Advertisement

ޗެޓް ބޮޓަކާއެކު އެމްއައިބީގެ އާވެބްސައިޓް ވަރަށް ހިތްގައިމު

31 މޭ 2023 - 20:00 0

މީހަކު އެމްއައިބީގެ އާ ވެބްސައިޓު ބޭނުން ކުރަނީ. -- ފޮޓޯ: އެމްއައިބީ


ޗެޓް ބޮޓަކާއެކު އެމްއައިބީގެ އާވެބްސައިޓް ވަރަށް ހިތްގައިމު

31 މޭ 2023 - 20:00 0

ޗެޓް ބޮޓެއް ހިމަނައިގެން މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ)ގެ އާ ވެބްސައިޓް މިރޭ ތައާރަފުކޮށްފި އެވެ.

ބަލައިލަން ރީތި އަދި ބޭނުން ކޮށްލަން ފަސޭހަ މި ވެބްސައިޓް ކަސްޓަމަރުންނަށް ދޫކޮށްފައި ވާއިރު، މި ވެބްސައިޓުގައި އެންމެ ޒަމާނީ ސިފަތައް ހިމެނެ އެވެ.

ބޭނުން ކޮށްލަން ފަސޭހަ

އާ ވެބަސައިޓްގެ ހޯމް ޕޭޖުން ފަހުގެ ޕްރޮމޯޝަންތަކާއި ބޭންކުގެ އާ ޕްރޮޓަކްޓްތަކުގެ މައުލޫމާތު ލިބޭއިރު، އެންމެ ބާއިން އެހެނިހެން ހިދުމަތްތަކާއި އެ ހިދުމަތްތަކުގެ މައުލޫމާތު ހޯދަން ފަސޭހަ އެވެ. އެފަދަ މައުލޫމާތެއް ހޯދަން ގިނަ ވަގުތު ހޭދަ ކުރާކަށް ނުޖެހެ އެވެ.


ޗެޓް ބޮޓް

މިއީ ވަރަށް ހިތްގައިމު ފީޗާ އެކެވެ. ވެބްސައިޓަށް ވަދެ ކަނާތް ފަރާތުގެ ތިރީ ކަނަށް ބަލައިލާށެވެ. ފެހި ކުލައިގައި ފެންނާނީ އެމްއައިބީގެ ޗެޓް ބޮޓެވެ.

ޗެޓްބޮޓު ހުޅުވާލުމާއެކު ހިދުމަތްތަކާ ގުޅޭ ސުވާލާއި ޖަވާބު ކިޔާލެވެން ހުންނައިރު، ބޭނުންވާ ފަރާތްތަކަށް ފަސޭހަ ކަމާއެކު ކަސްޓަމާ ކެއާ އެޖެންޓަކާއި ޗެޓުކޮށްލެވެ އެވެ. ނުވަތަ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޗެޓް ބޮޓަކާވެސް ޗެޓް ކޮށްލެވިދާނެ އެވެ.

މި ހިދުމަތަކީ 24 ގަޑިއިރުގެ ހިދުމަތެކެވެ. އެހެންކަމުން ފޯނުން ގުޅައިގެން ކިޔޫގައި މަޑުނުކޮށް ވަގުތުން ހިދުމަތް ހޯދޭނެ އެވެ. ބޭންކަށް ގުޅުމުގެ އެއްވެސް ބޭނުމެއް މިހާރު ނެތެވެ.

އާ ވެބްސައިޓުން ފަސޭހަކަމާއިއެކު އިންޓަނެޓް ބޭންކިން އަށް ލޮގިން ވެވޭއިރު, އެޕްލައިނައު ޕޯޓަލަށް ލޮގިން ވެވެ އެވެ. އެޕްލައިނައު ޕޯޓަލް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

މިރޭ ތައާރަފުކުރި ވެބްސައިޓަކީ އެމްއައިބީގެ ކަސްޓަމަރުންގެ ހިޔާލުތަކާއި ކަންބޮޑުވުންތަކަށް ހައްލު ގެނެސްދޭނެ ޒަމާނީ ވެބްސައިޓެކެވެ. އެމްއައިބީއަކީ ދިވެހިންގެ މެދުގައި މަގްބޫލު ބޭންކެކެވެ. އެ ބޭންކުގެ ބްރާންޗްތައް ރާއްޖޭގެ ހުރިހާ ސިޓީއެއްގައި ވެސް ހުރެ އެވެ.