Advertisement

މި މަހު ފުރަތަމަ ހަތަރު ދުވަހު ޑެންގީގެ 40 ކޭސް އަދި ޗިކުންގުންޔާގެ 58 ކޭސް

6 މޭ 2024 - 22:57 0

މާލޭ މަގުމަތި: މި މަހު ހަތަރު ދުވަހު ޗިކުންގުންޔާ އަދި ޑެންގޫގެ ގިނަ ކޭސްތަކެއް


މި މަހު ފުރަތަމަ ހަތަރު ދުވަހު ޑެންގީގެ 40 ކޭސް އަދި ޗިކުންގުންޔާގެ 58 ކޭސް

6 މޭ 2024 - 22:57 0

މި މެއި މަހުގެ ފުރަތަމަ ހަތަރު ދުވަހު އެކަނި ޑެންގީގެ 40 ކޭސް އަދި ޗިކުންގުންޔާގެ 58 ކޭސް ރިޕޯޓްކޮށްފައިވާ ކަމަށް އެޗްޕީއޭއިން ބުނެފި އެވެ.

އެޗްޕީއޭއިން އާންމު ކުރި ގޮތުގައި ޖެނުއަރީ މަހުން ފެށިގެން މި މަހުގެ ހަތަރުވަނަ ދުވަހާ ހަމައަށް ޑެންގީގެ 660 ކޭސް ފެނިފައިވެ އެވެ.

ޑެންގީ ފެތުރޭ ވަރު ދަނީ އިތުރު ވަމުންނެވެ. ޖެނުއަރީ މަހު 146 ކޭސް، ފެބްރުއަރީ މަހު 116 ކޭސް، މާޗު މަހު 119 ކޭސް، އަދި އޭޕްރީލް މަހު 239 ކޭސް ރިޕޯޓްކޮށްފައިވެ އެވެ.

ޗިކުންގުންޔާ ފެތުރެމުން އަންނަނީ މިދިޔަ އޭޕްރީލުން ފެށިގެންނެވެ. އެ މަހު 177 ކޭސް ފެނިފައިވާއިރު މި މަހުގެ ފުރަތަމަ ހަތަރު ދުވަހު ރިޕޯޓްކުރި 58 ކޭސްއާއެކު، ޖުމުލަ 235 ކޭސްއަށް އަރަ އެވެ.

ޗިކުންގުންޔާގެ އަލާމާތްތައް:

  • 39 ޑިގްރީ ސެލްސިއަސްއަށް ހުން ގަދަވުން
  • ބޮލުގަ އަދި ގައިގައި ގަދައަށް ރިއްސުން
  • ހުޅުހުޅުގައި ރިއްސުން
  • ބަނޑުގައި ރިއްސުމާއި މޭނުބައިކޮށް ހޮޑުލެވުން
  • ގައިގައި ރަތް ބިހިތަކެއް (ރޭޝް) ނެގުން

ޗިކުންގުންޔާ ޖެހުމުން އެންމެ ހާލު ބޮޑުވަނީ ބަނޑުގައިވާ ދަރިފުޅަށް މަންމަގެ ފަރާތުން ޖެހުމުންނާއި ތުއްތު ކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި ބޮޑެތި ބަލިތައް ތަހައްމަލު ކުރާ މީހުންނެވެ.

މި ބައްޔަށް ގޭގައި ފަރުވާ ދިނުމަށް ކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި ގިނަގިނައިން ދިޔާ އެއްޗެހި ބޭނުންކުރުމާއި އަރާމުކުރުން, ހަށިގަނޑަށް ފައިދާ ހުރި ކާނާ ބޭނުންކުރުން, އަދި ހުމާއި ގައިގައި ރިއްސުމުގެ އަލާމާތްތައްތަކަށް ޕެނަޑޯލް ނުވަތަ ޕެރަސެޓަމޯލް ފިޔަވައި އެހެން ބޭހެއް ބޭނުން ނުކުރުން ހިމެނެ އެވެ. އަދި ތިން ދުވަހާއި ހަތް ދުވަހަށްވުރެ ގިނަ ދުވަހުގެ ހުން އަންނަ ނަމަ ނުވަތަ ހުޅު ދުޅަވެ ރިއްސާނަމަ ސިއްހީ ފަރުވާ ހޯދުން މުހިންމެވެ.

ޗިކުންގުންޔާއިން ރައްކާތެރިވާނީ ކިހިނެއް؟

  • ޗިކުންފުންޔާއިން ރައްކާތެރިވެވޭނީ ބަލި ފަތުރާ އީޑީސް މަދިރި އާލާވާފަދަ ތަންތަނާއި ތަކެތި ނައްތާލުމާއި މަދިރިހެފުމުން ރައްކާތެރިވެގެންނެވެ.
  • މަދިރި ހެފުމުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތައް:
  • ވީހާވެސް ނިވާކަންބޮޑު ހެދުންލުން
  • މަދިރި ލޯޝަން ބޭނުން ކުރުން
  • ކުޑަދޮރު ފަދަ ތަންތާނގައި މަދިރި ދާ ޖެހުން
  • މަދިރި އެންމެ ގިނަވާ ވަގުތުތައް ކަމުގައިވާ ހެނދުނާއި ހަވީރު ގޭގައި ދޮރާއި ކުޑަދޮރުތައް ލައްޕާފައި ބެހެއްޓުން

ސާފު ފެން ހަރުވާ ކޮންމެ ތަނެއްގައި ނުވަތަ އެއްޗެއްގައި އީޑީސް މަދިރި ބިސްއަޅާ އާލާވެ އެވެ. ފެން ހަރުލާފައިވާ ތަނެއްގައި އީޑިސް މަދިރި ބިސް އަޅައިފި ނަމަ, އެ ތަނަކުން ނުވަތަ އެއްޗަކުން ފެން ހުސްކުރިއަސް މަދިރީގެ ބިސް ހަރުލާފައި ހުރެ އެވެ. އަދި އެ ބިސް, ހަ މަސް ދުވަހަށްވުރެ ގިނަ ދުވަހު ހުރެ އެވެ.

އެހެންކަމުން ގެއާއި ގޯތިތެރޭގައި ފެން ހަރުލާގޮތަށް ހުންނަ ތަންތަނާއި ތަކެތި މަދުވެގެން ހަފްތާއަކު އެއްފަހަރު ސާފުކުރުން މުހިންމެވެ.