7 ޖޫން 2023 - 09:32 0
ފާތިމަތު ސާޔާ އަހުމަދު
ރިޔާދްގައި ހުންނަ ސައުދީ އެމްބަސީ. -- ފޮޓޯ: އޭއެފްޕީ
7 ޖޫން 2023 - 09:32 0
ރިޔާދް، ސައުދީ އަރަބިއްޔާ (ޖޫން 6) - ހަތް އަހަރަށް ފަހު ސައުދީ އަރަބިއްޔާގައި ހުންނަ އިރާނުގެ އެމްބަސީ އަލުން ހުޅުވައިފި އެވެ.
އެމްބަސީ އަލުން ހުޅުވީ ކުރިން ވެސް އިރާން އެމްބަސީ ހިންގި އިމާރާތުގަ އެވެ. އެއީ ރިޔާދްގައި ޑިޕްލޮމެޓިކް މިޝަންތަކަށް ހާއްސަ ސަރަހައްދެވެ.
"މިއަދަކީ އިރާނާއި ސައުދީ އަރަބިއްޔާގެ ގުޅުމަށް މުހިއްމު ދުވަހެއްގެ ގޮތުގައި އަޅުގަނޑުމެން ދެކެން،" އެމްބަސީގައި ދިދަ ނެގުމުގެ ހަފުލާގައި އިރާނުގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު އަލީރެޒާ ބިގްދެލީ ވިދާޅުވި އެވެ.
"ދެ ގައުމުގެ ގުޅުން މި މިސްރާބު ޖަހަނީ އާ ޒަމާނަކާ ދިމާލަށް."
އިރާނާއި ސައުދީ އަރަބިއްޔާއިން 2016 ވަނަ އަހަރު ގުޅުން ކަނޑާލީ، ޝިއައީ އިލްމުވެރިއަކު ސައުދީގައި ދަންޖެއްސުމުން، ތެހްރާންގައި ހުންނަ ސައުދީ އެމްބަސީއަށް ބަޔަކު ހަމަލާ ދޭން އުޅުމުންނެވެ.
ޗަައިނާ މެދުވެރިވެ ކުރި މަޝްވަރާއަށް ފަހު ދެ ގައުމުން އަލުން ގުޅުން ގާއިމްކުރީ މިދިޔަ މާޗް މަހު އެވެ. ތެހްރާންގައި ސައުދީ އެމްބަސީ ހުޅުވާނެ ތާރީހެއް ސާފެއް ނޫނެވެ.
އެކަމަކު މިދިޔަ އެޕްރީލް މަހު ސައުދީގެ ވަފުދެއް ތެހްރާނަށް ދަތުރުކުރި އެވެ. އިރާނުގެ އެމްބަސީ ހުޅުވި އިރު، ސަފީރަކަށް ހަމަޖެއްސީ އަލީރެޒާ އެނާޔަތީ އެވެ.
Comment