28 މޭ 2023 - 06:53 0
މިނިވަން މެންބަރެއްގެ ގޮތުގައި ހުންނެވި ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުލް މުހުސިން ހަމީދު (ޖޭފޯ) އެމްޑީޕީއަށް ސޮއިކުރައްވައި، މެމްބަޝިޕް ފޯމް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ ހަވާލުކޮށް ދެއްވަނީ. -- ފޮޓޯ: ރައީސް އޮފީސް
28 މޭ 2023 - 06:53 0
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ފ. އަތޮޅަށް ފެއްޓެވި ދަތުރުފުޅުގައި، ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުލް މުހުސިން ހަމީދު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީއަށް ސޮއި ކުރައްވައިފި އެވެ.
އެމްޑީޕީއަށް ސޮއި ކުރެއްވުމުގެ ކުރިން އޭނާ ވަނީ މި ސަރުކާރަށް ތައުރީފު ކުރައްވައި ވާހަކަ ދައްކަވައިފަ އެވެ.
"ރާއްޖޭގެ ދެ ވަނަ އަށް އެންމެ އާބާދީ ކުޑަ ރަށަށް މި ސަރުކާރުގެ ސިޔާސަތުގެ ތެރެއިން އެއްވެސް ރަށެއް ބާކީ ނުކުރުމުގެ ސިޔާސަތުގެ ދަށުން ނިލަންދެ އަތޮޅަށް ދެއްވާ އަހައްމިއްޔަތަށް ހަމަ ޝުކުރިއްޔާ،" ނިލަންދޫގައި ހުންނަވާ މުހުސިން ވިދާޅުވި އެވެ.
މުހުސިން އެމްޑީޕީއާ ގުޅިވަޑައިގަތުމުން ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި އެމްޑީޕީގެ މެމްބަރުންގެ އަދަދު 55 އަށް އުފުލުނީ އެވެ. އެމްޑީޕީގެ ސުޕަ މެޖޯރިޓީ ރައްޔިތުންގެ މަޖިލީހުގައި އޮއްވައި އެ އަދަދު ވެއްޓުނީ 12 މެމްބަރަކު އެ ޕާޓީން ވަކިވުމުންނެވެ.
ވަކިވި މެމްބަރުން މިހާރު މަސައްކަތް ކުރަނީ ދި ޑިމޮކްރެޓްސްގެ ނަމުގައި އާ ޕާޓީއެއް އުފެއްދުމަށެވެ. އެ ސިޔާސީ ހަރަކާތް ލީޑު ކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސްގެ މަގާމުގައި ވެސް ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.
ފ. މަގޫދޫ އަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ވާހަކަ ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ،
ފުރަތަމަ އަޅުގަނޑުމެން އެއަރޕޯޓުގެ މަސައްކަތް ފަށައިގަތީ، 1200 މީޓަރުގެ ދިގުމިނުގެ އެއަރޕޯޓެއްގެ ގޮތުގައި. 1200 މީޓަރު. އެހެން ނަމަވެސް، މިއަދު 1200 މީޓަރު ދިގުމިނުގެ އެއަރޕޯޓެއް އެޅުމަށް އޭރު ނިންމީ. އެހެން ނަމަވެސް، މިއަދު މިވަނީ އެއަރޕޯޓް ބޮޑުކޮށް، 1800 މީޓަރުގެ އެއަރޕޯޓަކަށް ބަދަލުކުރަން އަޅުގަނޑުމެން ނިންމާފައި. ބޭނުމަކީ މި ސަރަޙައްދުގައި ހުރި ރިޒޯޓުތަކަށް، ވަރަށް ފެންވަރުމަތީ ރިޒޯޓުތަކެއް މިހިސާބުގައި އެބަހުރި. އެ ތަނަށް އަންނަ ޓޫރިސްޓުން އަންނަ ޕްރައިވެޓް ޖެޓް ޖެއްސޭވަރުގެ އެއަރޕޯޓަކަށް މި އެއަރޕޯޓް ބަދަލުކުރުން."
މަހިބަދޫ އެއާޕޯޓަށް އެފްއޭއިމް އިން، ބްރެޒިލްގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ޕެލޭގެ ނަން ވަނީ ދީފައި. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment