4 މޭ 2023 - 12:33 0
ނަޖާހު މަސްއޫދު
ނ. ކުޑަފަރީގެ ޑްރޯން ފޮޓޯއެއް. ޑްރޯން ސާވޭ ކުރުމާއި، ވެށީގެ މައުލޫމާތާއި، ކޮލިޓޭޓިވް (ސިފަވީ) ކޮމިއުނިޓީ އިންޕުޓް އެއްކުރާނެ. ---
4 މޭ 2023 - 12:33 0
ނ. ކުޑަފަރީ ކަައުންސިލާއި ބޭރުގެ ޔުނިވާސިޓީއަކާ ގުޅިގެން ޑްރޯން ބޭނުންކޮށްގެން އެ ރަށުގެ ސްޕޭޝަލް މެޕިން އާއި ކްލައިމެޓް މޮޑެލިން ހެދުމުގެ މަސައްކަތް ފަށައިފި އެވެ.
ވަކި ސަރަހައްދެއްގެ ވެއްޓާ ބެހޭ ޑޭޓާ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން އެއްކޮށްގެން ސްޕޭޝަލް މެޕިން އާއި ކްލައިމެޓް މޮޑެލިން ހަދަނީ އެ މައުލޫމާތު ތަރައްގީގެ މަސައްކަތްތަކަށް ބޭނުންކުރުމަށެވެ.
ކުޑަފަރީ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައިވާ ގޮތުން އެ ރަށުގެ ސްޕޭޝަލް މެޕިންއާއި ކްލައިމެޓް މޮޑެލިންއަށް ބޭނުންވާ ޕްރައިމަރީ ޑޭޓާ އެއްކުރުމުގެ މަސައްކަތް މިއަދު ވަނީ ފަށައިފަ އެވެ.
ޔުނިވަސިޓީ އޮފް ވެސްޓްމިންސްޓާގެ ސްކޫލް އޮފް އާކިޓެކްޗާ އެންޑް ސިޓީޒްގެ ކްލައިމެޓް ކެޓަގްރަފިކްސްއާ ގުޅިގެން ފެށި އެ މަސައްކަތް މި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ ކަމަށް ކައުންސިލުން ބުންޏެވެ.
ޔުނިވަސިޓީ އޮފް ވެސްޓްމިންސްޓާގެ ރިސާޗަރުން މިހާރު ކުޑަފަރީގައި ހަރަކާތްތެރިވަމުންދާއިރު، އެ މީހުންގެ މަސައްކަތުގައި ރަށު ތެރޭގައި ޑްރޯން އަރުވައިގެން ސާވޭ ކުރާނެކަން ވެސް ކައުންސިލުން ރައްޔިތުންގެ ސަމާލުކަމަށް ގެނެސްފައިވެ އެވެ.
ކުޑަފަރީ ކައުންސިލުގެ ޓްވީޓު
ޕްރައިމަރީ ޑާޓާގެ ގޮތުގައި ޑްރޯން ސާވޭ ކުރުމާއި، ވެށީގެ މައުލޫމާތާއި، ކޮލިޓޭޓިވް (ސިފަވީ) ކޮމިއުނިޓީ އިންޕުޓް އެއްކުރުން ކުރިއަށް ދާނެ އެވެ.
ކުޑަފަރީ ކައުންސިލުގެ ރައީސް ޝަމީމް މުހައްމަދު "އަދަދު" އަށް ވިދާޅުވީ، ސްޕޭޝަލް މެޕިން އާއި ކްލައިމެޓް މޮޑެލިންއިން އެއްކުރާ ޑޭޓާ ބޭނުންކޮށްގެން ރަށުގެ ބިންތައް އެންމެ އެކަށޭނެ ގޮތުގައި ބޭނުންކުރެވޭނެ ގޮތްތައް ހޯދޭނެ ކަމަށެވެ. އަދި, މުސްތަގުބަލުގައި ރަށުގެ ލޭންޑް ޔޫސް ޕްލޭން މުރާޖައާ ކުރާ އިރު އެ މައުލޫމާތު މުހިންމުވާނެ ކަމަށް ވިދާޅުވި އެވެ.
ވަކި ސަރަހައްދެއްގެ ވެއްޓާ ބެހޭ ޑޭޓާ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން އެއްކޮށްގެން ސްޕޭޝަލް މެޕިން އާއި ކްލައިމެޓް މޮޑެލިން ހަދަނީ އެ މައުލޫމާތު ތަރައްގީގެ މަސައްކަތްތަކަށް ބޭނުންކުރުމަށެވެ.
އެ މައުލޫމާތަކީ މުސްތަގުބަލުގައި ތަރައްގީގެ މަސައްކަތްތަަކަށާއި ލޭންޑް ޔޫސް ޕްލޭން ތައްޔާރު ކުރުން ފަދަ ކަންކަމަށް މުހިންމު ވާނެ މައުލޫމާތެވެ. އެގޮތުން, މޫސުމަށް އަންނަ ބަދުގެ އަސަރު ކުޑަކުރާނެ ގޮތްތައް ހޯދުމަށް ވެސް ފަސޭހަވެގެންދާނެ އެވެ.
Comment