Advertisement

18 ޓީމާ އެކު އިންޓަ އޮފީސް ބިލިއާޑް މުބާރާތް މިރޭ ފަށަނީ

8 ޖޫން 2023 - 08:43 0

މިދިޔަ އަހަރުގެ އިންޓަ އޮފީސް ބިލިއާޑް މުބާރާތުގައި ކުޅުނު މެޗެއްގެ ތެރެއިން - ފޮޓޯ: އެމްޕީބީއޭ


18 ޓީމާ އެކު އިންޓަ އޮފީސް ބިލިއާޑް މުބާރާތް މިރޭ ފަށަނީ

8 ޖޫން 2023 - 08:43 0

ޖުމްލަ އެކު، 18 ޓީމާ އެކު 10 ވަނަ އިންޓަ އޮފީސް ބިލިއާޑް މުބާރާތް މިރޭ ފަށަން ތައްޔާރުވެއްޖެ އެވެ.

މިއަދުން ފެށިގެން މިމަހުގެ 18އާ ހަމައަށް ކުރިއަށްދާ މުބާރާތުގައި މިއަހަރުވެސް ކުރިއަށްދާނީ ސިންގަލްސް އަދި ޓީމް އިވެންޓުގެ މެޗުތަކެވެ. ފުރަތަމަ ހަތަރު ދުވަހު ސިންގަލްސް އިވެންޓުގެ މެޗުތައް ކުރިއަށްދާއިރު މިމަހުގެ 12-18 އަށް ކުރިއަށްދާނީ ޓީމް އިވެންޓުގެ މެޗުތަކެވެ.

މިއަހަރު ފިރިހެން ބައިގެ ޓީމް އިވެންޓުގައި 13 އޮފީހަކުން ވާދަކުރެ އެވެ. މިގޮތުން 13 އޮފީސް ބަހާލާފައިވަނީ ދެ ގްރޫޕަކަށެވެ.

ގްރޫޕް އޭގައި ހިމެނެނީ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)، މޯލްޑިވިއަން، ޕްރެޒިޑެންޓްސް އޮފީސް، މޯލްޑިވްސް އިސްލާމިކް ބޭންކް އަދި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އެވެ.

ގްރޫޕް ބީގައި ހިމެނެނީ މޯލްޑިވްސް ޕޮލިސް ސާވިސް، ދިރާގު، މޯލްޑިވްސް ކަސްޓަމްސް ސާވިސް، މޯލްޑިވްސް ވޯޓާ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)، ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އަދި ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އެވެ.

މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރުވެސް އަންހެން ޑިވިޝަންގައި ތިން ޓީމަކުން ވާދަކުރެ އެވެ. އެއީ ޕްރެޒިޑެންޓްސް އޮފީސް، އެމްއޭސީއެލް، އެމްއެންޑީއެފް، ކަސްޓަމްސް އަދި ދިރާގެވެ. އަންހެން އަދި ފިރިހެން މިކްސްކޮށް ޓީމް އިވެންޓް ކުޅެމުން އައި އިންޓަ އޮފީސް މުބާރާތުގައި އަންހެން ޓީމް އިވެންޓު ވަކި ބައެއްގެ ގޮތުގައި ކުޅެން ފެށީ މިދިޔަ އަހަރު އެވެ.

މިދިޔަ އަހަރު ބޭއްވި 9ވަނަ އިންޓަ އޮފީސް ބިލިއާޑް މުބާރާތުގެ ފިރިހެން ޓީމް އިވެންޓުގެ ޗެމްޕިއަންކަން ހޯދީ އެމްއެންޑީއެފް އެވެ. އަންހެން ޓީމް އިވެންޓުގެ ޗެމްޕިއަންކަން ހޯދީ ކަސްޓަމްސް އެވެ.

މިދިޔަ އަހަރު އަންހެން ސިންގަލްސް ޗެމްޕިއަންކަން ކަސްޓަމްސްގެ އާމިނަތު ހަލީމް (ދިލް) ހޯދިއިރު، ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީ އެމްޕީއެލްގެ މުހައްމަދު ދުންޔާޒް އެވެ.