Advertisement

މާލޭގެ ގެއެއްގައި އޮސްޓްރިޗެއް، އެތެރެކުރީ ހުއްދަ ލިބިގެން

16 މޭ 2023 - 09:26 3

އަހުމަދު އާއިދު

އަހުމަދު އާއިދު

މާލޭގައި ގެންގުޅޭ އޮސްޓްރިޗް: އެއީ ހުއްދަ ނަގައިގެން އެތެރެކޮށްފައިވާ ދޫންޏެއް - ފޮޓޯ: ސޯޝަލް މީޑިއާ


މާލޭގެ ގެއެއްގައި އޮސްޓްރިޗެއް، އެތެރެކުރީ ހުއްދަ ލިބިގެން

16 މޭ 2023 - 09:26 3

މާލޭގައި ގެންގުޅޭ އޮސްޓްރިޗް ނުވަތަ ގިނިކާ މާދޫންޏަކީ ފިޝަރީޒް މިނިސްޓްރީން އެ ދޫނީގެ ބިސް އެތެރެކުރުމަށް ދިން ހުއްދައެއްގެ ދަށުން އެތެރެކޮށް ބޮޑުކުރި ދޫންޏެއްކަން ހާމަވެއްޖެ އެވެ.

މާލޭގައި މި ދޫނި ގެންގުޅޭކަން އިނގުނީ ސޯޝަލް މީޑިއާގައި އާންމުވެފައިވާ ފޮޮޓޯއަކުންނެވެ. އެ ފޮޓޯއިން ފެންނަ ގޮތުން އެ ދޫނި މިހާރު ވަނީ ގާތްގަނޑަކަށް ފަސް ފޫޓަށް އިސްކޮޅު ދެމިލާފަ އެވެ. އަދި, އެ ގެންގުޅޭ ކަމަށް ބެލެވޭ މީހާވެސް އެ ފޮޓޯއިން ފެނެ އެވެ.

އޮސްޓްރިޗުގެ ބިސް އެތެރެކުރުމަށް ފިޝަރީޒް މިނިސްޓްރީން ދިން ހުއްދަ ވަނީ "އަދަދު" އަށް ލިބިފަ އެވެ.

މި ދޫނި އެތެރެކުރަން ދޫކޮށްފައިވާ ހުއްދަ


އެގޮތުން, ޖެނުއަރީ 2022 ގައި ދީފައިވާ އެ ހުއްދައިގެ ދަށުން 50 އޮސްޓްރިޗް ބިސް ރާއްޖެއަށް ވަނީ އެތެރެކޮށްފަ އެވެ. އިރާނުން އެތެރެކުރި މި ބިސްތަކަކީ 'ޑޮމެސްޓިކް އޮސްޓްރިޗް' ގެ ބިސްތަކެކެވެ. މި ވައްތަރުގެ ދޫނި ބިހުގެ ދިގު މިނުގައި ހަ އިންޗު ހުރެ އެވެ. އަދި, ބަރުދަނުގައި 1.3 ކިލޯ ހުންނާނެ އެވެ.

އެ ދޫނި ގެންގުޅޭ ފަރާތުން ނަން ނުޖެހުމަށް އެދި "އަދަދު" އަށް ބުނީ އެއީ ހުއްދަ ނަގައިގެން ރާއްޖެ އެތެރެކޮށް ބޮޑުކޮށްފައިވާ ދޫންޏެއް ކަމަށެވެ.

އީޕީއޭގެ ޑިރެކްޓަރ ޖެނެރަލް ނައީމް ވިދާޅުވީ މި މާހައުލުގައި ނޫޅޭ ޖަނަވާރު, ދޫނި ފަދަ ތަކެތި ގެނައުމަކީ ދިވެހި މާހައުލުގެ އެހެން ދިރުންތަކަށް ގެއްލުން ލިބޭނެ ކަމެއް ކަމަށާއި ހުއްދަ ނަގައިގެން ނަމަވެސް އެފަދަ ކަންކަން ކުރުމަކީ ރަނގަޅު ކަމެއް ނޫން ކަމަށެވެ.

އެހެން ނަމަވެސް, އެކަމާ ގުޅޭ ރިޕޯޓެއް ލިބިފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. މިކަމާ ގުޅިގެން ފިޝަރީޒް މިނިސްޓްރީގެ ބަހެއް ހޯދުމަށް ކުރި މަސައްކަތުން އަދި މިހާތަނަށް ރަސްމީ ބަހެއް ލިބިފައެއް ނުވެ އެވެ.