Advertisement

އައްޑޫ ސިޓީ ފޭދޫގައި ހަ އަހަރުގެ ކުއްޖަކު މޫދަށް ވެއްޓި މަރުވެއްޖެ

5 މޭ 2023 - 21:55 0

އެ ކުއްޖާ މަރުވެފައި އޮއްވާ ފެނުނު ފޭދޫ ޓްރެކު ސަރަހައްދު ---


އައްޑޫ ސިޓީ ފޭދޫގައި ހަ އަހަރުގެ ކުއްޖަކު މޫދަށް ވެއްޓި މަރުވެއްޖެ

5 މޭ 2023 - 21:55 0

އައްޑޫ ސިޓީ ފޭދޫގައި އުމުރުން ހަ އަހަރުގެ ކުޑަކުއްޖަކު މޫދަށް ވެއްޓި މަރުވެއްޖެ އެވެ.

އެއީ, ފޭދޫ ޓްރެކު ސަރަހައްދުގައި ގާއިމުކޮށްފައިވާ ރެސްޓޯރަންޓަކަށް އާއިލާއާ އެކު ދިޔަ ކުޑަ ފިރިހެން ކުއްޖެކެވެ. އެ ކުއްޖާ ގެއްލިގެން ހޯދަމުން ދަނިކޮށް މޫދު ތެރޭ އޮއްވާ ފެނުނު ކަމުގެ މައުލޫމާތު ލިބުނީ މިއަދު ހަވީރު 17:50 ހާއިރު ކަމަށް ފުލުހުން ބުނެ އެވެ.

އެންމެ ފުރަތަމަ ފަރުވާ ދިނުމަށް އެ ކުއްޖާ ގެންދިޔައީ ފޭދޫ ސިއްހީ މަރުކަޒަށެވެ. އެއަށް ފަހު އިތުރު ފަރުވާއަށް ހިތަދޫގައި ހުންނަ އިކުއެޓޯރިއަލް ހޮސްޕިޓަލަށް ގެންދިޔަ ކަމަށާއި އެ ކުއްޖާ މަރުވެފައިވާކަމަށް މައުލޫމާތު ދީފައި ވަނީ އެ ހޮސްޕިޓަލުން ކަމަށް ފުލުުހުން ބުނެ އެވެ.

މި ހިތާމަވެރި ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.