Advertisement

ގާނޫނު އައުމުގެ ކުރިން ފޮސްޓާ ކުރި ކުދިން ގަވާއިދަށް ފައްތަން ބުނެފި

6 މޭ 2023 - 11:34 0

ދައުލަތުން ކުދިން ބަލަހައްޓާ މަރުކަޒެއް. ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ފޮސްޓާ ކޮށްފައިވާ ބެލެނިވެރިން، ގާނޫނަށް ފެތެން ހަމަސް ދުވަސް ދޭ ގަވައިދެއް ވަނީ ގެޒެޓްކޮށްފައި


ގާނޫނު އައުމުގެ ކުރިން ފޮސްޓާ ކުރި ކުދިން ގަވާއިދަށް ފައްތަން ބުނެފި

6 މޭ 2023 - 11:34 0

ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ފޮސްޓާކޮށްފައިވާ ކުދިންގެ ގާނޫނީ ބެލެނިވެރިކަން ޝަރުއީ ކޯޓަކަށް ހުށަހަޅައި، ގާނޫނަށް ފައްތަން ހަ މަސް ދުވަސް ލިބޭ ގޮތަށް އެކަމާ ގުޅޭ ގަވާއިދު ބަދަލުކޮށްފި އެވެ.

ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުދިން ރިއިންޓަގްރޭޓްކުރުމާ ގުޅޭ ގަވާއިދަށް ބައިތަކެއް އިތުރުކޮށް، ޖެންޑާ މިނިސްޓްރީން ބުރާސްފަތި ދުވަހު ގެޒެޓްކުރި އިސްލާހުގައިވާ ގޮތުން، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނަށް އަމަލުކުރުމުގެ ކުރިން، ކުދިން ފޮސްޓާކޮށް، ފޮސްޓާ ބެލެެނިވެރިންނާ ހަވާލުކޮށްފައިވާ ކުދިންގެ ބެލެނިވެރިކަން ހަވާލުކުރުމުގެ ކަންތައްތައް މިހާރުން ފެށިގެން ހަ މަސް ދުވަހުގެ ތެރޭގައި ކޯޓަށް ހުށަހަޅަން ޖެހޭނެ އެވެ.

އެގޮތަށް ކޯޓަށް ހުށަހަޅައިގެން ގާނޫނީ ބެލެނިވެރިކަމުގެ ކަންތައްތައް ނިންމާއިރު ފޮސްޓާ ބެލެނިވެރިންގެ މިހާރުގެ ހާލަތު ބަލައި އެސެސްމެންޓް ރިޕޯޓެއް އެކުލަވައިލަން ވާނެ ކަމަށް ވެސް އެ އިސްލާގައި ބުންޏެވެ.

ފޮސްޓާ ބެލެނިވެރިކަން މާނަކޮށްދޭ މާއްދާއެއް ވެސް ބުރާސްފަތި ދުވަހު ގެޒެޓްކުރި އިސްލާހުގައި ގަވާއިދަށް އިތުރުކޮށްފައިވެ އެވެ. އެގޮތުން އިތުރު ކުރި މާއްދާގައި މާނަކޮށްފައިވާ ގޮތުގައި ފޮސްޓާ ބެލެނިވެރިންނަކީ އެކިއެކި ސަބަބުތަކާ ހެދި ދައުލަތުގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކުދިންގެ ތެރެއިން، އާއިލާތަކާ ހަވާލުކުރެވެން ނެތް ކުދިންނާއި ބަލަދުވެރިއަކު ދުނިޔޭގައި ނެތް ކުދިން ބަލަހައްޓައި ތަރުބިއްޔަތުކުރަން ވަގުތީ ގޮތުން ހަވާލުވާ، އެކުދިންގެ އާއިލާގެ މެމްބަރުން ފިޔަވާ އެހެން މީހުންނެވެ.