Advertisement

ބޯކޮށް ވާރޭވެހި ނައިފަރުގެ ބޮޑު ސަރަހައްދެއްގައި ފެންބޮޑުވެއްޖެ

22 މޭ 2023 - 11:15 0

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ

ނައިފަރުގެ މަގުތަކުންް ފެންްހިންދުމަށްް އެމްްއެންްޑީއެފް، މޯލްޑިވިއަން އަދި ފުލުހުންްނާއި ކައުންްސިލުން އަންނަނީ މަސައްކަތްކުރަމުން -- ފޮޓޯ: އެމްއެންޑީއެފް


ބޯކޮށް ވާރޭވެހި ނައިފަރުގެ ބޮޑު ސަރަހައްދެއްގައި ފެންބޮޑުވެއްޖެ

22 މޭ 2023 - 11:15 0

ވިއްސާރަވެ ބޯކޮށް ވާރޭވެހުމުގެ ސަބަބުން ޅ. ނައިފަރުގެ ބޮޑު ސަރަހައްދެެއްގައި ފެންބޮޑުވެއްޖެ އެވެ.

ނައިފަރު ކައުންސިލުގެ ރައީސް މުހައްމަދު ރަޝީދު އަހުމަދު "އަދަދު" އާ ވާހަކަ ދައްކަވަމުން ވިދާޅުވީ މިއަދު ފަތިހު ފަހެއް ޖެހިއިރުން ފަށައިގެން އެރަށަށް ބޯކޮށް ވާރޭވެހި ރަށުގެ ބޮޑު ސަރަހައްދެއްގައި ފެންބޮޑުވެފައިވާ ކަމަށެވެ.

"ރަށުގެ އުތުރުގެ ބޮޑު ބަޔަކާއި، ދެކުނުގެ ބައެއް އަދި ސްކޫލު ހުންނަ ސަރަހައްދުގައި ވަރަށް ބޮޑަށް ފެންްބޮޑުވެފަ ވަނީ. ބޮޑަށް މީހުން އުޅޭ ސަރަހައްދުގައި ފެންބޮޑުވީ، އެ ސަރަހައްދު އަޑިކޮށް އޮންނާނީ،" މުހައްމަދު ވިދާޅުވި އެވެ.

ފެންބޮޑުވެ ގެއަށް ފެން ވަދެގެން ރިޕޯޓުކުރީ އެއްްގެއިން ކަމަށާއި މިހާރު އެކަން ހައްލުވެފައިވާކަމަށް އޭނާ މައުލޫމާތު ދިނެވެ.

ފެން ހިންްދުމުގެ މަސައްކަތުގައި އެމްއެންޑީއެފް، މޯލްޑިވިއަން އަދި ފުލުހުންނާއި ކައުންްސިލަރުންގެ އިތުރުން ނައިފަރުގެ އާންމު ރައްޔިތުން ވެސް މަސައްކަތް ކުރަމުން އެބަ ދެއެވެ.

އެމްއެންޑީއެފްއިން ބުނީ ފެން ހިންދުމުގެ މަސައްކަތުގައި ނައިފަރުގައި ހުންނަ ބާ އިންޖީނުގޭ ކުރިމަތީގަ އާއި މައާލް ފިހާރަ ކުރިމަތީގައި ޕަންޕުތައް ބަހައްޓާފައިވާނެ ކަމަށެވެ.