Advertisement

ކޮންމެ ދުވަހަކު ބީއެމްއެލްގެ އެޕް މެދުވެރިކޮށް 230,000 އަށްވުރެ ގިނަ މުއާމަލާތް

24 މޭ 2023 - 20:17 0

ބީއެމްއެލްގެ އެޕް މެދުވެރިކޮށް ސްކޭންޓުޕޭ ހިދުމަތް ކަސްޓަމަރަކު ހޯދަނީ --- ފޮޓޯ: ބީއެމްއެލް


ކޮންމެ ދުވަހަކު ބީއެމްއެލްގެ އެޕް މެދުވެރިކޮށް 230,000 އަށްވުރެ ގިނަ މުއާމަލާތް

24 މޭ 2023 - 20:17 0

ބޭންކް އޮފް މޯލްޑިވްސް އިން 2015 ވަނަ އަހަރު ޒަމާނީ މޯބައިލް އެޕްލިކޭޝަން އަކާއެކު އާންމު ފަރުދުންނަށް އިންޓަނެޓް ބޭންކިން ތައާރަފް ކުރުން ވެގެންދިޔައީ ދިވެހި ރާއްޖޭގައި ބޭންކިން ހިދުމަތް ބޭނުންކުރާ ގޮތަށް ބަދަލުގެނުވި ކަމަކަށެވެ. ބޭންކިން ހިދުމަތަކީ ކޮންމެ ރައްޔިތަކަށްވެސް، ފަސޭހަކަމާއި ރައްކާތެރިކަމާއެކު ބޭނުންކުރެވޭނެ ވަސީލަތަކަށް ހެދުމަށް ބީއެމްއެލް އިން އަންނަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އެގޮތުން މިއަދު، ބޭންކް އޮފް މޯލްޑިވްސްގެ އިންޓަނެޓް އަދި މޯބައިލް ބޭންކިން ހިދުމަތަކީ ގިނަ ބަދަލުތަކެއް ގެނެވި ދިވެހިންގެ ދިރިއުޅުމާއި ގުޅި ލާމެހިފައިވާ އެއާއި ނުލައި ދިރިއުޅުން ފަސޭހަ ނުވާނެ ހިދުމަތެކެވެ.

ބޭންކިން ހިދުމަތް ފުޅާކުރުމަށް މެދުކެނޑުމެއްނެތި ބީއެމްއެލް އިން ކުރަމުންދާ މަސައްކަތާއި ފަސޭހައިން ހިދުމަތް ލިބޭނެ މަގުފަހިވެފައި އޮތްކަމީ 2022 ވަނަ އަހަރު 25،000 އަށް ވުރެ ގިނަ ކަސްޓަމަރުން އަލަށް ބީއެމްއެލްއާ ގުޅުނު މުހިންމު އެއް ސަބަބުވެސްމެ އެވެ.

އިންޓަނެޓް ބޭންކިން ހިދުމަތް ބޭނުންކުރާ މިންވަރަށް ބަލާއިރު، މިދިޔަ އަހަރުތެރޭ އެވްރެޖްކޮށް ދުވާލަކު އިންޓަނެޓް އަދި މޮބައިލް ބޭންކިން މެދުވެރިކޮށް 232،000 އަށް ވުރެ ގިނަ މުއާމަލާތް ކޮށްފައިވެ އެވެ. ދުވާލެއްގެ މައްޗަށް ދެ މިލައަނަށް ވުރެ ގިނަ މޯބައިލް ބޭންކިންގ ލޮގިން ރިކޯޑް ކުރެވިފައިވާއިރު، ފާއިތުވި އަހަރު އިންޓަނެޓް ބޭންކިން މެދުވެރިކޮށް ވަނީ 85 މިލިއަނަށް ވުރެ ގިނަ މުއާމަލާތްކޮށްފަ އެވެ.

އޮންލައިން ބޭންކިން މަގުބޫލުވެފައިވީ ނަމަވެސް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ބަލާއިރު މިއަދު ބޭންކުގެ ހިދުމަތްތައް ފުޅާވެ، އޭޓީއެމްގެ ހިދުމަތަކީވެސް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ކަސްޓަމަރުން ބަރޯސާވާ މުހިންމު ހިދުމަތެކެވެ. މިދިޔަ އަހަރު ނިމުނުއިރު ރާއްޖޭގައި ގާއިމްކޮށްފައިވަނީ 182 އޭޓީއެމް އެވެ. މީގެ ތެރެއިން 141 އޭޓީއެމްއަކީ ބީއެމްއެލް އިން ގާއިމްކޮށްފައިވާ އޭޓީއެމް އެވެ. ފާއިތުވި އަހަރު ބީއެމްއެލްގެ ކަސްޓަމަރުން ވަނީ 14 މިލިއަނަށް ވުރެ ގިނަ މުއާމަލާތް އޭޓީއެމް މެދުވެރިކޮށް ކޮށްފަ އެވެ. މިއީ ދުވާލެއްގެ މައްޗަށް ބަލާއިރު 39،000 މުއާމަލާތެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 38 ބްރާންޗް، 87 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 143 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

އެޑިޓަރުގެ ނޯޓު


މިއީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ މޯބައިލް ބޭންކިންގެ ތަފާސްހިސާބުތައް ހިމަނައިގެން އެ ކުންފުނިން ތައްޔާރުކޮށްފައިވާ އެޑްވަޓޯރިއަލް އާޓިކަލެކެވެ.