Advertisement

އައްސޭރި ޖަލަށް މަސްތުވާތަކެތި ވައްދަން އުޅުނު ޖަލު އޮފިސަރަކު ސަސްޕެންޑުކޮށްފި

12 މޭ 2023 - 18:23 0

ނިމާ ހަސަން

ނިމާ ހަސަން

ިހިންމަފުށީގައި ހުންނަ އައްސޭރި ޖަލު; އެތަނަށް މަސްތުވާތަކެތި ވައްދަން އުޅެނިކޮށް ވަނީ އަތުލައިގެންފައި -- ފައިލް ފޮޓޯ: ޕީއެސްއެމް


އައްސޭރި ޖަލަށް މަސްތުވާތަކެތި ވައްދަން އުޅުނު ޖަލު އޮފިސަރަކު ސަސްޕެންޑުކޮށްފި

12 މޭ 2023 - 18:23 0

ކ. ހިންމަފުށީގައި ހުންނަ އައްސޭރި ޖަލަށް މަސްތުވާތަކެތި ވައްދަން އުޅުނު ޖަލު އޮފިސަރަކު ސަސްޕެންޑުކޮށްފި އެވެ.

ޖަލަށް މަސްތުވާތަކެތި ވައްދަން އުޅެނިކޮށް އެ ތަކެއްޗާއެކު އޮފިސަރު އަތުލައިގަނެ, ވަނީ ހައްޔަރުކޮށްފަ އެވެ. އޭނާ ސަސްޕެންޑު ކުރިއިރު, އޭނާ ހުރީ ފުލުހުންގެ ހައްޔަރުގަ އެވެ.

ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު ފުޅު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ އޮފިސަރު އަތުލައިގަތީ, ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެން ފުލުހުންނާ ގުޅިގެން ކަރެކްޝަނުން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

އޭނާ ވިދާޅުވީ މިފަދަ ކަންކަމުގައި މަދުން ނަމަވެސް އޮފިސަރުންގެ ބައިވެރިން އޮތުމުން އިންތިހާއަށް ކަންބޮޑުވާ ކަމަށެވެ.

މިދިޔަ ނޮވެމްބަރު މަހު ވެސް ވަނީ އެފަދަ މައްސަލައެއްގައި އޮފިސަރަކު ހައްޔަރުކޮށް, ވަޒީފާއިން ސަސްޕެންޑުކޮށްފަ އެވެ. އޭރު އަތުލައިގަތީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގައި ފަސް އަހަރު އުޅެފައިވާ ލ. ކަލައިދޫ، ހިޝާމް އަލީ، 23، އެވެ.

އެ މައްސަލައާ ގުޅިގެން ކަރެކްޝަނުން ވަނީ, ޖަލަށް މަސްތުވާތަކެތި އެތެރެކުރާ އޮފިސަރުންނާ ދެކޮޅަށް އޮޕަރޭޝަންތަކެއް ހިންގަން ފަށާފަ އެވެ. އެ އޮޕަރޭޝަންތައް ހިންގަން ފެށީ, ޖަލަށް މަސްތުވާތަކެތި ވައްދާ ކަމަށް ޝައްކު ކުރެވޭ އޮފިސަރުން މޮނިޓާ ކުރުމަށްފަހު އެވެ.