Advertisement

އަމިއްލަ ކުންފުންޏަކުން ސުކޫކް ވިއްކައިގެން 20 މިލިއަން ރުފިޔާ ހޯދައިފި

22 މޭ 2023 - 14:11 0

މާލެ

އަހުމަދު ސައީދު

އަހުމަދު ސައީދު

މެޑްޓެކްއިން ސްކޫކް ވިއްކީ ހުޅުމާލޭގައި ހެލްތު އެންޑް ރިހެބިލިޓޭޝަން ސެންޓަރެއް ބިނާކޮށް ހިންގުމަށް-- ފޮޓޯ އަބްދުالله އިޔާން/އަދަދު


އަމިއްލަ ކުންފުންޏަކުން ސުކޫކް ވިއްކައިގެން 20 މިލިއަން ރުފިޔާ ހޯދައިފި

22 މޭ 2023 - 14:11 0

މާލެ

ރާއްޖޭގެ އަމިއްލަ ކުންފުންޏަކުން ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) ގެ ޕްރައިވެޓް ސެކިއުރިޓީސް ސެގްމެންޓް، ވިޔަނަ ޕޯޓަލް ގައި ސްކޫކް ވިއްކައިގެން މަސް ދުވަހުގެ ތެރޭގައި 20 މިލިއަން ރުފިޔާ ހޯދައިފި އެވެ.

ސިއްހީ ހިދުމަތަށް ޒަމާނީ ކުރިއެރުން ގެނައުމަށް، 2009 ވަނަ އަހަރު އުފެއްދި މެޑިޓެކް ގްރޫޕުން ވިނަވި ޕޯޓަލް މެދުވެރިކޮށް މިދިޔަ މަހުގެ 19 ގައި ސުކޫކް ވިއްކަން ހުޅުވާލީ 30 މިލިއަން ރުފިޔާ ހޯދުމަށެވެ. މިދިޔަ ބުރާސްފަތު ދުވަހު ސްކޫކް ވިއްކުން ހުއްޓާލިއިރު، 20 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. މި ސްކޫކް ގަނެފައިވަނީ ވިނަވި ޕޯޓަލްގައި ރަޖިސްޓްރީވެފައިވާ އިންވެސްޓަރުންނެވެ.

ސްކޫކް ވިއްކައިގެން ލިބޭ ފައިސާ މެޑްޓެކް އިން ހަރަދު ކުރާނީ ހުޅުމާލޭގައި ހެލްތު އެންޑް ރިހެބިލިޓޭޝަން ސެންޓަރެއް ބިނާކޮށް ހިންގުމަށެވެ.

މެޑްޓެކްގެ ސްކޫކް ވިއްކަން ހުޅުވާލުމުގެ ހުރިހާ ކަމަކާއި މާކެޓް ކުރުމުގެ ހުރިހާ ކަމެއް ކުރިއަށް ގެންދިޔައީ ފައިނޭސް ދާއިރާގައި ހަރަކާތްތެރިވާ ރާއްޖޭގެ ކުންފުންޏެއް ކަމަށްވާ ފަސްޓް ނެޝަނަލް ފައިނޭންސް ކޯޕްރޭޝަން އިން އެވެ. މި އަހަރުގެ ކުރީކޮޅު އެ ކުންފުނިން ވަނީ ޔޫރޯ މާކެޓިންގެ ބޮންޑު ވިއްކައިގެން 25 މިލިއަން ރުފިޔާ ހޯދައިދީފަ އެވެ. އެއީ ރާއްޖޭގައި އަމިއްލަ ކުންފުންޏަކުން ބޮންޑު ވިއްކި ފުރަތަމަ ފަހަރެވެ.

ސްކޫކަކީ އިސްލާމީ ޝަރީއާ އާ އެއްގޮތް ބޮންޑެވެ. ސްކޫކްގެ ފައިދާ ބިނާވާނީ ސްކޫކް ވިއްކައިގެން ލިބޭ ފައިސާ އިން ކުރާ އިންވެސްޓުމަންޓުގެ ފައިދާ އާ ގެއްލުމުގެ މައްޗަށެވެ. މެޑްޓެކްގެ ސްކޫކްގެ މުއްދަތަކީ ހަތް އަހަރު ދުވަހެވެ. އަހަރަކު ދެ ފަހަރު ފައިދާ ބަހާއިރު، އެ ސްކޫކުން ނުވަ ފަސެންޓުގެ ފައިދާ އެއް ލިބޭނެ ކަމަށް އަންދާޒާ ކުރެ އެވެ.

މެޑްޓެކްގެ ސްކޫކް ވިކުމާއި ގުޅިގެން ފަސްޓް ނެޝަނަލް އިން ނެރުނު ބަޔާނެއްގައި މިއީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށާއި ރާއްޖޭގެ އިސްލާމިކް ކެޕިޓަލް މާކެޓަށް ލިބުނު ކުރިއެރުމެއް ގޮތުގައި ފާހަގަ ކޮށްފައިވެ އެވެ.

ސީއެމްޑީއޭގެ ސީއީއޯ މުހައްމަދު ހުސެއިން މަނިކު ވިދާޅުވީ ޔޫރޯ މާކެޓިންގެ ބޮންޑާއި މެޑްޓެކްގެ ސުކޫކް ވިއްކައިގެން ހޯދިފައިވާ ކާމިޔާބީގެ ސަބަބުން އެހެން ފަރާތްތަކުން ވެސް ސްކޫކާއި ބޮންޑު ވިއްކުމަށް ޝައުގުވެރި ވާނެ ކަމަށެވެ. އަދި މިއީ ބޭންކުން ލޯނު ނެގުމަށްވުރެ ފައިސާ ހޯދަން ލުއި ގޮތެއްކަން އޭނާ ފާހަގަ ކުރެއްވި އެވެ.

ސްޓޮކް އެކްސްޗޭންޖުގެ ވިޔަނަ ޕޯޓަލްގައި އެމްޕީއެލްގެ 200 ރުފިޔާގެ ބޮންޑެއް ތެރެއިން 50 މިލިއަން ރުފިޔާ ހޯދުމަށް މިހާރު ވެސް ހުޅުވާލާފައިވެ އެވެ.