Advertisement

އެމްޑީޕީން ފުރަތަމަ ވަކިކުރަން ޖެހޭނީ ރައީސް ސޯލިހު: ނަޝީދު

Advertisement

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އަދި ރައީސް މުހައްމަދު ނަޝީދު؛ އެމްޑީޕީން ފުރަތަމަ ވަކިކުރަން ޖެހޭނީ ރައީސް ސޯލިހު ކަމަށް ނަޝީދު ވިދާޅުވެއްޖެ - ފޮޓޯ: މަޖިލިސް


އެމްޑީޕީން ފުރަތަމަ ވަކިކުރަން ޖެހޭނީ ރައީސް ސޯލިހު: ނަޝީދު

Advertisement

Advertisement

އެމްޑީޕީގެ ކެންޑިޑޭޓުންނާ ދެކޮޅަށް މަސައްކަތްކޮށްގެން ޕާޓީން ވަކިކުރަން ޖެހޭ ނަމަ އެންމެ ފުރަތަމަ ވަކިކުރަން ޖެހޭ ބޭފުޅަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކަމަށް އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

"އަނެއްދިވެހިރާއްޖެ" އެކައުންޓުން ކުރެއްވި ޓްވީޓެއްގައި ނަޝީދު ވަނީ އެންމެ ފަހުން ބޭއްވި މަޖިލިސް އިންތިހާބުގައި ރައީސް އަންގަވައިގެން ޕާޓީގެ ބައެއް ކެންޑިޑޭޓުންނާ ދެކޮޅަށް ބައެއް މީހުން މަސައްކަތް ކުރެއްވި ކަމަށް ތުހުމަތު ކުރައްވައިފަ އެވެ.

Advertisement

"2019 ގައި ރައީސުލްޖުމްހޫރިއްޔާ އަންގަވައިގެން ދާއިރާ ރައީސުން ނުކުމެ އެމްޑީޕީ ކެންޑިޑޭޓުން ކަޓުވާލައި އެހެން ކެންޑިޑޭޓުން މަޖިލީހަށް ހޮވި މައްސަލަ ނުބަލައި ފިޔަވަޅު އަޅާ ކޮމިޓީން މިހާރު އެ ބަލާ މައްސަލަތައް ބެލުމަކީ އިންސާފުވެރި ކަމެއް ނޫން،" ނަޝީދު ލިޔުއްވާފައިވެ އެވެ. "ޕާޓީން ވަކިކުރަން ޖެހެނީ ރައީސް ސޯލިހު."

ބެލެވޭ ގޮތުގައި ނަޝީދު އިޝާރާތް ކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓާ ދެކޮޅަށް ވިލިނގިލި ދާއިރާގެ އިންތިހާބުގައި އޭރު އަމިއްލަ ގޮތުން ވާދަކުރެއްވި އަދި މިހާރު އެމްޑީޕީގައި ހުންނެވި ސައުދު ހުސައިނަށް އެ ޕާޓީގެ ބައެއް މީހުން ސަޕޯޓްކުރި ކަމަށް ދެކެވޭ ވާހަކައަށެވެ. އަދި ތިމަރަފުށި ދާއިރާގެ އިންތިހާބުގައި އެ ޕާޓީގެ ކެންޑިޑޭޓް މުހައްމަދު މުސްތަފާގެ ބަދަލުގައި ޖުމްހޫރީ ޕާޓީން ވާދަކުރެއްވި އަދި މިހާރު އެމްއެންޕީގައި ހުންނެވި އަބްދުﷲ ރިޔާޒަށް ތާއީދުކޮށް ކެމްޕޭންކުރި ކަމަށް ދެކެވޭ ވާހަކައަށެވެ.

Advertisement

މި އަހަރުގެ ޖެނުއަރީ މަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ނަޝީދު ބަލިވި ފަހުން މަސައްކަތް ކުރައްވަނީ "ފިކުރެއްގެ ދިރުން" ނަމުގައި ވަކި ފެކްޝަނެއް ޕާޓީ ތެރެއިން އުފައްދަވައިގެންނެވެ. އަދި ޕްރައިމަރީ ކާމިޔާބުކުރައްވައިގެން ރިޔާސީ ޓިކެޓު އަރުވާފައިވާ ރައީސް ސޯލިހަށް ތާއީދު ކުރުމުގެ ބަދަލުގައި އެމަނިކުފާނާ ދެކޮޅަށް އެ ފެކްޝަނުން ދަނީ މަސައްކަތް ކުރަމުންނެވެ.

ފޯޅަވައްސާއި އައްޑޫއާ ދެމެދު ފުށުއަރާ ކަނޑުގެ ސަރަހައްދުގެ އިން ވަކިކުރި މައްސަލާގައި، ކަނޑުގެ ޓްރަބިއުނަލް ކަމަށްވާ އިޓްލޮސްގައި ދިވެހި ސަރުކާރުން ގެންގުޅުނު ސްޓޭންޑާ ދެކޮޅަށް މަސައްކަތް ކުރުމަށް އުފައްދާފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ކޯލިޝަނުގައި އެމްޑީޕީގެ އެ ފެކްޝަން ބައިވެރިވެ އެވެ.

އެ ކޯލިޝަނުން މަޖިލީހަށް ހުށަހަޅާފައިވާ އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި "ފިކުރެއްގެ ދިރުން" ފެކްޝަންގެ ފަރާތުން މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ސޮއިކުރައްވާފައިވާތީ އޭނާ ޕާޓީން ވަކިވެފައިވާ ކަމަށް އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީން ވަނީ ނިންމައިފަ އެވެ.

އޭގެ އިތުރުން ވެސް ނަޝީދުގެ ފެކްޝަނަށް ތާއީދުކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނަށް ފިޔަވަޅު އެޅުމަށް ރައީސް ސޯލިހަށް ތާއީދުކުރާ ޕާޓީގެ މެމްބަރުން ވެސް ދަނީ ގޮވާލަމުންނެވެ. އެމްޑީޕީގެ 68 މެމްބަރުން މަޖިލީހުގައި ތިއްބަވާއިރު ވާދަވެރި ފެކްޝަނުގައި ނަޝީދު ހިމެނޭހެން ގާތްގަނޑަކަށް 15 މެމްބަރުން ތިއްބަވަ އެވެ.

Advertisement

0.00%

0.00%

0.00%

0.00%

މި ލިޔުން ކިޔާލުމުން


Advertisement

Advertisement

ހަނިމާދޫ ހަސަން

almost 2 years ago

ވަކި ކުރަން ޖެހޭ މީހުން އެ ދަނީ ވަކި ކުރަމުން.

ޒިފްލީ

almost 2 years ago

އިބޫ ތިޕާޓީގަ އާއްމު މީހެއްގެ ގޮތަށް ބަދަލުވާން އިނީ ބާކީ 4 މަސް. 10 އަހަރު ވެރިކަން ކުރަން ދޭވަރުގެ ވެރިއެއް ނޫންކަން އެންމެން ދަނޭ. ހަޖަމް ކޮމެންޓް

ލިމަން

almost 2 years ago

ގައުމަށް ގައްދާރުވީ މީހާ މިގައުމުން ބޭރުކުރަން އެމްއެންޑީއެފް ޕޮލިހުން މަސައްކަތް ކުރަންޖެހޭ. ބޮޑުބައި ލިބުނޭ ކިޔާ އޮޅުވާލި ނޫސްތަކަށް ހަޖަމް ވާނެބާ؟

ސައިޚް

almost 2 years ago

އަސްލުވެސް ނަޝީދު މިބުނީ ބޮޑު ތެދެއް، އިބޫ ވަކިނުކޮއް ދެން އެމް.ޑީ.ޕީ. އެމް.ޑީ.ޕީ. ގޮތުގަ ނުހިނގާނެ، ޕާރޓީ ފުނޑި އިތުރު ބޮޑު ކަންތައްގަނޑެއްހިނގާނެ، އިބޫ އަކީ ބޮލެއްނެތް ހައްދައިލައިގެން ގެންގުޅެވޭ މީހަކަސްވީމަ ވާނީ މިހެން، އިންތިޚާބުގެ ކުރިން އިބޫ ވެރިކަމުން ބޭލުންވެސް ވަރަށް މުހިންމު، ގައުމަށްވެސް، އެމް.ޑީ.ޕީ.އަށްވެސް ފައިދާބޮޑީ އެގޮތް،

ތެފައާސާ.

almost 2 years ago

ހިތުން މަންޑޭލާ. ކަމުން މުގާބޭ. ބަލަ މަނިކުފާނު ބޭނުންމީހަކު ބޭނުންއިރަކު ސައްޕެއްޖަހައި ޕާޓީން ބޭރުކޮށްލައިގެން އުޅުނު ޒަމާން މާޒީވެ ގޮސްފިއޭ.