Advertisement

މެމްބަރު ޝަރީފާ ދެކޮޅަށް ނަޝީދު ކުރެއްވި އަބުރުގެ ދައުވާ އަނބުރާ ގެންދަވައިފި

18 މޭ 2023 - 09:57 0

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފު އެމްޑީޕީގެ ކޮންގްރެސްގައި ވާހަކަދަައްކަވަނީ. ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އޭނާއާ ދެކޮޅަށް ކުރެއްވި ދައުވާ ވަނީ އަނބުރާ ގެންދަވާފައި. އަދަދު/ފައިލްފޮޓޯ


މެމްބަރު ޝަރީފާ ދެކޮޅަށް ނަޝީދު ކުރެއްވި އަބުރުގެ ދައުވާ އަނބުރާ ގެންދަވައިފި

18 މޭ 2023 - 09:57 0

ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހީމް ޝަރީފު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އަބުރާ ބެހުނު ކަމަށް ތުހުމަތު ކުރައްވައި، އެކަމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ނަގައިދޭން އެދިވަޑައިގެން ސިވިލް ކޯޓަށް ނަޝީދު ހުށަހެޅުއްވި މައްސަލަ އަނބުރާ ގެންދަވައިފި އެވެ.

ސިވިލް ކޯޓުން އެ މައްސަލަ ނިންމައި އާއްމުކުރި ލިއުމުގައިވާ ގޮތުން ނަޝީދު އެ މައްސަލަ އަނބުރާ ގެންދެވި އިރު ސަބަބެއް ކަމަށް ވިދާޅުވެފައި އޮތީ އެ މައްސަލަ ކުރިއަށް ގެންދަވަން މިހާރު އެދިވަޑައިނުގެންނެވުމެވެ.

ޝަރީފާ ދެކޮޅަށް ނަޝީދު ދައުވާ ކުރެއްވީ އެމަނިކުފާނު ގަތުލުއާއްމެއް ހިންގަން އުޅުނު ކަމަށް ތުހުަމަތުކޮށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ޝަރީފު ކުރެއްވި ޓްވީޓަކާ ގުޅިގެންނެވެ.

ނަޝީދުގެ ވަކީލުން އޭރު ވިދާޅުވެފައިވާ ގޮތުގައި އެމަނިކުފާނުގެ ފަރާތްޕުޅުން ސިވިލްކޯޓަށް އޭރު މައްސަލަ ހުށަހެޅުއްވީ ޓްވީޓުގެ ސަބަބުން ނަޝީދަށް ލިބިވަޑައިގެންނެވި މައުނަވީ ގެއްލުމުގެ ބަދަލެއްގެ ގޮތުގައި 10 މިލިއަން ރުފިޔާ ނަގައިދިނުމަށް އެދިވަޑައިގެންނެވެ.

އެ ދައުވާ އަނބުރާ ގެންދަވަން ނަޝީދު ކޯޓަށް ހުށަހެޅުއްވުމުން، އެކަމުގައި ޝަރީފުގެ އިއުތިރާޒެއް އޮތްތޯ ކޯޓުން ބެލި އެވެ. އެކަމަށް އިއުތިރާޒްކޮށް، އެ ހުށަހެޅުން ބާތިލުކުރަން އެދި ހުށަހަޅަން ކޯޓުން ޝަރީފަށް 28 ދުވަހުގެ މުހުލަތެއް ދިނެވެ. އެހެން ނަމަވެސް, އޭނާ އެފަދަ ހުށަހެޅުމެއް އެ މުއްދަތުގައި ހުށަނާޅުއްވާތީ އެ މައްސަަލަ ނިމިއްޖެ ކަމަށް ކޯޓުން ކަނޑައެޅީ އިއްޔެ އެވެ.