2 ޖޫން 2023 - 21:52 0
މުހައްމަދު ޝަހްޒާން
ޑިމޮކްރެޓްސް ހަދަން ހުއްދަ ހޯއްދެވި ހަސަން ލަތީފް އަދި ޕީޕީއެމް ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އަހުމަދު ސަލީމް: މިއީ އެ ދެ ފިކުރު ސިޔާސީ މައިދާނުގައި އެކީގައި މަސައްކަތް ކުރާ ފުރަތަަމަ ފަހަރު -- ފޮޓޯ: ޕީޕީއެމް
2 ޖޫން 2023 - 21:52 0
ޕީޕީއެމުން އިސްވެ އޮވެ ބާއްވާ ޖަލްސާއެއްގައި ފުރަތަމަ ފަހަރަށް އެމްޑީޕީގެ ރައީސްގެ މަގާމުގައި މިވަގުތާ ހަމައަށް ވެސް ހުންނެވި ނަޝީދަށް ތާއީދު ކުރައްވާ މެމްބަރުން ބައިވެރިވެއްޖެ އެވެ.
ރާއްޖޭގެ ކަނޑުން ބައެއް ވިއްކާލާފައިވާ ކަމަށް ބުނެ އިދިކޮޅު ޕީޕީއެމް/ޕީއެންސީ އިސްވެ އޮވެ ކާނިވާ ސަރަހައްދުގައި މިރޭ ބާއްވަމުންދާ ޖަލްސާގައި އެމްޑީޕީން ވަކިވެ، އަމިއްލަ ޕާޓީއެއް އުފެއްދުމަށް މަސައްކަތް ކުރަމުންދާ އިސް މެންބަރުން ބައިވެރިވެލެއްވި އެވެ.
އޭގެތެ ރޭގައި ކުރީގެ އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް އާއި މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު، މުހައްމަދު ވަހީދާއި މެދު ހެންވޭރު ދާއިރާގެ މެމްބަރު، އަލީ އާޒިމް އާއި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު، ހަސަން ލަތީފް އާއި މާފަންނު މެދ ދާއިރާގެ މެމްބަރު، އިބްރާހިމް ރަޝީދު (ބޮންޑޭ) އާއި ވިލިފުށި ދާއިރާގެ މެމްބަރު، ހަސަން އަފީފް އާއި މާފަންނު އުތުރު ދާއިރާގެ މެމްބަރު، އިމްތިޔާޒް ފަހުމީގެ އިތުރުން ހުޅުދޫ ދާއިރާގެ މެމްބަރު، އިލްޔާސް ލަބީބު އަދި މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު، މުހައްމަދު ރަޝީދު (ބޯދިގު) ހިމެނެ އެވެ.
އެ ބޭފުޅުންގެ އިތުރުން ރައީސް ނަޝީދަށް ތާއީދުކުރައްވާ އިސް އެކްޓިވިސްޓުން ވެސް ބައިވެރިވި މިރޭގެ ޖަލްސާ ފަށާފައި ވަނީ ކޮރަޕްޝަންގެ ކުށެއް ސާބިތުވެ ޖަލުގައި އޮންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން، އެ މަނިކުފާނުގެ ވެރިކަމުގައި ދެއްވި ސްޕީޗަކުންނެވެ. އެ ޖަލްސާގައި ރައީސް ނަޝީދުގެ ސަޕޯޓަރުންގެ އިތުރުން މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރާނެކަން އިއުލާނުކޮށްފައިވާ ތިން ކެނޑިޑޭޓުން ވެސް ބައިވެރިވެލެއްވި އެވެ.
"އަދަދު" އަށް އެނގިފައިވާ ގޮތުގައި ރާއްޖެއާއި މޮރިޝަސްއާ ދެމެދު އޮންނަ ކަނޑުގެ ސަރަހައްދުން ފުށުއަރާ ބައިގެ އިން ކަނޑައެޅި ގޮތާ ގުޅުވައިގެން ސަރުކާރަށް ސީރިއަސް ތުހުމަތުތަކެއް ކޮށް މިރޭ ބާއްވާ ޖަލްސާގެ ހުރިހާ ހުއްދަތަކެއް ނަގާފައި ވަނީ ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް، މުހައްމަދު ތަލާލްގެ ނަމުގަ އެވެ.
ޕީޕީއެމް އިސްވެ އޮވެ މިރޭ ޖަލްސާއެއް ބާއްވަމުން ގެންދާއިރު، އެ ޖަލްސާގައި ބައިވެރި ނުވުމަށް ރާއްޖޭގެ ތިން ވަނައަށް އެންމެ ބޮޑު ސިޔާސީ ޕާޓީ، ޖުމްހޫރީ ޕާޓީން ވަނީ ނިންމައިފަ އެވެ.
ފޯޅަވައްސާއި ދިވެހިރާއްޖެއާ ދެމެދު އޮތް ކަނޑުގެ ފުށުއަރާ ސަރަހައްދު ބަހަން ޖެހުނީ ފޯޅަވަހީގެ ސިޔާދަތީ ބާރު މޮރިޝަސް އަށް އޮތް ކަމަށް ކަނޑައެޅުމުން އެ ގައުމުން ދާދި ފަހުން ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.
އެ މައްސަލައިގައި އިދިކޮޅުން ބުނަނީ ކަނޑު ބެހި ގޮތުން ދިވެހިންނަށް ކަނޑުން ހައްގުވާ ބައެއް ގެއްލިއްޖެ ކަމަށެވެ. ގާނޫނުތައް ބުނާ ގޮތުން ދެ ގައުމެއްގެ ސަރަހައްދު ފުށު އަރައިފި ނަމަ ދެން ޖެހޭނީ ކަނޑައެޅިފައި އޮންނަ އުސޫލަކުން ބަހާށެވެ. އިދިކޮޅުން ބުނަނީ ބެހިއިރު ސަރުކާރުން މަސައްކަތް ކުރީ ގައުމަށް ގެއްލުންވާނެ ގޮތަށް ކަމަށެވެ.
އެކަމަކު އެ މައްސަލައިގައި ސަރުކާރުން ބުނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު އިތުރަށް ބޮޑުވީ ކަމަށެވެ. ސަރުކާރުން ބުނަނީ ރާއްޖޭގެ ދެކުނުން ބޯޑަރު ކަނޑަނާޅައި އޮތުމުން ހަގީގަތުގައި ރާއްޖެއަށް މީގެ ކުރިން ލިބެނީ އަދި ބޭނުން ކުރެވުނީ ވެސް ކުޑަ ތަންކޮޅެކެވެ. ނަމަވެސް ކޯޓުގެ ނިންމުމާއެކު ލިޔެވި، ކަނޑައެޅިފައިވާ ޗާޓަކުން ރާއްޖެއަށް ކަނޑުން ބައެއް މިލްކުވީ ކަމަށް ސަރުކާރުން ދެކެ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment