Advertisement

ބްރެޒިލުން ކުކުޅު އެތެރެކުރުމުގެ ކުރިން އިންސްޕެކްޓުކުރާނެ؛ ހެލްތު މިނިސްޓްރީ

24 މޭ 2023 - 11:40 0

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ

ބްރެޒިލްގައި އަންނަނީ ދޫނި ރޯގާ ފެތުރެމުން؛ ހެލްތު މިނިސްޓްރީން ބުނީ ކުކުޅު އެތެރެކުރުމުގެ ކުރިން ރައްކާތެރިކަން ކަށަވަރު ކުރާނެ ކަމަށް --


ބްރެޒިލުން ކުކުޅު އެތެރެކުރުމުގެ ކުރިން އިންސްޕެކްޓުކުރާނެ؛ ހެލްތު މިނިސްޓްރީ

24 މޭ 2023 - 11:40 0

ބްރެޒިލުން ކުކުޅު އެތެރެކުރުމުގެ ކުރިން ރައްކާތެރިކަން ކަށަވަރުކުރާނެ ކަމަށް ހެލްތު މިނިސްޓްރީން މިއަދު ބުނެފި އެވެ.

ބްރެޒިލުގައި ދޫނި ރޯގާ ފެތުރޭތީ އެގައުމުގެ ދަނޑުވެރިކަމާ ބެހޭ މިނިސްޓްރީން ވަނީ 180 ދުވަހުގެ ކުއްލި ހާލަތެއް އިއުލާނުކޮށްފަ އެވެ. ބްރެޒިލަކީ ރާއްޖެއަށް އެންމެ ގިނައިން ކުކުޅު އިމްޕޯޓުކުރާ އެއް ގައުމެވެ.

ހެލްތު މިނިސްޓްރީގެ މީޑިއާ އޮފިޝަލު އާމިނަތު ޝަތުފާ ޝަފީއު "އަދަދު"އަށް ވިދާޅުވީ، ބްރެޒިލުން ކުކުޅު އެތެރެކުރުމުގެ ކުރިން އެތަކެތީގެ އެފަދަ ބައްޔެއް ހުރިތޯ ބަލައި، ރައްކާތެރިކަން ކަށަވަރު ކުރާނެ ކަމަށެވެ. މި ބަލި ފެތުރެމުން ދިޔަ ނަމަވެސް އަދި ބްރެޒިލުން ކުކުޅު އެތެރެކުރުން ހުއްޓާލުމަށް ނުނިންމާ ކަމަށް އޭނާ މައުލޫމާތު ދިނެވެ.

"ބްރެޒިލް ކުކުޅު އިމްޕޯޓުކުރުމުގެ ކުރިން އެތަކެތި އިންސްޕެކްޓު ކުރާނެ. އަދި އެގައުމުން ކުކުޅު އެތެރެކުރުން ހުއްޓާލުމަށް ނިންމާފައެއް ނުވޭ" ޝަތުފާ ވިދާޅުވި އެވެ.

މިދިޔަ އަހަރު ދުނިޔޭގެ މާކެޓަށް ނެރުނު ކުކުޅުގެ 35 ޕަސެންޓު އައީ ބްރެޒިލްއިންނެވެ. މިހާރު ފެތުރެމުންދާ ދޫނި ރޯގާގެ ކޭސްތައް އެންމެ ފުރަތަމަ ފެނުނީ 2021 ގައި ކެނެޑާއިންނެވެ.

އޭގެ ފަހުން އެމެރިކާ އާއި ދެކުނު އެމެރިކާ ބައްރުގެ ގައުމުތަކަށް ވަނީ ފޯރައިފަ އެވެ. ދޫނި ރޯގާއަށް ފަރުވާއެއް ނެތް އިރު، އާއްމު ގޮތެއްގައި އެ ބަލި ޖެހޭ ޖަނަވާރުތައް މަރުވެ އެވެ.

ދޫނި ރޯގާއިން އާއްމުކޮށް އިންސާނުންނަށް އަސަރު ނުކުރި ނަމަވެސް، ބައެއް ހާލަތްތަކުގައި އިންސާނުންނަށް އެ ވައިރަހުގެ އަސަރުކޮށްފައިވެ އެވެ.