Advertisement

އަށް ގައުމެއްގައި ވޯޓު ފޮށި ބަހައްޓަނީ

25 މޭ 2023 - 19:00 0

ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި ބަހައްޓާފައިވާ ވޯޓު ފޮއްޓެއް. މި އަހަރު ރިޔާސީ އިންތިހާބުގައި ބަހައްޓަނީ ގާތްގަނޑަކަށް 600 ވޯޓު ފޮށި. -- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


އަށް ގައުމެއްގައި ވޯޓު ފޮށި ބަހައްޓަނީ

25 މޭ 2023 - 19:00 0

ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި އަށް ގައުމެއްގައި ވޯޓު ފޮށި ބަހައްޓަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.

އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ އިއްޔެ ބޭއްވި ކޮމިޝަންގެ ބައްދަލުވުމުގައި ރާއްޖޭން ބޭރުގެ ގައުމުތަކުގެ ތެރެއިން ވޯޓު ފޮށި ބަހައްޓަން ނިންމީ އިންޑިއާ، ސްރީލަންކާ، މެލޭޝިއާ، ސިންގަޕޫރު، އިނގިރޭސި ވިލާތް، ތައިލެންޑު، ޔޫއޭއީ، ޖަޕާނުގަ އެވެ.

ވޯޓު ފޮށި ބަހައްޓާއި ގައުމާއި ސިޓީތައް

  • އިންޑިއާ - ޓްރިވެންޑްރަމް، ދިއްލީ
  • ސްރީލަންކާ - ކޮލަމްބޯ
  • މެލޭޝިއާ - ކުއާލަލަމްޕޫރު
  • ސިންގަޕޫރު
  • ތައިލެންޑު - ބެންކޮކް
  • ޔޫއޭއީ - އަބޫދާބީ
  • ޖަޕާން - ޓޯކިޔޯ
  • އިނގިރޭސި ވިލާތް - ލަންޑަން

ހަބީބު ވިދާޅުވީ މި ސިޓީތަކުގައި ވޯޓު ފޮށި ބަހައްޓާނީ އެންމެ މަދުވެގެން 150 މީހުން ރަޖިސްޓްރީކޮށްފި ނަމަ އެވެ.

ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓު ފޮށްޓަކަށް ރަޖިސްޓްރީކުރާ މީހުންގެ އަދަދު މަދުކޮށް، ވޯޓު ފޮށި އިތުރު ކުރަން ވަނީ ނިންމައިފަ އެވެ.

ދެހާސް އަށާރަ ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި މުޅި ރާއްޖޭގައި ބަހައްޓާފައި ވަނީ 472 ވޯޓު ފޮއްޓެވެ. މިފަހަރުގެ ބަދަލާއެކު ވޯޓު ފޮށީގެ އަދަދު 600 އަށް އަރާނެ ކަމަށް އީސީން ވަނީ ބުނެފަ އެވެ.

ކުރިން ރިޔާސީ އިންތިހާބުތަކުގައި ވޯޓު ފޮއްޓަކަށް ރަޖިސްޓްރީ ކުރަނީ 1،000 މީހުނަށް ވުރެ ކަމަށް ވިޔަސް، މި ފަހަރު ފޮއްޓަކަށް ރަޖިސްޓްރީ ކުރާ އަދަދު 800 އަށް ދަށް ކުރާން ވަނީ ނިންމައިފަ އެވެ.