30 މޭ 2023 - 11:36 0
އަހުމަދު ސައީދު
އަލް ދާއިން ބޯޓްސް އާއި ހޮޓެލްސް އެންޑް ރިސޯޓްސް އިންވެސްޓްމަންޓް އިން އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތު -- އަދަދު ފޮޓޯ / އަބްދުﷲ އިޔާން
30 މޭ 2023 - 11:36 0
ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު އަލީ ޖަނާހުގެ ހޮޓެލްސް އެންޑް ރިސޯޓްސް އިންވެސްޓްމަންޓް (އެޗްއާރުއައި) އިން ބަހުރެއިން ގެ އެންމެ ބޮޑު ބޯޓް ބިލްޑިން ކުންފުނި އަލް ދާއިން ބޯޓްސްއާއެކު، ރާއްޖޭގައި ވިޔަފާރި ފެށުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
ހޮޓެލް ޖެންގައި ރޭގައި ބޭއްވި ބޮޑު ރަސްމިއްޔާތެއްގައި އެޗްއާރުއައިގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ވައިސް ޗެއާ އަދި މެނޭޖިން ޑިރެކްޓަރު ނޫރެއިން ޖަނާހެވެ. އަލް ދާއިންގެ ފަރާތުން ސޮއި ކުރެއްވީ ސޭލްސް ޑިރެކްޓަރު ސަހްބީ ނަގާތީ އެވެ.
ބޯޓު ބަނުމުގެ ވިޔަފާރީގައި 30 އަހަރުގެ ތަޖުރިބާ ހުރި، އަލް ދާއިން ގެ ސަހްބީ ވިދާޅުވީ ރާއްޖޭގެ ބޯޓް ބިލްޑިން އިންޑަސްޓްރީ އަކީ އެ ކުންފުނީގެ ޝައުގުވެރިކަން އޮތް މާކެޓެއް ކަމަށާއި އެޗްއާރުއައި އަކީ އެކަމުގައި އެކުގައި ކުރިއަށްދާން އެންމެ ރަނގަޅު ބައިވެރިޔާ ކަމަށެވެ.
ޖަނާހު ވިދާޅުވު ގޮތުގައި އަލް ދާއިން އާއެކު ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި ރާއްޖޭގައި ބޯޓް ބިލްޑިން ފެކްޓަރީއެއް ގާއިމު ކުރުމަށް ވަނީ ޕްލޭން ކުރެވިފަ އެވެ. އަދި ކަމަށާއި އެއްބަސްވުމުގައި ވާގޮތުން ހިންގުމުގެ ދެ ވަނަ އަހަރު ނިމުމުގެ ކުރިން ފުރިހަމައަށް ފަންކްޝަން ކުރާ ފެކްޓަރީއެއް ހުންނާނެ ކަމަށް ޖަނާހު ވިދާޅުވި އެވެ.
ރާއްޖޭގެ ޓޫރިޒަމް ފުލާވަމުން އަންނައިރު، ބޮޑެތި ބޯޓުތައް ބަނުމުގެ ބޭނުންތެރިކަން އެބައޮތް ކަމަށާއި އަލް ދާއިން އެކަމުގައި މުހިންމު ދައުރެއް އަދާކުރާނެ ކަމަށް ވެސް ޖަނާހު ވިދާޅުވި އެވެ.
ރާއްޖޭގެ ބޯޓް ބިލްޑިންގް އިންޑަސްޓްރީގެ ވަރަށް ގިނަ ފަރާތްތަކުން ރޭގެ މި ރަސްމިއްޔާތުގައި ބައިވެރިވި އެވެ. ޖަނާހު ގެންދަ ވަނީ ތަފާތު ދާއިރާތަކުން ރާއްޖެ އަށް ބޮޑެތި އިންވެސްޓަރުން ގަނައުމަށް މަސައްކަތް ކުރައްވަމުންނެވެ.
Comment