Advertisement

ފެމިލީ ކޯޓުގެ ގާޒީކަމުގެ މަގާމަށް ގިނަ ބަޔަކު ކުރިމަތިލި ފަހުން އިއުލާން ބާތިލުކޮށްފި

28 މޭ 2023 - 19:09 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ފެމިލީ ކޯޓު: އެ ކޯޓުގެ ގާޒީގެ މަގާމަށް 25 ފަރާތަކުން ކުރިމަތި ލި - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު


ފެމިލީ ކޯޓުގެ ގާޒީކަމުގެ މަގާމަށް ގިނަ ބަޔަކު ކުރިމަތިލި ފަހުން އިއުލާން ބާތިލުކޮށްފި

28 މޭ 2023 - 19:09 0

ފެމިލީ ކޯޓުގެ ގާޒީކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމުން އެ މަގާމަށް ގިނަ ބަޔަކު ކުރިމަތިލާފައި ވަނިކޮށް އިއުލާން ބާތިލުކޮށްފި އެވެ.

މި މަހުގެ ނުވަ ވަނަ ދުވަހަށް މުއްދަތު ހަމަވާ ގޮތަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ކުރި އިއުލާނާ ގުޅިގެން ޖުމްލަ 25 ފަރާތަކުން ފެމިލީ ކޯޓުގެ ގާޒީކަމަށް ކުރިމަތިލި ކަމަށް އެ ކޮމިޝަނުން ހާމަކުރުން ފިޔަވައި އިތުރު ތަފުސީލެއް ދީފައެއް ނުވެ އެވެ.

އެއަށް ފަހު މިއަދު އެ ކޮމިޝަނުން ކުރި އިއުލާނެއްގައި ބުނެފައިވަނީ ފެމިލީ ކޯޓުގެ ގާޒީ ކަމަށް ކުރިމަތިލުމަށް ކުރި އިއުލާން ބާތިލުކޮށްފައިވާ ކަމަށެވެ. އެއާއެކު އެ މަގާމަށް ކުރިމަތިލީ ފަރާތްތަކުގެ ފޯމުވެސް ބާތިލުވެފައިވާ ކަމަށް އެ އިއުލާނުގައި ވަނީ ބުނެފަ އެވެ.

އިއުލާން ބާތިލުކުރި ސަބަބެއް ޖޭއެސްސީން ހާމަކޮށްފައެއް ނުވެ އެވެ.