ޗައިނާގެ ޝެންޒެންގައި މި މަހު ކުރިއަށް ގެންދިޔަ ވާވޭ އެޕެކް ޕާޓްނާސް ކޮންފަރެންސްގައި މެކްސްކޮމްގެ މެނޭޖިން ޑިރެކްޓަރު ފަޒީލް އަދި ސީޓީއޯ ސިބާހު. -- ފޮޓޯ: މެކްސްކޮމް
ދުނިޔޭގެ ޓެކްނޮލޮޖީ ކުންފުނި ވާވޭގެ ޑޭޓާ ސެންޓަރު ޑިޕްލޮއިމަންޓް މުބާރާތުގެ އެއްވަނަ ރާއްޖޭގެ މެކްސްކޮމް ޓެކްނޮލޮޖީސް އިން ހޯދައިފި އެވެ.
ޗައިނާގެ ޝެންޒެންގައި މި މަހު ކުރިއަށް ގެންދިޔަ ވާވޭ އެޕެކް ޕާޓްނާސް ކޮންފަރެންސްގައި ކުރިއަށް ގެންދިޔަ އެ މުބާރާތުގައި މެކްސްކޮމްގެ ފަރާތުން ބައިވެރިވީ ޗީފް ޓެކްނޮލޮޖީ އޮފިސަރު އަހުމަދު ސިބާހެވެ.
އެ މުބާރާތުގައި އޮތީ ދެ އިމްތިހާނު ހެދުމާއި އަމަލީ މަސައްކަތް ކުރުމާ، އަދި ޕްރެޒެންޓޭޝަނެއް ހުށަހެޅުމެވެ.
މެކްސްކޮމް ޓެކްނޮލޮޖީސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލު ވިދާޅުވީ އޭސިއާ ޕެސެފިކް ސަރަހައްދުގެ އެކި ގައުމުތަކުން 600 އަށް ވުރެ ގިނަ ބައިވެރިންނާ ވާދަކޮށް މެކްސްކޮމްގެ ސީޓީއޯއަށް އެއްވަނަ ލިބުމަކީ ކުޑަ ޝަރަފެއް ނޫން ކަމަށެވެ.
މެކްސްކޮމްގެ ސީޓީއޯ ސިބާހު
އެ ކާމިޔާބީ ގުޅިފައި އޮތީ ކުންފުނީގެ މަސައްކަތުގެ އަހުލާގު މައްޗަށާއި މުވައްޒަފުންގެ ހުނަރަށް ކަމަށް ފަޒީލު ވިދާޅުވި އެވެ.
މިހާރު 18 އަހަރު ވެފައިވާ މެކްސްކޮމް ޓެކްނޮލޮޖީސް އަކީ ވާވޭ، ޑެލް އަދި އެހެނިހެން މުހިންމު އެތައް މަރުކާއެއްގެ ރާއްޖޭގެ ޕާޓުނަރެވެ.
މެކްސްކޮމްގެ ހިދުމަތްތައް ކޯޕަރޭޓް ކްލަޔަންޓުންގެ އިތުރުން އާންމު ފަރުދުންނަށް ވެސް ފޯރުކޮށްދެ އެވެ. އެ ކުންފުނިން ބޮޑެތި އައިޓީ ޕްރޮޖެކްޓްތައް ހިންގާއިރު، މާލޭގައި ދެ ފިހާރަ އެބަ ހުއްޓެވެ. އެއީ ސޯސަން މަގާއި ފަރީދީ މަގުގައި ހުންނަ ފިހާރަ އެވެ.
Comment