Advertisement

އެއީ ނަފުސާނީ ބަލި މީހެއް، އެޖެންޓާ ހަވާލުކޮށްފި

10 މޭ 2023 - 21:56 0

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ

ޔޫކްރެއިންގެ އަންހެން މީހާ ހިފެހެއްޓައި މައިތިރިކުރަން ބަޔަކު މަސައްކަތް ކުރަނީ


އެއީ ނަފުސާނީ ބަލި މީހެއް، އެޖެންޓާ ހަވާލުކޮށްފި

10 މޭ 2023 - 21:56 0

މާލޭގެ މަގުމަތީގައި އާންމުންނަށް އުދަނގޫވާ ގޮތަށް އުޅެމުންދިޔަ ޔޫކްރެއިންގެ އަންހެން މީހާއަކީ ނަފުސާނީ ބަލި މީހަކަށް ވާތީ އޭނާގެ އެޖެންޓާ ހަވާލުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "އަދަދު"އަށް ބުނީ އެ އަންހެން މީހާގެ މައްސަލަ ތަހުގީގުކުރަމުން ނުދާ ކަމަށާއި، އޭނާ ޖެންޑާ މިނިސްޓްރީގެ އެހީތެރިކަމާ އެކު، ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށެވެ. އިތުރު މައުލޫމާތެއް ފުލުހުން ނުދެ އެވެ.

އަދަދު ނޫހަށް އެނގިފައިވާ ގޮތުގައި އެއީ ނަފުސާނީ މައްސަލައެއް ހުންނަ މީހެކެވެ.

އެ މީހާ މަގުމަތީގައި ދުއްވާ އުޅަނދުތަކަށް އުނދަގޫވާނޭހެން ނަށާ މަންޒަރު ފެންނަ ވީޑިއޯއަކާއި، ރައްޔިތުންގެ މަޖިލިސް އިދާރާ ސަރަހައްދުގައި މާރަމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް ވަނީ އާންމުވެފަ އެވެ. އަދި މާލެ ސަރަހައްދުގައި ހުންނަ ކެފޭއަކަށް ވަދެ މުއައްޒަފުންނާ ހަޑިހުތުރު ބަހުން ވާހަކަ ދައްކާ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ދައުރުވަމުން އެބަ ދެއެވެ.