Advertisement

މާލޭ ޖަލު ހުސްކުރުމަށް އާބަންކޯއިން ހިންމަފުށީ އާ ޖަލެއް އަޅައިފި

5 ޖޫން 2023 - 09:45 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ހިންމަފުށީގައި އާބަންކޯއިން އަލަށް އެޅި ޖަލު: މާލެ ޖަލުގައި މިހާރު ތިބި ގައިދީން އެ ޖަލަށް ބަދަލުކުރެވޭނެ - ފޮޓޯ: އާބަންކޯ


މާލޭ ޖަލު ހުސްކުރުމަށް އާބަންކޯއިން ހިންމަފުށީ އާ ޖަލެއް އަޅައިފި

5 ޖޫން 2023 - 09:45 0

މާލެ ޖަލު މިހާރު ހުރި އިމާރާތާ އިންވެގެން އޮތް ބިމުގައި ދަރުމަވަންތަ ސްކޫލްގެ އާ އިމާރާތް އަޅާ ކިޔަވައިދޭން ފެށުމަށް ތައްޔާރުވަމުންދާތީ އެ ޖަލު ހުސްކޮށް ގައިދީން ބަދަލުކުރުމަށް އާބަންކޯގެ ފަރާތުން ކ. ހިންމަފުށީގައި އާ ޖަލެއް އިމާރާތްކޮށްފި އެވެ.

އާބަންކޯއިން ބުނީ މީގެ ކުރިން ބޭނުންކޮށް، ވީރާނާވެފައިވާ ބާ އިމާރާތެއްގައި ގާއިމުކުރެވުނު މި ޖަލަކީ ރައީސް އޮފީހުގެ އެދުމުގެ މަތިން އިމާރާތް ކުރެވުނު ޖަލެއް ކަމަށެވެ. ހިންމަފުށީގައި އަލަށް އިމާރާތް ކޮށްފައިވަނީ ގާތްގަނޑަކަށް 16 ގައިދީން ބޭތިއްބޭ ވަރުގެ ހަތަރު ބްލޮކް ހިމެނޭނެ އެވެ. އަދި ގައިދީންނަށް ހާއްސަ 12 ފާހާނައިގެ ފާހާނާ ބަރިއެއް ވެސް އާބަންކޯއިން އެޅި ޖަލުގައި ހުންނާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

އެ ކުންފުނިން އިތުރަށް ބުނި ގޮތުގައި އެ ޖަލު އިމާރާތް ކުރުމަށް މައި އިމާރާތުގެ ސްޓަރްކްޗަރާއި ކަރަންޓުގެ މަސައްކަތާއި ރިނޮވޭޝަންއަށް ބޭނުންވާ ހުރިހާ ކަމެއް މިހާރު ވަނީ ނިންމާފައިވާނެ ކަމަށެވެ.

މައިގަނޑު ގޮތެއްގައި ހުޅުމާލެ ތަރައްގީކޮށް ހިންގުމުގެ މަސްއޫލިއްޔަތު އަދާކުރާ އާބަންކޯއިން ބުނި ގޮތުގައި ހިންމަފުށީ ޖަލުގެ މަޝްރޫއަކީ ބިޔޯންޑް ހުޅުމާލެ ޕްލޭންގެ ދަށުން ހިންގި މަޝްރޫއެކެވެ.

ބެލެވޭ ގޮތުގައި ސަރުކާރުން މަސައްކަތް ކުރަމުން ދަނީ އާ ދިރާސީ އަހަރުގެ ކިޔެވުން ފެށުމުގެ ކުރިން މާލޭ ޖަލު ހުސްކޮށް ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތުގައި ކިޔަވަން ފެށޭވަރަށް އިންތިޒާމުތައް ހަމަޖެއްސުމެވެ.