Advertisement

ހޯރަފުށީ ސްކޫލަށް އުއްޗު 1.1 މިލިއަން ރުފިޔާ ދީފި

21 މޭ 2023 - 21:16 0

ހއ. ހޯރަފުށި އިންޓަނޭޝަނަލް ސްކޫލަށް ވިޔަފާވެރިޔާ އުއްޗުގެ ފަރާތުން 1.1 މިލިއަން ރުފިޔާ ހަދިޔާ ކޮށްދިނުމުގެ ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: ހޯރަފުށި ކައުންސިލް


ހޯރަފުށީ ސްކޫލަށް އުއްޗު 1.1 މިލިއަން ރުފިޔާ ދީފި

21 މޭ 2023 - 21:16 0

ހއ. ހޯރަފުށި އިންޓަނޭޝަނަލް ސްކޫލަށް ވިޔަފާރިވެރިޔާ މުހައްމަދު މޫސާ (އުއްޗު) ގާތްގަނޑަކަށް 1.17 މިލިއަން ރުފިޔާގެ އެހީއެއް ދީފި އެވެ.

ހޯރަފުށި ކައުންސިލުން ހިންގާ ޕްރީ ސްކޫލަށް އެހީ ހޯދުމަށް ބޭއްވި ރަސްމިއްޔާތުގައި އެހީ ހަވާލުކޮށްދެއްވީ އުއްޗުގެ ދަރިކަނބަލުން ސާރާ މުހައްމަދު މޫސާ އެވެ. އެހީއާ ހަވާލުވީ ހޯރަފުށި ކައުންސިލްގެ ރައީސް މުހައްމަދު ވަހީދާއި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމެވެ.

ފައިސާގެ އިތުރުން ޕްރީ ސްކޫލަށް ބޭނުންވާ ފަރުނީޗަރާއި އޮފީސް ސާމާނާއި ޕްލޭ ގްރައުންޑަށް ބޭނުންވާ ތަކެތި އުއްޗު ދީފައިވެ އެވެ. އެ ހުރިހާ އެހީގެ އަގު 1،171،558ރ. އަށް އަރާ ކަމަށް ހޯރަފުށި ކައުންސިލުން ބުންޏެވެ.

ޕްރީ ސްކޫލެއްގެ ގޮތުގައި މި އަހަރު އޮގަސްޓްގައި ދިރާސީ އާ އަހަރު ކިޔަވައިދޭން ފަށާ އެ ސްކޫލަށް ހިލޭ އެހީ ދިނުމަށް އެ ރަށު އާންމުންގެ ފަރާތުން އެދުނީ 2021 ވަނަ އަހަރު މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި އެ ރަށުގައި ބޭއްވި ޖަލްސާއަށް އެ ރަށަށް އުއްޗު ވަޑައިގެން އުޅުއްވަނިކޮށެވެ.