Advertisement

ނައިބު ރައީސް އައިއޯސީ އަށް, ތަގުރީރު ކުރައްވާނެ

10 މޭ 2023 - 22:30 0

ބަންގްލަދޭޝްގައި އޮންނަ އިންޑިއަން އޯޝަން ކޮންފަރެންސް (އައިއޯސީ)ގައި ބައިވެރިވެވަޑައިގަތުމަށް ނައިބު ރައީސް ފައިސަލް ފުރާވަޑައިގަތުމުގެ ކުރިން ވެލާނާ އެއާޕޯޓުގައި. -- ފޮޓޯ: ރައީސް އޮފީސް


ނައިބު ރައީސް އައިއޯސީ އަށް, ތަގުރީރު ކުރައްވާނެ

10 މޭ 2023 - 22:30 0

އިންޑިއަން އޯޝަން ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ނައިބު ރައީސް ފައިސަލް ނަސީމް މިރޭ ބަންގްލަދޭޝްއަށް ފުރާވަޑައިގެންފިއެވެ.

މި މަހުގެ 12 އަދި 13 ވަނަ ދުވަހު، ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި ބާއްވާ ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތުގައި ފައިސަލް ވާހަކަ ދައްކަވާނެ އެވެ. އަދި މޮރިޝަސްގެ ރައީސް އާއި ބަންގްލަދޭޝްގެ ބޮޑުވަޒީރާއި ފޮރިން މިނިސްޓަރުންނާއި ސަރުކާރުތަކުގެ އިސްވެރިން ވެސް ތަގުރީރު ކުރައްވަ އެވެ.

ޖުމުލަ 40 ގައުމަކުން 300 އަށް ވުރެ ގިނަ މަންދޫބުން މި ބައްދަލުވުމުގައި ބައިވެރިވެ އެވެ.

މި ކޮންފަރެންސް ފެށުނީ 2016 ވަނަ އަހަރު ސިންގަޕޫރުންނެވެ. އެ ފަހަރު ބައިވެރިވީ 30 ގައުމެކެވެ. ވޭތުވެދިޔަ މުއްދަތުގައި ކޮންފަރެންސްގެ ބައިވެރިން ވަނީ އެހެން ސަރަހައްދުތަކަށް ވެސް ފުޅާވެފަ އެވެ.

އިންޑިއާ ކަނޑުގެ ސަރަހައްދީ ގުޅުން ބަދަހިކުރުމުގެ މަގުޗާޓެއް އެކުލަވާލުމަށްޓަކައި މަޝްވަރާކުމުގެ މި ބައްދަލުވުމަށް މި ފަހަރު ކަނޑައަޅާފައިވާ ޝިޔާރަކީ "ދެމެހެއްޓެނިވި ކުރިމަގަކަށް، ސުލްހަ އާއި ފާގަތިކަން އަދި ބައިވެރިވުން" އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ދަތުރުފުޅުގެ ތެރެއިން މި ކޮންފަރެންސްގެ ހަވާސާގައި، ބަންގްލަދޭޝް ސަރުކާރުގެ އިސްވެރިންނާއެކު މަޝްވަރާ ބައްދަލުވުންތައް ބާއްވަވާނެއެވެ. މީގެ އިތުރުން ބަންގްލަދޭޝްގައި ދިރިއުޅޭ ދިވެހިންނާވެސް ފައިސަލް ބައްދަލުކުރައްވާނެ އެވެ.