Advertisement

ފުޓްބޯޅައިގެ "އިލްމު"ގައި އަހަންނަކީ ގާޑިއޯލާ އާއި ކްލޮޕްއާ ވެސް އެއް ފެންވަރެއްގެ ކޯޗެއް: އެލަޑައިސް

4 މޭ 2023 - 08:06 0


ފުޓްބޯޅައިގެ "އިލްމު"ގައި އަހަންނަކީ ގާޑިއޯލާ އާއި ކްލޮޕްއާ ވެސް އެއް ފެންވަރެއްގެ ކޯޗެއް: އެލަޑައިސް

4 މޭ 2023 - 08:06 0

ލަންޑަން (މެއި 4) - ފުޓްބޯޅައިގެ "އިލްމު"ގައި، އިނގިރޭސި ޕްރިމިއާ ލީގުގައި މި ވަގުތު ތިބި އެންމެ މޮޅެތި ކޯޗުންނަށް ވަކި ދުލެއް ނުކުރާނެ ކަމަށް ލީޑްސް ޔުނައިޓަޑްގެ އާ ކޯޗު ސޭމް އެލަޑައިސް ބުނެފި އެވެ.

ރެލިގޭޝަންގެ ނުރައްކާ ކުރިމަތިވެފައިވާ ލީޑްސް އިން އެލަޑައިސް އަށް ކޯޗުކަން ހަވާލުކުރީ ސްޕެއިންގެ ހަވީ ގާސިއާ މަގާމުން ވަކިކުރުމަށް ފަހު އެވެ. ލީޑްސްގެ ކޯޗުކަމުގައި އެންމެ 10 ހަފުތާ ހޭދަކުރި ގާސިއާ މަގާމުން ވަކިކުރިއިރު، މި ސީޒަންގައި ބާކީ އެ ޓީމަށް އޮތީ ހަތަރު މެޗެވެ. ރެލިގޭޝަން ޒޯނުން ބޭރުގައި އެ ޓީމު މި ވަގުތު އޮތީ ލަނޑުގެ ތަފާތުންނެވެ.

މަގާމާ ހަވާލުވެ، މީޑިއާއާ ވާހަކަދައްކަމުން އެލަޑައިސް، 68، ބުނީ އޭނާ އަކީ މިހާރު މުސްކުޅި ކޯޗެއް ކަމަށް ގިނަ ބަޔަކު ދެކޭ ކަމަށެވެ. އެކަމަކު، ފުޓްބޯޅައިގެ "އިލްމު"ގައި އޭނާ އަކީ މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އާއި ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕާއި އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ އަށް ވަކި ދޫކުރާނެ ކޯޗެއް ނޫން ކަމަށެވެ.

"އަހަރެން ނުބުނަން އެ ކޯޗުންނަށްވުރެ އަހަރެން މޮޅެކޭ. އެކަމަކު އެ މީހުންނަށް ވުރެ އަހަރެން ވަކި ދަށެއް ނުވާނެ،" އިންގްލެންޑްގެ ގައުމީ ޓީމާއި ޕްރިމިއާ ލީގުގެ ގިނަ ކްލަބުތަކަށް ކުރިން ކޯޗުކޮށްދިން އެލަޑައިސް ބުންޏެވެ.

"ފުޓްބޯޅައި އިލްމަށް ބަލާއިރު، އެ ކޯޗުންނަށް އަހަރެން ވަކި ދުލެއް ނުކުރާނެ."

އެލަޑައިސް އެންމެ ފަހުން ހުރީ ވެސްޓް ބްރޮމްގެ ކޯޗަކަށެވެ. އެ ޓީމު 2021/2020 ވަނަ އަހަރުގެ ސީޒަންގައި ރެލިގޭޓްވެ، އެލަޑައިސްގެ މަގާމު ގެއްލުނު ފަހުން އޭނާ ހުރީ ކްލަބެއް ނެތިއެވެ.

ރިޕޯޓްތަކުން ބުނާގޮތުގައި ލީޑްސްގެ ފަހު ހަތަރު މެޗަށް އެލަޑައިސް އެ ޓީމުގެ ކޯޗުކަމާ ހަވާލުވީ 625،000 ޑޮލަރުގެ މުސާރަ އަކަށެވެ. އަދި ލީޑްސް ރެލިގޭޝަނުން ސަލާމަތްވެއްޖެނަމަ، އޭނާ އަށް 3.14 މިލިއަން ޑޮލަރު ބޯނަހެއްގެ ގޮތުގައި ލިބޭނެ އެވެ.

އެލަޑައިސް ބުނީ ލީޑްސްގެ ކޯޗުކަމާ ހަވާލުވުމަށް ފުރުސަތު ލިބުމަކީ އޭނާ އަށް ލިބުނު "ޝޮކެއް" ކަމަށެވެ. އަދި މިއީ ކެރިއަރުގައި ކުރިމަތިލާ އެންމެ ބޮޑު "ޗެލެންޖް" ކަމަށެވެ.

އެލަޑައިސްގެެ އިރުޝާދުގެ ދަށުން ލީޑްސް ކުޅޭ ފުރަތަމަ މެޗުގައި ހޮނިހިރު ދުވަހު ނުކުންނާނީ ސިޓީއާ ދެކޮޅަށެވެ. --