Advertisement

އަނެއްކާވެސް ފުލުހުންގެ ހައްޔަރުގައި ހުރި މީހަކު ފިލައިފި، މިފަހަރު ދާންދޫއިން

22 މޭ 2023 - 09:37 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ގއ. ގާންދޫ އެ ރަށުގައި ފުލުހުންގެ ހައްޔަރުގައި ހުރި މީހަކު ފިލައިފި


އަނެއްކާވެސް ފުލުހުންގެ ހައްޔަރުގައި ހުރި މީހަކު ފިލައިފި، މިފަހަރު ދާންދޫއިން

22 މޭ 2023 - 09:37 0

މަސްތުވާތަކެތީގެ މައްސަލައެއްގައި ގއ. ދާންދޫ ޕޮލިސް ސްޓޭޝަނުގައި ހައްޔަރުކޮށްފައި ހުރި މީހަކު ފިލައިފި އެވެ.

ފުލުހުން މިއަދު ބުނި ގޮތުގައި އެ މީހާ ފިލާފައިވަނީ ރޭ ދަންވަރު 12:57 ހާއިރު ފިލާފައިވާ ކަމަށެވެ. އަދި އެ މީހާ ހޯދުމުގެ މިހާރު ފަށާފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ. ނަމަވެސް, އެ މީހާގެ ވަނަވަރު އަދި ހާމަކޮށްފައެއް ނުވެ އެވެ.

"އަދަދު" ނޫހަށް އެނގިފައިވާ ގޮތުގައި މިއީ މަސްތުވާތަކެތީގެ މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހެކެވެ. އޭނާ ފިލާފައި ވަނީ ޕޮލިސް ސްޓޭޝަނުގައި ހުރި ކުޑަ ދޮރެއްގެ ބިއްލޫރިގަނޑެއް ނައްޓާލައިގެން ކަން ވެސް ވަނީ އެނގިފަ އެވެ.

މިއީ މި ފަހުން ފުލުހުންގެ ބަންދުގައި ހުރި މީހަކު ފިލި ދެވަނަ ފަހަރެވެ. އެގޮތުން އއ. ރަސްދޫ ޕޮލިސް ސްޓޭޝަނުގައި ބަންދުކޮށްފައި ހުރި މީހަކު މެއި، 5 ގައި އެ ސްޓޭޝަނުގެ ފާރުމަތިން ފުންމާލައިގެން ފިލި އެވެ. އެ މީހާ ހޯދުމަށް ފުލުހުން ފުރަތަމަ ކުރި މަސައްކަތް ކާމިޔާބު ނުވުމުން ވަނަވަރުވެސް އާންމުކުރި އެވެ.

ވަނަވަރު އާންމުކުރުމަށްފަހު ފުލުހުން އޭނާ ހޯދީ ޖެހިގެން އައި ދުވަހުގެ ރޭ 6:35 ހާއިރު، ރަސްދޫ ކައިރި ފަޅުރަށެއްގެ ފަޅުތެރެއިންނެވެ. ގުދުރަތީ ގޮތުން އަތޮޅުގެ ބޭރުގައި ވަކި ފަޅެއްގައި އޮންނަ ރަސްދޫ ކައިރީގައި ދެން އޮންނަނީ ކުރަމަތި ރިސޯޓާއި ވެލިގަނޑު އައިލެންޑް ރިސޯޓެވެ.