Advertisement

ކާންޓޭ، އަހަރަކު 100 މިިލިއަން ޑޮލަރު ލިބޭ ޑީލެއްގައި ސައުދީ އަށް

8 ޖޫން 2023 - 11:22 0


ކާންޓޭ، އަހަރަކު 100 މިިލިއަން ޑޮލަރު ލިބޭ ޑީލެއްގައި ސައުދީ އަށް

8 ޖޫން 2023 - 11:22 0

ރިޔާދު، ސައުދީ އަރަބިއްޔާ (ޖޫން 8) - ޗެލްސީ އަށް ކުޅެމުން އަންނަ ފްރާންސްގެ މިޑްފީލްޑަރު، އެންގޯލޯ ކާންޓޭ އަށް އަހަރަކު 100 މިލިއަން ޑޮލަރުގެ މުސާރައެއް ލިބޭ ކޮންޓްރެކްޓެއްގައި ސައުދީ އަރަބިއްޔާގެ އަލް އިއްތިހާދަށް ސޮއިކުރަން ނިންމައިފި އެވެ.

މި މަހުގެ ނިޔަލަށް ޗެލްސީގެ ކޮންޓްރެކްޓްގައި ހުރި ކާންޓޭ، 32، އަލް އިއްތިހާދަށް ސޮއިކުރުމާ އެކު، އޭނާ ވެގެންދާނީ މި ފަހަރުގެ ޓްރާންސްފާގައި އެ ކްލަބުން ގެންދާނެ ނަން މަޝްހޫރު ދެ ވަނަ ކުޅުންތެރިޔާ އަށެވެ. އެ ގޮތުން ބޮޑު ޑީލެއްގެ ދަށުން ރެއާލް މެޑްރިޑްގެ ކެޕްޓަން، ކަރީމް ބެންޒެމާ ވެސް ވަނީ އަލް އިއްތިހާދަށް ސޮއިކޮށްފަ އެވެ.

ޗެލްސީން މި ސީޒަނުގައި ކާންޓޭގެ ކޮންޓްރެކްޓް އާ ކުރަން މަޝްވަރާތަކެއް ކުރި އެވެ. އެކަމަކު، ފަހުން ޗެލްސީން ކާންޓޭ އަށް އިތުރު އެއްބަސްވުމެއް ދިނުމާ މެދު ދެ ވަނަ ވިސްނުމަކަށް ދާން ޖެހުނީ އަނިޔާގެ މައްސަލަތަކާ ހެދި ކާންޓޭ އަށް ގިނަ މެޗުތަކެއް ގެއްލެެމުންދާތީ އެވެ. އެ ގޮތުން، ކާންޓޭ އަށް މި ސީޒަނުގައި ކުޅެވުނީ އެންމެ ނުވަ މެޗުގަ އެވެ.

ބެންޒެމާ އާއި ކާންޓޭ އަށް ފަހު ވެސް އަލް އިއްތިހާދުން ޔޫރަޕްގައި ކުޅޭ އިތުރު ކުޅުންތެރިއަކަށް ބޮޑު އިންވެސްޓެއް ކުރަން އަންނަނީ ބަލަމުންނެެވެ.

ލެސްޓާ ސިޓީން 2015/2016 ސީޒަނުގައި އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދި ސީޒަނުގައި ވިދާލި ކާންޓޭ ވަނީ 38 މިލިއަން ޑޮލަރަށް 2016 ވަނަ އަހަރު ޗެލްސީ އަށް ބަދަލުވެފަ އެވެ. ފްރާންސް ގައުމީ ޓީމާ އެކު 2018 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ކާމިޔާބުކުރި ކާންޓޭ ވަނީ ޗެލްސީގައި ހުރެ ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގާއި ކްލަބް ވޯލްޑް ކަޕް ވެސް ކާމިޔާބުކޮށްފަ އެވެ.

ޗެލްސީ އަށް ކުޅެދިން 269 މެޗުން 13 ގޯލު ޖެހި ކާންޓޭ ވަނީ 16 ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.