Advertisement

ބްރޯޑްކޮމްގެ މެންބަރު ކަމަށް ސޮފާ ޝަފީގު އައްޔަނުކޮށްފި

9 މޭ 2023 - 14:08 0

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

ބްރޯޑްކޮމްގެ އާ މެންބަރުކަމަށް އައްޔަން ކުރި ސޮފާ؛ އޭނާއާ މަގާމުގެ ލިޔުން މިއަދު ވަނީ ހަވާލުކޮށްފައި-- ފޮޓޯ: ރައީސް އޮފީސް


ބްރޯޑްކޮމްގެ މެންބަރު ކަމަށް ސޮފާ ޝަފީގު އައްޔަނުކޮށްފި

9 މޭ 2023 - 14:08 0

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ހުސްވެފައިވާ މެމްބަރުކަމަށް ދ.މީދޫ، ބިއްލޫރިވާދީ ސޮފާ ޝަފީގު އައްޔަނުކޮށް، މަގާމުގެ ލިޔުން މިއަދު ހަވާލުކޮށްފި އެވެ.

ބްރޯޑްކޮމްގެ ގޮނޑިއެއް ހުސްވީ އެ ކޮމިޝަންގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި އަހުމަދު ގައިސް އިސްތިއުފާ ދިނުމާ ގުޅިގެންނެވެ.

ދައުލަތުގެ މީީޑިއާގައި ޕްރެޒެންޓަރެއްގެ ވަޒީފާ ގިނަ އަހަރުތަކަކަށް އަދާކޮށްފައިވާ ސޮފާއަށް މަޖިލީހުން ރުހުން ދީފައިވަނީ އެޕްރީލް 26, ގަ އެވެ.

އޭނާ ވަނީ ގައުމީ ޔުނިވާސިޓީން މާސްޓާ އޮފް އާޓްސް އިން ސޯޝަލް ޕޮލިސީ އަދި މެލޭޝިއާގެ ލިމްކޮކްވިންގް ޔުނިވާސިޓީ އޮފް ކްރިއޭޓިވް ޓެކްނޮލޮޖީއިން މާސްޓާސް އޮފް ކޮމިއުނިކޭޝަން ހާސިލު ކުރައްވައިފަ އެވެ.

މި މަގާމަށް އައްޔަން ކުރުމާ ހަމައަށް އޭނާ ހުރީ ޕަބްލިކް ސާވިސް މީޑިއާގެ ޕްރެޒެންޓަރެއްގެ މަގާމުގަ އެވެ.

ބްރޯޑްކޮމްގެ މެމްބަރުކަމަށް ކުރިމަތިލާން ރައީސް އޮފީހުން އިއުލާނު ކުރުމުން ކުރިމަތިލެއްވި ހަތަރު ބޭފުޅެއްގެ ނަން، ރައީސް އިބްރާހީމް މުހައްމަދު އިސްކަން ދެއްވާ ތަރުތީބުން ލިސްޓްކުރެއްވުމަށް ފަހު މަޖިލީހަށް ފޮނުއްވި އިރު ސޮފާގެ ނަން އޮތީ އެ ލިސްޓްގެ އެންމެ ފަހަތުގަ އެވެ. އެހެން ނަމަވެސް, މަޖިލީހުގެ މިނިވަން މުއައްސަސާ ތަކާ ބެހޭ ކޮމިޓީން އެ ނަންތައް ދިރާސާކުރުމަށް ފަހު ރުހުން ދިން ދެ ބޭފުޅުންގެ ތެރޭގައި އޭނާ ހިމެނިވަޑައިގެންނެވި އެވެ.

މަޖިލީހުން އޭނާގެ ނަން ފާސްވެފައިވަނީ ލިސްޓުގެ އެއް ވަނައިގައި އޮތް ދަފްތަރު ނަމްބަރު 5143، ޝިހާމް ވަހީދަށް ރުހުން ދޭން ނުފެންނަ ކަމަށް ފާސްކުރުމުން އެހި ވޯޓުންނެވެ.