Advertisement

ދިވެހި ހައްޖުވެރިންނަށް މި އަހަރު މިނާ އަދި އަރަފާތު ބިމުގައި އެކުގައި ތިބެވޭނެ ގޮތް ހަދައިފި

7 ޖޫން 2023 - 11:33 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ހައްޖުވެރިން އަރަފާތު ބިމުގައި: ދިވެހި ހައްޖުވެރިންނަށް މި އަހަރު މިނާ އަދި އަރަފާތު ބިމުގައި އެކުގައި ތިބެވޭނެގޮތް ހަދައިފި - ފޮޓޯ: އޭއެފްޕީ


ދިވެހި ހައްޖުވެރިންނަށް މި އަހަރު މިނާ އަދި އަރަފާތު ބިމުގައި އެކުގައި ތިބެވޭނެ ގޮތް ހަދައިފި

7 ޖޫން 2023 - 11:33 0

އެހެން އަހަރުތަކެކޭ ހިލާފަށް މި އަހަރު ހައްޖަށްދާ ދިވެހިންނަށް މިނާ އަދި އަރަފާތު ބިމުގައި އެކުގައި ތިބެވޭނެ ގޮތް ހަމަޖައްސައިފާވަ ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.

އިސްލާމިކް މިނިސްޓްރީން އެހެން ބުނީ ސައުދީގައި ދިވެހި ހައްޖުވެރިންނަށް ހިދުމަތްދޭ ޓްރެވަލް ކުންފުނި ކަމަށްވާ 'އަލް ބައިތު ގެސްޓްސް' އާ އެކު އެ މިނިސްޓްރީން ކުރިއަށް ގެންދިޔަ މަޝްވަރާތަކަަކަށްފަހު އެވެ.

މިނިސްޓްރީން ބުނެފައިވާ ގޮތުގައި މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވިފައިވަނީ މި އަހަރުގެ ހައްޖު މޫސުމުގައި ދިވެހި ހައްޖުވެރިންނަށް ލުއި ފަސޭހަ އިންތިޒާމްތަކެއް ހަމަޖެއްސުމާއި މިނާ އާއި އަރަފާތު ބިމުގައި ދިވެހި ހައްޖުވެރިންނަށް ހިދުމަތްދިނުމަށް އަލް ބައިތު ކުންފުނިން ވަމުންދާ އެންމެ ފަހުގެ ތައްޔާރީތަކާ ގުޅޭގޮތުން ކަމަށެވެ.

އަލް ބައިތުން ދިން އަދާހަމަތަކާއި ކުރީ އަހަރުތަކުގެ ހިދުމަތްތަކަށް ބަލައި، މި އަހަރުގެ ހިދުމަތް ރަނގަޅު ކުރުމަށް ކުރަންޖެހޭ ކަންކަން އެ ކުންފުނީގެ ސަމާލު ކަމަށް ގެނެވުނު ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

އޭގެ އިތުރުން، މި ބައްދަލުވުމުގައި އަލްބައިތު ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އުސާމާ އަބްދުﷲ ދާނިޝް ހައްޖުވެރިންނަށްދޭ ހިދުމަތްތައް މިއަހަރު އިތުރަށް ފުރިހަމަ ވެގެންދާނެކަން ފާހަގަ ކުރައްވާފައިވާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

މި އަހަރު ރާއްޖެއަށް ރަސްމީ ހައްޖު ކޯޓާގެ ގޮތުގައި 1000 ލިބިފައިވާއިރު ކޯޓާގެ އަދަދު 2500 އަށް ބޮޑުކުރަން ރާއްޖެއިން ވަނީ އެދިފަ އެވެ. މިނިސްޓަރު ވިދާޅުވީ މީގެ ކުރިން ސައުދީން އިތުރަށް ކޯޓާ ދިން އަދަދުތަކަށް ބަލާއިރު، އިތުރަށް ހާހެއްހާ ކޯޓާ ލިބިދާނެ ކަމަށެވެ.

ރާއްޖެއަށް ވަރަށް ކުރީއްސުރެ ވެސް ހައްޖުގެ ކޯޓާގެ ގޮތުގައި ރަސްމީކޮށް ދެނީ 1،000 ކޯޓާ އެވެ. ނަމަވެސް ކޮވިޑާއެކު އެ އަދަދު 435 އަށް ދަށްވުމަށްފަހު މިއަހަރު އަނެއްކާ ވެސް މިވަނީ ކުރިން ކޯޓާ ދިން އަދަދު ރުޖޫއަކޮށްފަ އެވެ.