Advertisement

ހާއްސަ އޮފާތަކާއެކު އެލިއާއިން "ޔަމަހާ ފްރައިޑޭ" ބާއްވައިފި

3 ޖޫން 2023 - 20:22 0

އެލިއާއިން ބޭއްވި ޔަމަހާ ފްރައިޑޭ އިވެންޓުގެ ތެރެއިން -- ފޮޓޯ: އެލިއާ


ހާއްސަ އޮފާތަކާއެކު އެލިއާއިން "ޔަމަހާ ފްރައިޑޭ" ބާއްވައިފި

3 ޖޫން 2023 - 20:22 0

ދުވަސްތަކަށް ފަހު އަނެއްކާ ވެސް 'ޔަމަހާ ފްރައިޑޭ' ގެ ޖޫން އެޑިޝަން އެލިއާއިން ފަށައިފި އެވެ.

ޔަމަހާގެ ސޯލް ޑިސްޓްރިބިއުޓަރު, އެލިއާ އިން އިއްޔެ ކުރިއަށް ގެންދިޔަ މި އިވެންޓުގައި ހާއްސަ އޮފާތަކަކާއެކު ކުޑަކުދިންނަށް ހާއްސަ ކިޑްސް ޒޯނެއް ހަމަޖައްސާފައި އޮތެވެ. މި ހަރަކާތުގައި ޔަމަހާގެ ސައިކަލުތަކަށް ބޭނުންވާ ބައެއް ސާވިސްތައް ވަގުތުން ކޮށްދިނުމާއެކު ޔަމަހާގެ ސައިކަލުތަކުގެ އަޖުމަ ބަލާލަން ޓެސްޓަށް ދުއްވާލުމުގެ ފުރުސަތު ފަހިކޮށްދީފައިވެ އެވެ.

މި އިވެންޓުގައި ތަފާތު މޮޑެލްތަކުގެ ސައިކަލުތައް ދައްކާލިއިރު، އެއް ފަހަރާ ފައިސާ ދައްކާ ފަރާތްތަކަށް ހާއްސަ ޑިސްކައުންޓްތަކެއް އަދި އިންސްޓޯލްމަންޓަށް ސައިކަލު ގަންނަ ފަރާތްތަކަށް ޑައުންޕޭމަންޓުގެ ގޮތުގައި ދައްކަންޖެހޭ އަދަދު ކުޑަކޮށްދިނެވެ.

އެލިއާއިން ކުރިއަށްގެންދާ އިންސްޓޯލްމަންޓް ސްކީމަކީ އިސްލާމީ ޝަރީއާގެ ކޮންސެޕްޓެއް ކަމަށްވާ ބައިއުއްތަގްސީތުގެ ދަށުން، ދީނީ އިލްމުވެރިންގެ އިރުޝާދާއި އެއްގޮތަށް ކުރިއަށް ގެންދާ ސްކީމެކެވެ. މި ސްކީމުގެ ދަށުން ނަގާ ސައިކަލުތައް އެލިއާއިން ދޫކުރަނީ ކަސްޓަމަރުގެ ނަންމަތީގައި ރަޖިސްޓްރީ ކުރުމަށްފަހު ޕްރައިވެޓް ބޯޑުގަ އެވެ.

އެލިއާއިން ވިއްކާ ކޮންމެ ސައިކަލެއް ވެސް އޭގެ އަގުގެ ފުރަތަމަ ބައި ދެއްކުމުން ކަސްޓަމަރުގެ އަމިއްލަ ނަމުގައި ރަޖިސްޓަރީ ކުރެވޭނެ އެވެ. އަދި ތިން އަހަރަށް ވުރެ ދިގު ނުވާނެހެން އިންސްޓޯލްމަންޓުގެ މުއްދަތު ބަހާލެވޭނެ އެވެ.

އިއްޔެ ހަވީރު 4:00 އިން ރޭގަނޑު 10:00 އަށް ރުއްގަނޑު 1 ސަރަހައްދުގައި ބޭއްވި މި އިވެންޓުގައި ޔަމަހާގެ ސައިކަލުތައް ހިލޭ ސާވިސް ކޮށްލުމުގެ ފުރުސަތު އަދި އަޑީތެޔޮ ބަދަލުކުރުމާއި އެއްވެސް ހަރަދަކާއި ނުލާ ހިލޭ ސައިކަލު ޑައިގްނޯސް ކުރުމުގެ ފުރުސަތު ވެސް ފަހިކޮށްދީގައިވެ އެވެ.