Advertisement

އުރީދޫ ހަދިޔާ ފޮށީގެ ބޮޑު އިނާމު ހަވާލުކޮށްފި

25 މޭ 2023 - 22:15 0

އުރީދޫން ރޯދަ މަހު ކުރިއަށް ގެންދިޔަ ހަދިޔާފޮށި ޕްރޮމޯޝަންގެ ބޮޑު އިނާމަށް ދޭ ސައިކަލް ނަސީބުވެރިޔާ އާ ހަވާލުކުރަނީ. -- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


އުރީދޫ ހަދިޔާ ފޮށީގެ ބޮޑު އިނާމު ހަވާލުކޮށްފި

25 މޭ 2023 - 22:15 0

އުރީދޫ މޯލްޑިވްސްއިން ރޯދަ މަހު ކުރިއަށް ގެންދިޔަ ހަދިޔާފޮށި ޕްރޮމޯޝަންގެ ބޮޑު އިނާމުގެ ގޮތުގައި ދޭ، ހޮންޑާ ސްކޫޕީ ސައިކަލުގެ ނަސީބުވެރި ފަރާތަށް އެ ސައިކަލް މިއަދު ހަވާލު ކޮށްފިއެވެ.

މާލޭގެ ބްރިޖް ވިއު ޕެލެޓްފޯމްގައި ބޭއްވި ހަފުލާގައި ސައިކަލް ހަވާލުކޮށް ދިނީ އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ހާލިދް އަލް ހަމާދީ އެވެ. އެ ރަސްމިއްޔާތު ކުރިއަށް ދިޔައިރު، ހަދިޔާ ފޮށީގެ ތީމާ އެއްގޮތަށް ސްޕިން ދަ ވީލް ގޭމު ކުރިއަށް ގެންދިޔަ އެވެ.

ސައިކަލްގެ ނަސީބުވެރިޔާއާއެކު އުރީދޫގެ ސީއީއޯ. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


"ހަދިޔާ ފޮށިން އަގުހުރި އިނާމުތައް ލިބިވަޑައިގެންނެވި ނަސީބުވެރި ފަރާތްތަކަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވަން. މިދެވުނު ހަދިޔާތަކަކީ ކަސްޓަމަރުންނަށް ކަމުދިޔަ ހަދިޔާތަކެއް ކަމަށް އެއްމީދުކުރަން. އަދި ކުރިއަށް އޮތް ތަނުގައިވެސް މިފަދަ މަޖާ އަދި އަގުހުރި ޕްރޮމޯޝަންތަކާއި އެކު ކަސްޓަމަރުންނަށް ފައިދާ ހުރި އެތައް ހިދުމަތެއް ފޯރުކޮށްދިނުމުގައި އަޅުގަނޑުމެން ދެމި ތިބޭނެ ކަމުގެ ޔަގީންކަން އަރުވަން." ޚާލިދު އަލް ހަމާދީ ވިދާޅުވި އެވެ.

"ހަދިޔާ ފޮށި" ގޭމަކީ ރޯދަ މަހު އުރީދޫ އެޕުން ކުރިއަށް ގެންދިޔަ ގެމިފައިޑް ޕްރޮމޯޝަނެކެވެ. މި ޕްރޮމޯޝަންގެ ދަށުން އުރީދޫ ޕްރީޕެއިޑް، ޕޯސްޓްޕެއިޑް އަދި ސުޕަނެޓްގެ ހުރިހާ ކަސްޓަމަރުންނަށް ރޯދަ މަހުގެ ކޮންމެ ދުވަހަކު އަގުހުރި ހަދިޔާތަކެއް ހޯދުމުގެ ފުރުސަތު ފަހިކޮށް ދިނެވެ.

ސައިކަލް ހަވާލުކުރުމުގެ ރަސްމިއްޔާތުގައި އުރީދޫގެ ސީއީއޯ ވާހަކަ ދައްކަވަނީ. -- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


އެ ޕްރޮމޯޝަންގައި އެއް ޓީބީއާ ހަމައަށް ހިލޭ ޑޭޓާ، ސްކޫޕީ ސައިކަލު، އައިޕޯން، ސޯފާ، ސްމާޓް ޓީވީ، ލެޕްޓޮޕް، ހޯމްޕޮޑް މިނީ، ބަދިގެއަށް ބޭނުންވާ ސާމާނު ފަދަ އަގުހުރި ހަދިޔާތައް ހިމެނެ އެވެ.

އުރީދޫ ކަސްޓަމަރުންގެ ތެރެއިން 75 ޕަސެންޓަށް ވުރެ ގިނަ ކަސްޓަމަރުން ގޭމުގައި ބައިވެރިވި ކަމަށް އެ ކުންފުނިން ބުންޏެވެ.