Advertisement

ރާމޯސް ވެސް ޕީއެސްޖީ ދޫކޮށްލަން ނިންމައިފި

3 ޖޫން 2023 - 07:34 0


ރާމޯސް ވެސް ޕީއެސްޖީ ދޫކޮށްލަން ނިންމައިފި

3 ޖޫން 2023 - 07:34 0

ޕެރިސް (ޖޫން 3) - ކޮންޓްރެކްޓް ހަމަވުމުން މި ސީޒަނަށް ފަހު ޕީއެސްޖީ ދޫކޮށްލާނެކަން ސްޕެއިންގެ ޑިފެންޑަރު، ސާޖިއޯ ރާމޯސް ވެސް މީޑިއާގައި ހާމަކޮށްފި އެވެ.

އަންނަ ސީޒަނުގައި ލިއޮނަލް މެސީ ވެސް ޕީއެސްޖީން ނުފެންނާނެކަން އެ ޓީމުން ވަނީ ޔަގީންކޮށްދީފަ އެވެ. ރާމޯސް އާއި މެސީ ވެސް ޕީއެސްޖީ އަށް ބަދަލުވީ މީގެ ދެ އަހަރު ކުރިން، ހިލޭ ޓްރާންސްފާއެއްގަ އެވެ. މެސީ އާއި ރާމޯސް ޕީއެސްޖީ އަށް ކުޅެދޭ ފަހު މެޗަކީ ފްރެންޗް ލީގުގައި މިރޭ ޕީއެސްޖީން ކްލެމެންޓް ފޯޓްއާ ކުޅޭ މެޗެވެ. ރިޕޯޓްތައް ބުނާގޮތުން މެސީ އާއި ރާމޯސް ދެން ފެނުމުގެ ފުރުސަތު ބޮޑީ ސައުދީ އަރަބިއްޔާގެ ޕްރޮފެޝަނަލް (ޕްރޯ) ލީގުންނެވެ.

ރާމޯސް، 37، ޓްވިޓާގައި ބުނެފައިވަނީ މިއީ ހާއްސަ ދުވަހެއް ކަމަށާއި ޕީއެސްޖީ އަށް ކުޅޭ ފަހު މެޗު އަބަދު ވެސް ހަނދާނުގައި ހުންނާނެ ކަމަށެވެ.

ޕީއެސްޖީގެ ރައީސް ގަތަރުގެ މަހުޖަނު، ނާސިރު އަލް ހަލީފާ ވިދާޅުވީ ހުރިހާ ގޮތަކުން ބެލިޔަސް ޕީއެސްޖީ އަށް ކުޅުނު ހާއްސަ ކުޅުންތެރިއެއްގެ ގޮތުގައި ރާމޯސް ގިނަ ބަޔެއްގެ ހަނދާނުގައި ހުންނާނެ ކަމަށެވެ. އެ ގޮތުން، ރާމޯސް އަކީ ލީޑަޝިޕާއި ޕްރޮފެޝަނަލިޒަމް ހިފެހެއްޓުމުގައި ނަމޫނާ ކުޅުންތެރިއެއްގެ ގޮތުގައި ހެއްލާފީ ވަނީ ފާހަގަކުރައްވައިފަ އެވެ.

ރާމޯސް ވަނީ ޕީއެސްޖީ އަށް 57 މެޗު ކުޅެދީފަ އެވެ. އޭގެ ތެރެއިން 44 މެޗު ކުޅުނީ މި ސީޒަނުގަ އެވެ. މިދިޔަ އަހަރު އަނިޔާއާ ހެދި ރާމޯސް އަށް ޕީއެސްޖީގެ ގިނަ މެޗުތަކެއް ގެއްލުނެވެ. އޭނާ ވަނީ ޕީއެސްޖީއާ އެކު ދެ ލީގު ތަށި ހޯދައިފަ އެވެ.