11 މޭ 2023 - 06:53 0
އައިޝަތު ނުޒުހާ
މާލޭ ސިޓީ މޭޔަރު މުއިއްޒު؛ އޭނާ ވިދާޅުވީ އެ ތަނުގެ އިހުތިސޯސް އާބަންކޯއަށް ނޯންނާނެ ކަމަށް--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
11 މޭ 2023 - 06:53 0
ހުޅުމާލޭގެ މާސްޓަ ޕްލޭނަށް ބޮޑު ބަދަލެއް ގެނެސް، ހިއްކަން މަޝްވަރާ ކުރަމުން އަންނަ ފަޅުގެ ސަރަހައްދުގެ އިހުތިސޯސް އޮތީ މާލޭ ސިޓީ ކައުންސިލަށް ކަމަށް މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ހުޅުމާލޭގެ ފޭސް އެކަކަކާއި ފޭސް ދޭއްގެ ފަޅުތެރެއިން ވެސް ބައެއް ނަގައިގެން ބޮޑު ބިމެއް ހިއްކަން އުޅޭކަން "އަދަދު" އަށް އެނގިގެން އެކަން ރިޕޯޓުކުރުމާ ހަމައަށް ވެސް އެ ކުންފުނީގެ ބަހެއް ލިބިފައިނުވެ އެވެ. އޭގެ ފަހުން އާބަންކޯއިން ވަނީ ކުރީގެ ކްރޫޒް ޓާމިނަލަށް ހާއްސަކޮށްފައި އޮތް ބައި ހިއްކުމުގެ މަޝްވަރާތައް ކުރަމުން އަންނަ ކަމަށް ބުނެފަ އެވެ.
އެކަމާ ގުޅިގެން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުން އަންނައިރު، މޭޔަރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހިއްކަން އުޅޭ ސަރަހައްދަކީ އާބަންކޯއަށް ރެޖިސްޓްރީކޮށްފައިވާ ސަރަހައްދެއް ނޫން ކަމަށެވެ.
"ހިއްކަން އުޅޭކަމަށް ބުނާ ސަރަހައްދަކީ މާލެ ސިޓީ ކައުންސިލްގެ އިހުތިސޯސް ގެ ތެރޭގައި ހިމެނޭ ސަރަހައްދެއް،" މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވި ގޮތުގައި އެ ސަރަހައްދު ހިއްކުން ހުޅުމާލޭ މާސްޓާޕްލޭނާ ހިލާފުވާނެ އެވެ. އަދި އެކަން ކުރުމަށް މާސްޓާޕްލޭނަށް ގެންނަންޖެހޭ ބަދަލުތައް ގެންނަން ޖެހޭނީ އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސް އާއި ރާއްޖޭގައި އަމަލު ކުރަމުންދާ ގާނޫނުތަކާ އުސޫލުތަކާ އެއްގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.
އެހެންނަމަވެސް މިކަން ކުރަން މަސައްކަތް ކުރަނީ ލާމަރުކަޒީ ގާނޫނާ ހިލާފަށް އެ ކައުންސިލާ މަޝްވަރާއެއް ކުރުމެއް ނެތި ކަމަށް ވެސް މުއިއްޒު ބުނެފައިވެ އެވެ.
"ޑިމޮކްރަސީއެއްގައި ގާނޫނުގެ ވެރިކަން ނަގަހައްޓާ ދެމެހެއްޓުމަކީ ރައްޔިތުންނާއި ދައުލަތުގެ އެންމެހާ ހައްގުތައް ރައްކާތެރިކުރުމަށް ޓަކައި އަބަދުމެ ކަށަވަރުކޮށްދެވެންވާނޭ އަސާސީ ސިފައެއް،" އޭނާ ވިދާޅުވެފައިވެ އެވެ.
މުއިއްޒު ވަނީ މިކަން އިސްލާހުކޮށް، މަޝްވަރާގެ މަތީން ގާނޫނާ ގަވާއިދުގެ ތެރެއިން އަމަލު ކުރުމަށް އާބަންކޯއަށް އިލްތިމާސް ކުރައްވައިފަ އެވެ.
ހުޅުމާލޭގެ މާސްޓަ ޕްލޭން ބަދަލުކޮށް، ފަޅުން ބޮޑުބައެއް ހިއްކަނީ
މިހާރު ހިއްކަން އުޅޭ ސަރަހައްދަކީ ހުޅުމާލޭގެ މާސްޓަޕްލޭނުގައި ކްރޫޒް ޓާމިނަލެއް އަޅަން ހާއްސަކޮށްފައި އޮތް ސަރަހައްދެކެވެ.
ހުޅުމާލޭގެ މާސްޓަ ޕްލޭން ބަދަލުކޮށް، ފަޅުން ބޮޑުބައެއް ހިއްކަނީ
މިހާރު ހިއްކަން އުޅޭ ސަރަހައްދަކީ ހުޅުމާލޭގެ މާސްޓަޕްލޭނުގައި ކްރޫޒް ޓާމިނަލެއް އަޅަން ހާއްސަކޮށްފައި އޮތް ސަރަހައްދެކެވެ.
އެނގިފައިވާ ގޮތުގައި ހިއްކަން ނިންމާފައިވާ ސަރަހައްދަކީ ފޭސް އެކެއްގައި މިހާރު މެރީ ބްރައުން ހިންގާ އިމާރާތް ހުރި ދިމާލުން ފެށިގެން ގޮސް ފޭސް ދޭއްގައި އޮންނަ ފަރުކޮޅު ފުށްޓާ ހަަމައަށެވެ. ހުޅުމާލޭގެ މާސްޓަ ޕްލޭންގައިވާ ގޮތުން އެއީ ކްރޫޒް ޝިޕްތައް ބަނދަރުކުރާ ޓާމިނަލަކާ އެކު، ފަޅުގެ ގޮތުގައި ބާއްވަން ކަނޑައަޅާފައި އޮތް ސަރަހައްދެކެވެ.
އެހެން ނަމަވެސް އެ ޕްލޭން ބަދަލުކޮށް އެ ސަރަހައްދު ހިއްކަނީ މާލޭގެ ރައްޔިތުންނަށް ގޯތިދޭން ސަރުކާރުން ވެފައިވާ ވައުދު ފުއްދަން ބޭނުންވާ ބިން އުފެއްދުމަށް ކަމަށްވެ އެވެ.
އެ ސަރަހައްދު ހިއްކާ އިރު ފޭސް އެކަކާއި ދޭއް ގުޅޭ ސަރަހައްދުގައި މިހާރު އޮތް ޗެނަލް ހުރަސްކޮށް ހިއްކަން ޖެހޭތީ އާބަންކޯއިން ނިންމާފައި އޮތީ އެ ޗެނަލް ގޮސް ފޭސް އެކެއްގެ ފަޅުތެރެއާ ގުޅޭ ގޮތަށް އަނބުރާލައި، މެރީ ބްރައުން ހުރި ސަރަހައްދާއި އަލަށް ހިއްކާ ބަޔާ ދެމެދު ހުސްތަނެއް ބާއްވާށެވެ. އޭރުން ޗެނަލްގެ އެ ސަރަހައްދު އޮންނާނީ ރަށުދިގަށެވެ.
0.00%
100.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment