Advertisement

މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަކީ އެންމެން އެކުގައި ކުރަން ޖެހިފައި އޮތް ކަމެއް: ރައީސް

5 ޖޫން 2023 - 21:51 0

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރަން އއ.އުކުޅަހުގައި ބޭއްވި ޖަލްސާގައި ރައީސް ވާހަކަފުޅު ދައްކަވަނީ. ފޮޓޯ: ރައީސް އޮފީސް


މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަކީ އެންމެން އެކުގައި ކުރަން ޖެހިފައި އޮތް ކަމެއް: ރައީސް

5 ޖޫން 2023 - 21:51 0

މޫސުމަށް އަންނަ ބަދަލަތަކަށް ދިވެހިންނަށް މާބޮޑު ހައްލެއް ހޯދައި ނުދެވިދާނެ ކަމަށާއި އެހެން ނަމަވެސް ބަދަލުތަކަށް ހޭނުމާއ،ި ތައްޔާރުވެ ތިބުމަކީ އެންމެން އެކުގައި ކުރަންޖެހިފައި އޮތްކަމެއް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

ތިމާވެށީގެ ދުވަސް ފާހަގަކުރަން އއ. އުކުޅަހުގައި މިރޭ ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ރާއްޖޭގެ ގުދުރަތީ ވެށީގެ މުއްސަނދިކަމާއި ރީތިކަން އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ ދައުލަތުގެ އަސާސީ ވާޖިބެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. ރާއްޖޭގެ މުޅި އިގުތިސާދު ބިނާވެފައި ވަނީ އަތޮޅުތަކާއި ރަށްތަކާއި ފަރުތަކާއި ކަނޑުތަކާއި ފަޅުތަކުގެ ގުދުރަތީ މުއްސަނދިކަމާއި އެތަންތަނުގެ ހިތްގައިމުކަމުގެ މައްޗަށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ދިވެހިންނަށް މޫސުމަށް އަންނަ ބަދަލުތަކަށް މާ ބޮޑު ހައްލެއް ހޯދައި ނުދެވިދާނެ. އެހެންނަމަވެސް މި ކަންކަމާ ގުޅިގެން އަންނަ ބަދަލުތަކަށް ހޭނުމާއ،ި ތައްޔާރުވެ ތިބުމަކީ އެންމެން އެކުގައި ކުރަ ންޖެހިފައި އޮތްކަމެއް،" ރައީސް ވިދާޅުވި އެވެ.

ރާއްޖެއަށް ދިމާވެފައިވާ ތިމާވެށީގެ އެންމެ ބޮޑު އެއް މައްސަލައަކީ ކުނީގެ މައްސަލަ ކަމަށާއި މެދުފަންތީގެ ޤައުމަކަށް ރާއްޖެ ބަދަލުވެ، ދިރިއުޅުމުގެ ފެންވަރު އެތައް ގުނައަކުން މައްޗަށް ޖެހުނުއިރ،ު ކުނި އުފެދޭ މިންވަރުވެސް އިންތިހާއަށް މައްޗަށް ގޮސްފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ރާއްޖެއަށް އެންމެ ބޮޑުވެފައި އޮތީ ޕްލާސްޓިކް ކުނީގެ މައްސަލަ އެވެ. ޕްލާސްޓިކް މަދުކުރަން ސަރުކާރުން ކަނޑައެޅި ސިޔާސަަތު ތަންފީޒުކުރަން ފެށި ފަހުން، ރާއްޖެއަށް އެތެރެކުރާ ޕްލާސްޓިކް ކޮތަޅު ކުރިއާ އަޅައި ބަލާއިރު 50 ޕަސެންޓް މަދުކުރެވިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

"މި ސިޔާސަތު ތަންފީޒުކުރަން ފެށިފަހުން އެއް އަހަރު ތެރޭގައި ރާއްޖެއަށް އެތެރެކުރި ޕްލާސްޓިކް ކޮތަޅުގެ ނިސްބަތް 50 އިންސައްތަ މަދުވެއްޖެ. ކުރިމަގުގައި ޕްލާސްޓިކްގެ އިތުރު އައިޓަމްތައް މަނާކުރުމަށް މިއަންނަނީ މަސައްކަތް ކުރަމުން. އަޅުގަނޑުގެ އަމާޒަކީ ރާއްޖެއަކީ ސިންގަލް ޔޫސް ޕްލާސްޓިކް އެއްގޮތަށް ވެސް ބޭނުން ނުކުރާ ގައުމަކަށް ހެދުން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ރާއްޖޭގެ ތިމާވެށްޓަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އެކަށީގެންވާ ގޮތެއްގައި ކުނި މެނޭޖް ނުކުރެވުމެވެ. އެކަމަށް ހައްލެއް ހޯދައިދިނުމަކީ ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒުކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ އަމާޒަކ،ީ ކޮންމެ ރަށެއްގައި އެ ރަށަކާ އެކަށީގެންވާ ސައިޒުގެ ޒަމާނީ ކުނިކޮށްޓެއް ގާއިމުކޮށ،ް އެ ތަންތަނަށް ބޭނުންވާ ވެހިކަލާއ،ި މެޝިނަރީއާއި އާލާތްތައް ފޯރުކޮށް ދިނުން،" ރައީސް ވިދާޅުވި އެވެ.

ރަށު ފެންވަރުގައި މެނޭޖްނުކުރެވޭ ކުނި މެނޭޖްކުރަން ރާއްޖޭގެ ތިން ސަރަހައްދެއްގައި ގާއިމުކުރާ ސަރަހައްދީ މަރުކަޒުތަކަށް ގެންގޮސްގެން ތަހްޒީބު މުޖުތަމައުތަކުގައި އެކަން ކުރާ އުސޫލުން ކުނި މެނޭޖްކުރުމަކީ ވެސް ރައީސް ވިދާޅުވި ގޮތުގައި ސަރުކާރުގެ އަމާޒެކެވެ.