް 15.07ރ. އަށް ލިބޭނެ އެވެ.

އެންމެ ފަހުން ތެލުގެ އަގަށް ބަދަލު ގެނައީ މެއި 1 ގަ އެވެ. އެ ދުވަހުން ފެށިގެން މިރޭ ދަންވަރު 12:00 އާ ހަމަައަށް ޕެޓްރޯލް ލީޓަރެއް ވިއްކީ 15.14ރ. އަށެވެ. ޑީސަލް ލީޓަރެއް 15.70ރ. އަށެވެ.

މި އަހަރު ފެށުނުއިރު ޕެޓްރޯލް ލީޓަރެއްގެ އަގު 15.97ރ. އަށް ހުރިއިރު، ޑީސަލް ލީޓަރެއްގެ އަގު ހުރީ 16.32ރ. އަށެވެ. އެއީ މިދިޔަ އަހަރުގެ އޯގަސްޓް މަހު ކަނޑައެޅި އަގެވެ.