Advertisement

ވިލާ ކުންފުނިން ތިލަފުށީގެ ދެ ބިމެއް 228 މިލިއަން ރުފިޔާއަށް ގަނެފި

11 މޭ 2023 - 19:32 0

ތިލަފުށީ މަގެއްގެ މަތިން ނަގާފައިވާ ފޮޓޯއެއް؛ ވިލާއިން އެ ރަށުން ދެ ބިން ގަތީ 228 މިލިއަން ރުފިޔާއަށް-- ފޮޓޯ: މިރާން ނާޝިމް/ އަދަދު


ވިލާ ކުންފުނިން ތިލަފުށީގެ ދެ ބިމެއް 228 މިލިއަން ރުފިޔާއަށް ގަނެފި

11 މޭ 2023 - 19:32 0

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމްގެ ވިލާ ކުންފުނިން ތިލަފުށީގެ ބޮޑު ދެ ބިމެއް ގަނެފި އެވެ.

އެ ކުންފުނިން ގަތް، 393،212 އަކަފޫޓު އަދި 156،693 އަކަފޫޓުގެ ދެ ބިމަށް ވާ 228 މިލިއަން ދިވެހި ރުފިޔާ ތިލަފުށީގެ އިހުތިސޯސް އޮންނަ ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަނަށް ދައްކާފައިވާތީ، ސިވިލް ކޯޓުން ވަނީ މިއަދު ދެ ބިމުގެ ރެޖިސްޓްރީ ވިލާއަށް ބަދަލުކޮށް ހުކުމް ކޮށްފަ އެވެ.

އެ ހުކުމުގައިވާ ގޮތުން ދެ ބިން ގަތުމަށް ދެ ކުންފުނީގެ މެދުގައި ސޮއިކޮށްފައިވަނީ މިިދިޔަ މާޗު މަހުގަ އެވެ.

ވިލާ ކުންފުނިން މިހާރު ވެސް އަންނަނީ ތިލަފުށީގެ ބައެއް ބިންތައް ގަނެ، މަސައްކަތް ކުރަމުންނެވެ.

ސިނާއީ ބޭނުންތަކަށް ތިލަފުށިން ބިން ދޫކުރުމަށް މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި އެޗްޑީސީން ވަނީ ހުޅުވައިލައިފަ އެވެ. ސަރުކާރުން ތިލަފުށި ތަރައްގީކުރަން އެކުލަވާލި މާސްޓާ ޕްލޭނުގައިވާ ގޮތުން އިތުރު 151 ހެކްޓަރުގެ ބިން ހިއްކާ ތަރައްގީކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

އަދި, ތިލަފުށި ކުނި މެނޭޖުކުރާ ރަށެއްގެ ގޮތުގައި އޮތް އޮތުން ނިމުމަކަށް ގެނެސް އެ ރަށަކީ ރާއްޖޭގެ "ސިނާއީ މައި ހަބު" ކަމުގައި އެ ހެދުމަށް އެޗްޑީސީން ދަނީ މަސައްކަތް ކުރަމުންނެވެ.