Advertisement

ދާންދޫ ޕޮލިސް ސްޓޭޝަނުން ފިލި މީހާ ހަރުގެއެއްގެ ތެރެއިން ހައްޔަރުކޮށްފި

22 މޭ 2023 - 14:45 0

ނަޖާހު މަސްއޫދު

ނަޖާހު މަސްއޫދު

ދާންދޫ ޕޮލިސް ސްޓޭޝަނުގައި ބަންދުކޮށްފައި ހުއްޓައި ފިލި މީހާ ހައްޔަރުކޮށްގެން ގެންދަނީ -- ފޮޓޯ: މުހައްމަދު އާސިފް


ދާންދޫ ޕޮލިސް ސްޓޭޝަނުން ފިލި މީހާ ހަރުގެއެއްގެ ތެރެއިން ހައްޔަރުކޮށްފި

22 މޭ 2023 - 14:45 0

މަސްތުވާތަކެތީގެ މައްސަލައެއްގައި ގއ. ދާންދޫ ޕޮލިސް ސްޓޭޝަނުގައި ހައްޔަރުކޮށްފައި ހުއްޓާ ފިލި މީހާ އެ ރަށު އޮޑިހަރުގެއްގެ ތެރޭގައި ފިލައި އޮއްވާ ހައްޔަރުކޮށްފި އެވެ.

ޕޮލިސް ސްޓޭޝަނުގެ ތެރޭގައި ބަންދުކޮށްފައި ހުއްޓާ ރޭ ދަންވަރު 12:57 ހާއިރު، ފިލީ އެ ރަށު ހަސަން ސޯބިރު ނަމަކަށް ކިޔާ މީހެކެވެ. ރެއިން ފެށިގެން އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ދިޔައީ ކުރަމުންނެވެ.

އެނގިފައިވާ ގޮތުގައި މިއަދު މެންދުރު އޭނާ ހޯދަމުން ދަނިކޮށް ފެނިފައި ވަނީ ދާންދޫ އުތުރު ފަރާތުގެ ހިއްކި ބިމުގައި ހުރި ހަރުގެއެއްގެ ތެރޭގައި ފިލައި އޮއްވަ އެވެ. އޭނާ މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.

"އަދަދު" އަށް އެނގިފައިވާ ގޮތުގައި އޭނާ ފިލާފައި ވަނީ ޕޮލިސް ސްޓޭޝަނުގައި ހުރި ކުޑަ ދޮރެއްގެ ބިއްލޫރިގަނޑެއް ނައްޓާލައިގެންނެވެ.

މެއި، 5 ގައި އއ. ރަސްދޫ ޕޮލިސް ސްޓޭޝަނުގައި ބަންދުކޮށްފައި ހުރި މީހަކު ވެސް ފިލާފައިވެ އެވެ. އޭނާ ފިލީ ސްޓޭޝަނުގެ ފާރުމަތިން ފުންމާލައިގެންނެވެ.

އެ މީހާ ހޯދަމުން ދަނިކޮށް ފެނުނީ ޖެހިގެން އައި ދުވަހުގެ ރޭ 6:35 ހާއިރު ރަސްދޫ ކައިރީގައި އޮންނަ ރިސޯޓެއްގެ ފަޅު ތެރެއިންނެވެ.