Advertisement

ޔޫކްރެއިނުން އިރާނަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފި

ޔޫކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ އިރާނުގެ ޑްރޯނެއް ކައިރީ މަޑުކޮށްގެން. -- ފޮޓޯ: އަހްރަމް


ޔޫކްރެއިނުން އިރާނަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފި

ކިޔެވް، ޔޫކްރެއިން (މޭ 29) - ރަޝިއާއަށް ހަތިޔާރު ފޯރުކޮށްދޭ ކަމަށް ޔޫކްރެއިނުން ތުހުމަތު ކުރާ އިރާނާ ދެކޮޅަށް ދަަތިކުރުމުގެ ފިޔަވަޅުތަކެއް އަޅަން ޔޫކްރެއިންގެ ޕާލަމެންޓުން ފާސްކޮށްފި އެވެ.

ފިޔަވަޅުތަކުގެ ޕެކޭޖެއް ފާސްކުރިއިރު، އާދީއްތަ ދުވަހު ރަޝިއާއިން ކިޔެވްއަށް ދިން ބޮޑު ޑްރޯން ހަމަލާގައި އިރާނުގެ ޝަހީދް ޑްރޯންތައް ބޭނުންކުރި ކަމަށް ޔޫކްރެއިނުން ބުންޏެވެ.

ފާސްކުރި ޕެކޭޖުގައި ހިމެނެނީ އަސްކަރީ އަދި "ޑުއަލް-ޔޫޒް" މުދާ މަނާކުރުމާއި އިރާނުގައި އުޅޭ މީހުންނަށް ފަސޭހަވާ ގޮތަށް ހުރި އިގުތިސާދީ އަދި މާލީ ކަންކަން އުވާލުމެވެ.

ޕާލަމެންޓުގެ ނިންމުން ތަންފީޒު ކުރަން ފަށާނީ ރައީސް ވޮލޮޑިމިރް ޒެލެންސްކީ ސޮއިކުރެއްވުމުންނެވެ. މިދިޔަ ހަފުތާގައި ވެސް ޒެލެންސްކީ ވަނީ އިރާނާ މެދު ހިތްހަމަނުޖެހުން ފާޅުކުރައްވައިފަ އެވެ.

"ރަޝިއާގެ ޓެރަރިޒަމްގެ ބައިވެރިންނަށް ވާން ބޭނުންވަނީ ކީއްވެތޯ" ޒެލެންސްކީ ސުވާލުކުރެއްވި އެވެ. އެކަމަކު އިރާނުން ޔޫކްރެއިންގެ ތުހުމަތުތައް ދޮގުކުރެ އެވެ.

ޑްރޯން ފޯރުކޮށްދޭ ކަމަށް ކުރާ ތުހުމަތަކީ ހުޅަނގުގެ އަސްކަރީ އަދި މާލީ އެހީ ހޯދަން ޒެލެންސްކީ ދައްކަވާ ދޮގު ވާހަކައެއް ކަމަށް އިރާނުން ބުންޏެވެ.